Roadha Mihaaru
ކަންގަނާ އަލުން ޓްވިޓާ އަށް

ކަންގަނާ އަލުން ޓްވިޓާ އަށް

25 ޖެނުއަރީ 2023

ޓްވިޓާގެ އުސޫލުތަކާ ހިލާފުވުމުގެ އެ ޕްލެޓްފޯމުން ބޭރުކޮށްލި ބޮލީވުޑްގެ ފިލްމް މޭކާ އަދި އެކްޓްރެސް، ކަންގަނާ ރަނާޓް އަށް އަލުން ފުރުސަތު ދިނުމާ އެކު އެނބުރި ޓްވިޓާ އަށް އަތުވެއްޖެ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ޓްވިޓާގެ އުސޫލުތަކާ ހިލާފުވުމުގެ އެ ޕްލެޓްފޯމުން ބޭރުކޮށްލި ބޮލީވުޑްގެ ފިލްމް މޭކާ އަދި އެކްޓްރެސް، ކަންގަނާ ރަނާޓް އަށް އަލުން ފުރުސަތު ދިނުމާ އެކު އެނބުރި ޓްވިޓާ އަށް އަތުވެއްޖެ އެވެ.

އުސޫލުތަކާ ހިލާފް ޓްވީޓުތަކެއް ކޮށްގެން ކަންގަނާގެ ޓްވިޓާ އެކައުންޓް ސަސްޕެންޑު ކުރީ 2020 ވަނަ އަހަރު އެވެ.

ކަންގަނާގެ ޓީމުން މެނޭޖުކުރާ ޓްވިޓާ އެކައުންޓުން އިއްޔެ ކުރި ޓްވީޓެއްގައި ވަނީ އެނބުރި އައި ކަން ޔަގީންކޮށްދީފަ އެވެ.

އޭނާގެ ފިލްމު، "އިމަޖެންސީ" ޝޫޓިންގައި ކެމެރާގެ ފުރަގަހުގެ ބައެއް މަންޒަރުތައް ފެންނަ ވީޑިއޯ އެއް ވެސް ފަހުން ވަނީ ޓްވީޓް ކޮށްފަ އެވެ. އެ ވީޑިއޯއާ އެކު ކަންގަނާ ބުނެފައިވަނީ އިމަޖެންސީގެ ޝޫޓިން އެއްކޮށް ނިމިއްޖެ ކަމަށާއި އޮކްޓޫބަރު 20 ގައި ސިނަމާތަކުން ބައްދަލުވާނެ ކަމަށެވެ.

ކަންގަނާއަށް އެޅި ފިޔަވަޅު އުވާލާފައި މި ވަނީބިލިއަނަރު އީލޮން މަސްކު ޓްވިޓާ ގަތުމަށް ފަހު ގެނައި ބަދަލުތަކާ އެކުގަ އެވެ. އޭނާ ވަނީ ކުރިން ޓްވިޓާއިން ބޭރުކޮށްފައިވާ އެތައް ބަޔަކަށް އަލުން ފުރުސަތު ދީފަ އެވެ.

ކަންގަނާގެ ފިލްމު "އެމަޖެންސީ" ގައި ކަންގަނާގެ ރޯލަކީ އިންދިރާ ގާންދީ

ކަންގަނާގެ ފިލްމު "އެމަޖެންސީ" ގައި ކަންގަނާގެ ރޯލަކީ އިންދިރާ ގާންދީ

ކަންގަނާގެ ކުރިއަށް އޮތް ފިލްމުގައި އޭނާ ފެންނާނީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ރޯލުންނެވެ. އެ ފިލްމުގެ ޝޫޓިން ނިންމުމަށް ފަހު އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި އޭނާ ބުނީ، ފިލްމު ހެދުމަށް އޭނާގެ ހުރިހާ މުދަލެއް ރަހުނު ކުރަން ޖެހުނު ކަމަށެވެ.