Roadha Mihaaru
ޖިންސީ ހާނީއްކަކުރި މައްސަލައެއްގައި މީހަކު ހޯދަނީ

ކުއްޖަކަށް ޖިންސީ ހާނީއްކަކުރި މައްސަލައެއްގައި މީހަކު ހޯދަނީ

14 އެޕްރީލް 2021

އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ހާނީއްކަކުރުމުގެ މައްސަލައެއްގެ ތަހުގީގަށް ފުލުސް އޮފީހަށް ހާޒިރުކުރަންޖެހޭ މީހަކު އުޅޭ ތަނެއް ނޭނގުމުން އޭނާގެ ވަނަވަރާއި ފޮޓޯ ހާމަކޮށް، ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ހާނީއްކަކުރުމުގެ މައްސަލައެއްގެ ތަހުގީގަށް ފުލުސް އޮފީހަށް ހާޒިރުކުރަންޖެހޭ މީހަކު އުޅޭ ތަނެއް ނޭނގުމުން އޭނާގެ ވަނަވަރާއި ފޮޓޯ ހާމަކޮށް، ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

ތަހުގީގަށް ހާޒިރުކުރަނީ ތ. ތިމަރަފުށީ އަތިރީގޭ މީހެއް ކަމަށްވާ ހަސަން ނިޒާރެވެ. އުމުރުން 59 އަހަރުގެ މި މީހާ ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވާން އަންގާފައިވަނީ އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަހު ހެނދުނު 10:00 އަށެވެ.

ފުލުހުން މި މީހާގެ މައުލޫމާތު ހާމަކުރީ އެ މީހާ އުޅޭ ތަނެއް ނޭނގޭތީ ފުލުސް އޮފީހަށް ހާޒިރުކުރަން ޗިޓް ރައްދު ނުކުރެވުމުންނެވެ.

ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި، އެ ކުއްޖަކު ދެނެގަނެވޭ ފަދަ އެއްވެސް މައުލޫމާތެއް ހާމަކުރުމަކީ ގާނޫނީ ކުށެކެވެ. އެހެންވެ މި މައްސަލާގައި ވެސް އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.