Roadha Mihaaru
ޖިންސީ ގޯނާގެމައްސަލައެއްގައި ބިދޭސީއަކު ހޯދަނީ

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތަހުގީގަށް ބިދޭސީއަކު ހޯދަނީ

22 އެޕްރީލް 2021

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތަހުގީގަށް ފުލުސް އޮފީހަށް ހާޒިރުކުރަންޖެހޭ ބިދޭސީއަކު އުޅޭ ތަނެއް ނޭނގުމުން، އޭނާގެ ވަނަވަރާއި ފޮޓޯ އާންުމުކޮށް، އެ އިދާރާ އަށް ހާޒިރުވާން މިއަދު އަންގައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތަހުގީގަށް ފުލުސް އޮފީހަށް ހާޒިރުކުރަންޖެހޭ ބިދޭސީއަކު އުޅޭ ތަނެއް ނޭނގުމުން، އޭނާގެ ވަނަވަރާއި ފޮޓޯ އާންުމުކޮށް، އެ އިދާރާ އަށް ހާޒިރުވާން މިއަދު އަންގައިފި އެވެ.

ފުލުހުން ވަނީ، އެމްޑީ އިދްރީސް ނަމަކަށް ކިޔާ އެ މީހާ ސ. ހިތަދޫގައި ހުންނަ ޕޮލިސް ސްޓޭޝަނަށް ނުވަތަ އެ ތަނާ އެންމެ ކައިރީގައި ހުންނަ ޕޮލިސް ސްޓޭޝަނަކަށް މި މަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 10 ޖަހާއިރަށް ހާޒިރުވާން އަންގައިފަ އެވެ.

ފުލުހުން ބުނިގޮތުގައި އުމުރުން 34 އަހަރުގެ އެ މީހާގެ މައުލޫމާތު އާންމުކުރީ އުޅޭ ތަނެއް ނޭނގޭތީ ފުލުސް އޮފީހަށް ހާޒިރުކުރަން ޗިޓް ރައްދު ނުކުރެވުމުންނެވެ.

ކުޑަކުއްޖަކަށް ހާނިއްކަކުރި ދިވެއްސަކު އުޅޭ ތަނެއް ނޭނގޭތީ ޗިޓް ހަވާލު ނުކުރެވިގެން، މިދިޔަ ހަފުތާގެ ބުދަ ދުވަހު ވެސް ފުލުހުން ވަނީ އޭނާގެ ފޮޓޯއާ އެކު ވަނަވަރު އާންމުކޮށްފަ އެވެ.

ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި އެ ކުދިންގެ ވަނަވަރު އެނގޭނެ ފަދަ އެއްވެސް މައުލޫމާތު އާންމު ކުރުމަކީ ގާނޫނީ ކުށަކަށް ވުމުން، މި މައްސަލައިގައި ވެސް އެ ފަދަ އެއްވެސް މައުލޫމާތެއް ފުލުހުން އާންމެއް ނުކުރެ އެވެ.