03 މެއި 2021
ޕޭޕަރުތަކެއް ލީކްވެފައިވާތީ އޭ ލެވެލް އިމްތިހާނު ކެންސަލްކުރުމަށް ގޮވާލައި ވެލާނާގޭ ދޮށުގައި ބެލެނިވެރިންތަކެއް މިއަދު މުޒާހަރާކުރަން ފަށައިފި އެވެ.
ޕޭޕަރުތަކެއް ލީކްވެފައިވާތީ އޭ ލެވެލް އިމްތިހާނު ކެންސަލްކުރުމަށް ގޮވާލައި ވެލާނާގޭ ދޮށުގައި ބެލެނިވެރިންތަކެއް މިއަދު މުޒާހަރާކުރަން ފަށައިފި އެވެ.
އިމްތިހާނު ފެށުމުގެ ކުރިން ގަޑިއިރެއްވަރު ކުރިން މިދިޔަ ހަފުތާގައި ވަނީ ފިޒިކްސް އާއި ބަޔޮލޮޖީ ޕޭޕަރު ލީކްވެފައިވެ ވެ އެވެ. މައްސަލަ އިތުރަށް ގޯސްވީ، މިއަދު މެންދުރުފަހު 1:30 ގައި އޮންނަ ކެމިސްޓްރީ ޕޭޕަރު ފެށުމުގެ ހަތް ގަޑިއިރު ކުރިން ލީކްވެފައިވާތީ އެވެ.
އެ މައްސަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ގޮތެއް ނިންމައި އެކަން ހާމަކުރާނެ ކަމަށް ބެލެވެ އެވެ.
މި ޕޭޕަރުތައް ލީކުވީ ބޭރުގެ ގައުމަކުން ކަމަށް ވާތީ، އެ ގައުމުތަކާއި ރާއްޖޭގައި އިމްތިހާނު ހަދާ ވަގުތުގައި ތަފާތުތަކެއް ހުރުމުން ބައެއް ދަރިވަރުންނަށް ކުރިން ސުވާލު ކަރުދާސް ލިބުނީ އެވެ.
އޭ ލެވެލް އިމްތިހާނު ކެންސަލްކުރަން ގޮވާލައި ބެލެނިވެރިންތަކެއް ވެލާނާގެ ދޮށުގައި މުޒާހަރާކުރަނީ.-
ޝުއޫރު ފާޅުކޮށްފައިވާ ބޯޑުތަކާ އެކު ކަންބޮޑުވުން ފާޅުކުރަން ވެލާނާގެ ކައިރީގައި ހުރި ބެލެނިވެރިއަކު "މިހާރު" އަށް ބުނީ ލީކުވެފައިވާ ޕޭޕަރުތަކެއް ދަރިވަރުން ލައްވައި ހެދުމަކީ ބޭކާރު ކަމެއް ކަމަށެވެ. އޭގެ ސަބަބުން ދަރިވަރުންނަށް ނަފްސާނީގޮތުން އަސަރުކޮށްފައިވާ ކަމަށް ބުންޏެވެ.
"މި ޓެސްޓުތަކުން ދަރިވަރުންގެ އަސްލު ފެންވަރެއް ނޭނގޭނެ،" އެ ބެލެނިވެރިޔާ ބުންޏެވެ.
އޭނާ ބުނީ، އެންމެ ފުރަތަމަ ދުވަހު ވެސް ޕޭޕަރު ލީކުވިކަން އެނގުމުން އެޑިއުކޭޝަން މިނިސްޓްރީ އަށް ސީދާ ހާޒިރުވެ އެކަން ރިޕޯޓުކުރި ކަމަށެވެ. ނަމަވެސް ޕޭޕަރަކަށް ފަހު ޕޭޕަރެއް ލީކުވެގެންދާއިރު ވެސް ދަރިވަރުން ލައްވައި އެ ޓެސްޓުތައް ހެދުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ބުނެ އެވެ.
އޭ ލެވެލް އިމްތިހާނަށް ހާއްސަ ކޮށްގެން ޕްރިންސިޕަލުންނާއެކު އެޑިއުކޭޝަން މިނިސްޓްރީން ހަދާފައިވާ ވައިބަ ގްރޫޕުގައި ވެސް ގިނަ ބޭފުޅުން ދަނީ ޕޭޕަރުތައް ލީކްވަމުން ދާތީ އޭޕްރީލް/މެއި މަހުގެ އިމްތިހާނު ދިނުން ހުއްޓާލުމަށް ގޮވާލައްވައިފަ އެވެ.
އޭލެވެލް ސިލަބަސް ބަދަލުކުރަން ނިންމި ނިންމުން ބާތިލް
އޭ ލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި
ހުރިހާ އަތޮޅެއްގައި އޭ ލެވެލް ކިޔަވައިދޭން ފަށައިފި
ޕްރިންސިޕަލުން އެދެނީ އޭ ލެވެލް އިމްތިހާނު ފަސްކުރަން
އޭ ލެވެލްގެ ކެމިސްޓްރީ ކަރުދާސް ވެސް ލީކުވެއްޖެ
ރާއްޖެ އިން ހުށަހަޅަނީ ލީކުވި ޕޭޕަރުތައް އަލުން ހަދަން
އޭ ލެވެލް ޕޭޕަރު ރާއްޖެ އިން ލީކެއް ނުވޭ: މިނިސްޓްރީ
ކަރަންޓީނުކޮށްފައިވާ ދަރިވަރުން އިމްތިހާނު ހަދާނީ ވަކިން
ނިންމުން ބަދަލުކޮށް، ސްކޮލަޝިޕްގެ ފުރުސަތު ފަހިކޮށްދީފި
އޮކްޓޯބަރުގައި އޭ ލެވެލް އިމްތިހާނު ހެދުމުގެ ފުރުސަތު