14 އެޕްރީލް 2021
ޝާހްރުކް ޚާން ކުޅެމުން އަންނަ ފިލްމު "ޕަތާން" ގެ ކްރޫ މެމްބަރަކު އަނެއްކާ ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ފިލްމުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލައި، ޝާހްރުކް ގޭގައި ކަރަންޓީނުވެއްޖެ އެވެ.
ޝާހްރުކް ޚާން ކުޅެމުން އަންނަ ފިލްމު "ޕަތާން" ގެ ކްރޫ މެމްބަރަކު އަނެއްކާ ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ފިލްމުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލައި، ޝާހްރުކް ގޭގައި ކަރަންޓީނުވެއްޖެ އެވެ.
މީޑިއާތަކުން ބުނީ ކްރޫ މެމްބަރަކު ޕޮޒިޓިވްވީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް އަޅައިގެން ޔާޝްރާޖް ސްޓޫޑިއޯގައި ޝޫޓިން ކުރިއަށް ގެންދަނިކޮށް ކަމަށެވެ. ޝާހްރުކް ކަރަންޓީނަށް ގޮސްފައިވާތީ ދެން ފިލްމުގެ މަސައްކަތް އަލުން ފަށާނީ އޭނާ ވަގުތު ދޭން ތައްޔާރުވި އިރަކުންނެވެ.
"ޕަތާން" ގެ މަސައްކަތް މަޑުޖައްސައިލަން ޖެހުނީ މި ހަފުތާގެ ތެރޭގައި ބަތަލާ ދީޕިކާ ޕަދްކޯން ވެސް އަލުން ކްރޫއާ ގުޅެން ތައްޔާރުވަމުން ދަނިކޮށެވެ. މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން، ފިލްމުގެ ވިލަންގެ ރޯލު ކުޅޭ ޖޯން އަބްރަހަމް ވެސް ކްރޫއާ ގުޅި، ޝޫޓިން ކުރިއަށް ގެންގޮސްފައިވެ އެވެ.
ސިދާތު އާނަންދު ޑައިރެކްޓްކުރާ "ޕަތާން" ގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން މުމްބާއީގައި ޔޫއޭއީގައި ވެސް ފިލްމުގެ ގިނަ މަންޒަރުތަކެއް ނަގާފައިވެ އެވެ. އެކަމަކު އަދި ބާކީ ހުރި ޝޫޓިންގެ ތެރޭގައި ދުބާއީގެ ބުރިޖް ޚަލީފާގައި ވެސް ނަގާ ބޮޑެތި އެކްޝަން މަންޒަރުތަކެއް ހިމެނެ އެވެ. އެ މަންޒަރުތަކުން ފިލްމުގެ ހާއްސަ ފެނިލުމަކަށް އެއްބަސްވެފައިވާ ސަލްމާން ޚާން ވެސް ފެންނާނެ އެވެ.
އަންނަ އަހަރުގެ ޖެނުއަރީ ހިސާބުގައި ރިލީޒްކުރާނެ ކަމަށް ބެލެތޭ "ޕަތާން" އަކީ އެކްޝަން ތުރިލާއެކެވެ. މިއީ 2019 ގެ "ވޯ" އަށް ފަހު ސިދާތު ހަދާ ފުރަތަމަ ފިލްމެވެ. އަދި 2018 ގެ "ޒީރޯ" އަށް ފަހު ޝާހްރުކް ކުޅޭ ފުރަތަމަ ފިލްމެވެ.
"ޕަތާން" ގެ ޝޫޓިން އަށް ކޮވިޑާ ހެދި އަލުން ބުރޫ އެރި އިރު މި ދުވަސްކޮޅު ކޮވިޑް ޖެހޭ ފިލްމީ ތަރިންގެ އަދަދު ވެސް ވަރަށް އިތުރުވެ، ފިލްމީ މަސައްކަތްތަކަށް ވަރަށް ބޮޑަށް ބުރޫ އަރާފައިވެ އެވެ. އަދި މުމްބާއީ އޮންނަ މަހާރަޝްތުރާ ސްޓޭޓް އޮތީ ކޮވިޑްގެ ކޭސްތައް އިތުރުވާތީ މިދިޔަ ހުކުރު ދުވަހުން ފެށިގެން ލޮކްޑައުންއެއްގަ އެވެ.
ޝާހްރުކްގެ ފިލްމެއް ބަލައިލަން ލިބޭނެ ދުވަހެއް ނޭނގޭ
ޝާހްރުކް ފިލްމީ މަސައްކަތަށް ނުކުންނާނީ 15 ގައި
ޝާހްރުކްގެ ހާއްސަ އެދުމެއް ޑައިރެކްޓަރުންނަށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ޕަތާން" ގައި ދީޕިކާ ތަޅާފޮޅާ ރޯލެއް
ސަލްމާންގެ "ޓައިގާ 3" ގައި ޝާހްރުކްގެ ފެނިލުމެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ޝާހްރުކްގެ "ޕަތާން" ގެ ބާކީ 40 ޕަސެންޓް ޔޫރަޕްގައި
"ޒީރޯ" ގެ ނާކާމިޔާބީން ޝާހްރުކްގެ އަގު 100 ކްރޯޑަށް
ޝާހްރުކްގެ "ޕަތާން" ގައި ސަލްމާންގެ 20 މިނިޓް