ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަން ސޮއިކުރި ކަމަށް މިދިޔަ އަހަރު އަޑު އަރާފައިވާ ވެބް ސީރީޒަކީ ބީބީސީން ގެނެސްދިން ސީރީޒް "ލޫތާ" ގެ ރިމޭކެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
18 އެޕްރީލް 2021
ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަން ސޮއިކުރި ކަމަށް މިދިޔަ އަހަރު އަޑު އަރާފައިވާ ވެބް ސީރީޒަކީ ބީބީސީން ގެނެސްދިން ސީރީޒް "ލޫތާ" ގެ ރިމޭކެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އެ ސީރީޒް އަޖޭއާ އެކު ހަދަން ނިންމާފައި ވަނީ އޮރިޖިނަލް ސީރީޒް ވެސް ގެނެސްދިން ބީބީސީ ނެޓްވޯކްގެ އިންޑިއާ ގޮފި ބީބީސީ އިންޑިއާ އާއި އެޕްލޯޒް އެންޓަޓައިންމަންޓް ގުޅިގެންނެވެ. އަދި ސީރީޒް ސްޓްރީމްކުރާނީ ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ކަމަށް ބުންޏެވެ.
ނަމަވެސް ބޮލީވުޑްގެ އެންމެ ބިޒީ އެކްޓަރުންގެ ތެރޭގައި ހިމެނޭ އަޖޭ މިކަމާ ބެހޭ ގޮތުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ. އެކަމަކު މީޑިއާތަކުން ބުނީ މި ހަފުތާގެ ތެރޭގައި ސީރީޒް ރަސްމީކޮށް އިއުލާންކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.
"ލޫތާ" އަކީ ބީބީސީ ވަން އިން 2010 ގައި ގެނެސްދޭން ފެށި އެއްޗެކެވެ. އެ ސައިކޮލޮޖިކަލް ކްރައިމް ޑްރާމާގެ ލީޑް އެކްޓަރަކީ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އިޑްރިސް އެލްބާ އެވެ. "ލޫތާ" ގެ އެޕިސޯޑްތަކެއް އެންމެ ފަހުން ގެނެސްދިނީ 2019 ގަ އެވެ. މިހާތަނަށް އެ ސީރީޒްގެ ފަސް ސީޒަންގެ ދަށުން 20 އެޕިސޯޑް ބެލުންތެރިންނަށް ގެނެސްދީފައިވެ އެވެ.
"ލޫތާ" ގެ ހިންދީ ރިމޭކެއް އަޖޭއާ އެކު ހަދަން ނިންމި އިރު އޭގެ ބަތަލާގެ ރޯލު އިލިއާނާ ޑި ކްރޫޒަށް ހުށަހަޅާފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ. އަޖޭ އާއި އިލިއާނާ ކުރިން އެކީގައި ދެ ފިލްމެއް ކުޅެފައިވެ އެވެ. އެއީ "ރެއިޑް" އާއި "ބާދުޝާހޯ" އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި "ލޫތާ" ގެ ހިންދީ ރިމޭކް ޑައިރެކްޓްކުރާނީ 2012 ގެ ފިލްމު "ފެރާރީ ކީ ސަވާރީ" ގެ ޑައިރެކްޓަރު ރާޖޭޝް މަޕުސްކަރެވެ.
އަޖޭގެ ސީރީޒް "ރުދުރާ" އަށް އީޝާ ސޮއިކޮށްފި
މި އަހަރު ވެބް ސީރީޒްތަކުން ފެންނާނެ ތަރިން
ސުޝްމިތާގެ ކުރިން "އާރިއާ" ކާޖޮލް އާއި ރަވީނާ އަށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ޝާހްރުކް ޚާންގެ ވެބް ސީރީޒެއްގެ އިޝާރާތެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް