29 އެޕްރީލް 2021
ރާއްޖޭގައި މިހާރު ކުރިއަށްދާ އެޑެކްސެލް އިންޓަނޭޝަނަލް 'އޭ ލެވެލް' ގެ ސުވާލު ކަރުދާސްތައް ރައްކާތެރިކަމާއި އެކު ބަލަހައްޓަމުން އަންނަ ކަމަށާއި އެ އިމްތިހާނުގެ ކަރުދާހެއް ރާއްޖޭގައި ލީކްވެފައި ނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނެފި އެވެ.
ރާއްޖޭގައި މިހާރު ކުރިއަށްދާ އެޑެކްސެލް އިންޓަނޭޝަނަލް 'އޭ ލެވެލް' ގެ ސުވާލު ކަރުދާސްތައް ރައްކާތެރިކަމާއި އެކު ބަލަހައްޓަމުން އަންނަ ކަމަށާއި އެ އިމްތިހާނުގެ ކަރުދާހެއް ރާއްޖޭގައި ލީކްވެފައި ނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނެފި އެވެ.
އޭލެވެލްގެ ފިޒިކްސް ސުވާލު ކަރުދާހާއި އެނޫން ވެސް ބައެއް ކަރުދާސްތައް ލީކްވެފައިވާ ކަމަށްް މިއަދު ފެތުރުނު ހަބަރުތަކާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ "މިހާރު" އަށް މިރޭ ވިދާޅުވީ އޭ ލެވެލްގެ ކަރުދާހެއް ރާއްޖޭގައި ލީކްވެފައި ނުވިޔަސް، އެހެން ގައުމަކުން އެކަރުދާސް ލީކްވެގެން އުޅޭ ކަމުގެ ޚަބަރު މިނިސްޓްރީއަށް ލިބިފައިވާ އެވެ.
"...މިވާހަކައާ ގުޅިގެން ބަލަން ޖެހޭ ކަންތައްްތައް ބަލަމުންދާ ކަމުގައި މައުލޫމާތަށްޓަކައި ދެންނެވީމެވެ،" އެޑިއުކޭޝަންގެ ބަޔާނުގައި ބުންޏެވެ.
ސުވާލު ކަރުދާސްތަކުގެ ރައްކާތެރިކަމަށް ޓަކައި އަޅާފައިވާ ފިޔަވަޅުތައް ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ކުރިއަށްދާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ބައެއް މީޑިއާތަކުން މިރޭ ރިޕޯޓްކޮށްފައިވާ ގޮތުގައި އޭ ލެވެލްގެ ހުރިހާ ސުވާލު ކަރުދާހެއް ލީކްވެ، ވައިބާ ގްރޫޕްތަކާއި ވަޓްސްއަޕް ގްރޫޕްތަކުގައި ދަނީ ދައުރުވަމުންނެވެ. އެކަމަކު އެއީ ތެދެއްކަން އަދި ކަށަވަރެއް ނުކުރެވެ އެވެ.
ރާއްޖޭގައި އޭލެވެލް އިމްތިހާނު ފެށީ މިދިޔަ ހޯމަ ދުވަހު އެވެ.
ނިންމުން ބަދަލުކޮށް، ސްކޮލަޝިޕްގެ ފުރުސަތު ފަހިކޮށްދީފި
"ބައިނަލްއަގުވާމީ އިމްތިޚާނަށް އަސަރެއް ނުކުރާނެ"
އެޑިއުކޭޝަންގެ ދަރަނިން 250 މިލިއަން ދައްކައިފި
16 މިލިއަނަށް ދިން ޕްރޮޖެކްޓެއްގެ ލިޔެކިޔުމެއް ނެތް
އޭލެވެލް ސިލަބަސް ބަދަލުކުރަން ނިންމި ނިންމުން ބާތިލް
"ފާސްވާ ކުދިން މަދުވީ ހިސާބު ޖަހާގޮތް ބަދަލުކުރުމުން"
އެއްދަންފަޅިއަށް ކިޔެވުން ބަދަލުކުރަން 1.3 ބިލިއަން
އުސޫލެއް ނެތި ވެހި އެވޯޑު ދިނުމުން ޖަލްސާ "ބޮއިކޮޓް" ކޮށްފި
"އަރަބިއްޔާގެ ބަޖެޓު ނުހިމެނުނީ އިދާރީ އޮޅުމަކުން"
ތައުލީމު ކުރިއަރުވާ ފަންޑެއްގެ ބޯޑަށް މިނިސްޓަރު