Roadha Mihaaru
ދިރާގުގެ އަހަރީ އާއްމު ޖަލްސާ މި މަހު 20ގައި

ދިރާގުގެ އަހަރީ އާއްމު ޖަލްސާ މި މަހު 20ގައި

03 މެއި 2021

ދިރާގުގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 20 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދިރާގުގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 20 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ދިރާގުން ކުރި އިއުލާނެއްގައި ބުނީ މި ޖަލްސާ ބާއްވާނީ 20 ވަނަ ދުވަހުގެ މެންދުރު 1:00ގައި ކަމަށެވެ. މި ޖަލްސާ ބާއްވާނީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީގެ "ފަހިވޯޓު" ޕޯޓަލް މެދުވެރިކޮށެވެ.

މި ޖަލްސާގައި އެ ކުންފުނިން ހިއްސާގެ ފައިދާގެ ގޮތުގައި ކަނޑައަޅާ އަދަދު ފާސް ކުރާނެ އެވެ. އެ ކުންފުނީގެ ބޯޑުން ވަނީ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 7.23 ރުފިޔާ ބަހަން ހުށަހަޅައިފަ އެވެ. އެގޮތުން، ޖުމްލަ 549.48 މިލިއަން ރުފިޔާ ބަހަން ވަނީ ނިންމައިފަ އެވެ.

ދިރާގު އަހަރީ އާއްމު ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވާ މީހުންނަށެވެ. ހިއްސާދާރެއްގެ ބަދަލުގައި މީހަކު ބައިވެރިވާނަމަ ޕްރޮކްސީ ހުށަހަޅަން ޖެހޭނެ އެވެ.

މި ޖަލްސާގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.