Roadha Mihaaru
ޑޮލަރު ދޭނެ ކަމަށް ބުނެ ފައިސާ ހޯދި މީހަކު ހޯދަނީ

ޑޮލަރު ދޭނެ ކަަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި މީހަކު ހޯދަނީ

18 އެޕްރީލް 2021

ޑޮލަރު ދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދި މީހަކު ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ޑޮލަރު ދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދި މީހަކު ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.

މއ. ހަނީސަކްލް-1 ހުސައިން ޝިފާއު، ހޯދަނީ، ޑޮލަރު ދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދައި، އެ ފައިސާ ނުދީ ފިލައިގެން އުޅޭ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް ކަމަށް ފުލުހުން ބުންޏެވެ.

އުމުރުން 35 އަހަރުގެ ޝިފާއު އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ހަވާލު ކުރެވިފައި ނުވާ ކަމަށް ފުލުހުންް ބުނެ އެވެ.

އެހެންވެ، ތަހުގީގަށް ހާޒިރުވުމަށް އަންގައި، އޭނާ ހޯދަން އިއުލާންކުރީ ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާ ގޮތުގެ މަތިން ކަމަށް ފުލުހުން ބުންޏެވެ.

ޑޮލަރު ދޭނެ ކަމަށް ބުނެ ފައިސާ ހޯދުމަށް ފަހު، ޑޮލަރު ނުދީ ފިލައިގެން އުޅުމަކީ ރާއްޖޭގައި ވަރަށް ބޮޑަށް އާންމުވަމުންދާ ކަމެކެވެ.