18 އެޕްރީލް 2021
ފޭސްބުކް ބޭނުންކުރާ 500 މިލިޔަނަށް ވުރެ ގިނަ މީހުންގެ ޒާތީ މައުލޫމާތު ހިލޭ ލިބޭ ގޮތަށް އިންޓަނެޓްގައި ލީކްކޮށްލި މައްސަލާގައި ފޭސްބުކަށް ދައުވާކުރަން ނިންމައި އެ ދައުވާގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވާން ގޮވާލައިފި އެވެ.
ފޭސްބުކް ބޭނުންކުރާ 500 މިލިޔަނަށް ވުރެ ގިނަ މީހުންގެ ޒާތީ މައުލޫމާތު ހިލޭ ލިބޭ ގޮތަށް އިންޓަނެޓްގައި ލީކްކޮށްލި މައްސަލާގައި ފޭސްބުކަށް ދައުވާކުރަން ނިންމައި އެ ދައުވާގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވާން ގޮވާލައިފި އެވެ.
މި ދައުވާ ކާމިޔާބުވެއްޖެ ނަމަ، ދައުވާގައި ހިމެނޭ މީހުންނަށް ބޮޑު ބަދަލެއް ލިބޭނެ އެވެ.
މައުލޫމާތުތައް ލީކްވި މީހުންނަށް މާކް ޒަކަބާގްގެ ފޭސްބުކަށް ދައުވާކުރަން ގޮވައިލީ ޑިޖިޓަލް ޕްރައިވެސީ ގްރޫޕެއް ކަމަށްވާ ޑިޖިޓަލް ރައިޓްސް އަޔަލެންޑް (ޑީއާރްއައި) އިންނެވެ. އެތަނުން ބުނީ 530 މިލިއަނަށް ވުރެ ގިނަ މީހުންގެ ޒާތީ މައުލޫމާތު ލީކުވުމުން ފޭސްބުކް ޒިންމާވާން ޖެހޭނެ ކަމަށާއި ދައުވާކުރަން ބޭނުންވާ މީހުންގެ މައްސަލަތައް ކޯޓަށް ހުށަހަޅަން ނިންމީ ޔޫރަޕިއަން ޔުނިއަން (އީޔޫ) ރައްޔިތުންގެ ހައްގުގައި ކަމަށެވެ.
މިކަމަށް އަޔަލެންޑް ގާނޫނު ހަދާ މަޖިލީގެ ބައެއް މެމްބަރުން ވެސް ތާއީދުކޮށްފައިވެ އެވެ.
ޑީއާރްއައިގެ ޑިރެކްޓަރު އެންޓޮއިން އޮ ލެކްޓަނައިން ވިދާޅުވި ގޮތުގައި ފޭސްބުކާ ދެކޮޅަށް ކުރާ ދައުވާ އަކީ އެހެން ޓެކް ކުންފުނިތަކަށް ވެސް ދެވޭނެ އިންޒާރެކެވެ. އަދި މިއީ އެއް ފަހަރާ އެތައް ބަޔަކު ޓެކް ކުންފުންޏަކާ ދެކޮޅަށް ކުރާ ބޮޑު ދައުވާއަކަށް ވާނެ ކަމަށް ބުންޏެވެ.
We complained on behalf of two effected individuals last week. @DPCIreland has now instigated an investigation into the Facebook Data Breach. https://t.co/hp5a9BWwNL https://t.co/umfQSXW2rr
— DigitalRightsIreland (@DRIalerts) April 15, 2021
"މިކަން ލުއިކޮށެއް ނުނަގާނަން. އެހެންވީމާ ފޭސްބުކާ ދެކޮޅަށް މިކުރާ ދައުވާ އަކީ މިފަދަ މައްސަލައެއްގައި ކުރާ އެންމެ ބޮޑު ދައުވާ އަށް ވާނެ. މިއީ ފެށުމެއް،" އޭނާ ވިދާޅުވި އެވެ. "އެހެން ޓެކް ކުންފުނިތަކުން ވެސް ޔޫޒަރުންގެ ޒާތީ މައުލޫމާތު ރައްކާތެރިކޮށް ހިމާޔަކޮށްދޭކަން ކަށަވަރުކަން ބޭނުންވޭ."
އެންޓޮއިން ވިދާޅުވީ ޔޫޒަރުންގެ ހައްގުތައް ކަށަވަރުކޮށް ދެވޭނެ ގާނޫނުތައް ހުރި ނަމަވެސް ޓެކް ކުންފުނިތަކުން އެފަދަ ގާނޫނުތައް ސީރިއަސްކޮށް ނުނަގާ ކަމަށެވެ.
I really welcome the action taken by @DRIalerts in mobilising a class action on foot of the recent data “breach” by actors using data from Facebook. #data #CyberSecurity @DPCIreland pic.twitter.com/DQ2UNo4oCj
— Senator Mary Seery-Kearney? (@SeeryKearney) April 16, 2021
"އެހެންވެ ފޭސްބުކަށް މި ކުރާ ދައުވާ އިން ޓެކް ކުންފުނިތައް ހޭލައްވާނެ،" އޭނާ ވިދާޅުވި އެވެ.
ޑީއާރްއައިން ބުނީ ފޭސްބުކަށް ކުރާ ދައުވާ ކާމިޔާބުވެއްޖެ ނަމަ ގެއްލުން ލިބުނު ކޮންމެ މީހަކަށް ބަދަލުގެ ގޮތުގައި 12،000 ޔޫރޯ (14,378 ޑޮލަރު) އަޔަލެންޑްގެ ކޯޓުން ނަގައިދޭނެ ކަމަށެވެ.
އެތައް މިލިއަން ބައެއްގެ މައުލޫމާތުތައް ލީކްވި ނަމަވެސް ފޭސްބުކުން ބުނެފައި ވަނީ އެކަން ހިނގާފައި އޮތީ އެ ކުންފުނިން ޒިންމާވާން ޖެހޭ ގޮތަށް ނޫން ކަމަށާއި އެއްވެސް ގޯހެއް ހަދާފައި ނުވާނެ ކަމަށެވެ.
ލީކްކޮށްލި މައުލޫމާތުތަކުގެ ތެރޭގައި ފޭސްބުކް ބޭނުންކުރާ މީހުންގެ ފޯނު ނަމްބަރުތަކާއި ބައެއް ޕްރޮފައިލްތަކާ ގުޅިފައިވާ އީމެއިލް އެޑްރެސްތަކާއި އަދި މީހުން ތިބި ތަންތަނާއި އައިޑީތަކާއި ފުރިހަމަ ނަން ވެސް ހިމެނެ އެވެ.
ލީކްކޮށްލި މައުލޫމާތުތަކަކީ ފޭސްބުކްގައި ކުރިން އޮތް ބަގެއްގެ ބޭނުންކޮށްގެން 2019 ވަނަ އަހަރު ވަގަށް ނަގާފައިވާ މައުލޫމާތުތަކެކެވެ.
ޓެކް ކުންފުނިތަކާ ދެކޮޅަށް ހަރުކަށި ބިލެއް
ވަޓްސްއެޕް މިހާރު އެއްކޮށް އެންކްރިޕްޓެޑް
ފުރާވަރު ކުދިންނަށްޓަކައި އިންސްޓަ އަށް "ޓޭކް އަ ބްރޭކް"
އިންސްޓަގެ ކުޑަކުދިންގެ ވާޝަން މަޑުޖައްސާލައިފި
ސެކިއުރިޓީ ބަލަހައްޓަން އެފްބީގައި 40،000 މީހުން
އެފްބީގެ ސްމާޓް އައިނާމެދު އިޓަލީން ސުވާލު އުފައްދައިފި
މެސެންޖާގެ ކޯލްތަކުގެ ސެކިއުރިޓީ ވަރުގަދަކޮށްފި
ވަޓްސްއެޕް ސުންގަޑި ހަމަވަނީ؛ ދެން އުނދަގޫވާނެ
އެންމެ "ނުރައްކާ" އެޕަކީ އިންސްޓަގްރާމް!
މައްސަލަ ހޫނުވެ ވަޓްސްއެޕްގެ އާ އުސޫލު ފަސްކޮށްފި