13 އެޕްރީލް 2021
ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރި ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފަ އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރި ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފަ އެވެ.
އަކްޝޭ ދޫކޮށްލިކަން ހާމަކުރީ އޭނާގެ އަންހެނުން، ދެ މީހުންގެ ކާޓޫން ފޮޓޯއަކާ އެކު އިންސްޓަގްރާމްގަ އެވެ. އޭނާ އޮތީ އަކްޝޭ އެނބުރި ގެއަށް އަތުވެއްޖެ ކަމަށާއި ހުރިހާ ކަމެއް ވެސް ރަނގަޅު ކަމަށެވެ.
ފިލްމު "ރާމް ސެތޫ" ގެ ޝޫޓިންގައި އުޅެނިކޮށް އަކްޝޭ އަށް ކޮވިޑް ޖެހުނު ވާހަކަ ހާމަކުރީ މި މަހުގެ 4 ވަނަ ދުވަހު އެވެ. އަދި ޖެހިގެން އައި ދުވަހު ޑޮކްޓަރުންގެ ލަފާގެ މަތިން ހޮސްޕިޓަލްގައި އެޑްމިޓްވި އެވެ.
އަކްޝޭގެ އިތުރުން "ރާމް ސެތޫ" ގެ ޖޫނިއާ އާޓިސްޓުންގެ ތެރެއިން 45 މީހަކަށް ވެސް ބަލި ޖެހުނެވެ. އެކަމާ ގުޅިގެން ފިލްމުގެ މަސައްކަތް މިހާރު އޮތީ ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ. އަކްޝޭ އާކިއަލޮޖިސްޓެއްގެ ރޯލު ކުޅޭ ފިލްމުގެ ޝޫޓިންގައި އުޅެނިކޮށް ކޮވިޑް ޖެހުނު ނަމަވެސް އޭނާއާ އެންމެ ގާތުން ޝޫޓިންގައި ބައިވެރިވި ދެ ބަތަލާއިން ކަމަށްވާ ޖެކްލިން ފެނަންޑޭޒާއި ނުޝްރަތު ބަރޫޗާ އަށް ބަލި ޖެހިފައެއް ނުވެ އެވެ. އެ މީހުން ތިބީ އަކްޝޭ ޕޮޒިޓިވް ހިސާބުން ހޯމް ކަރަންޓީނުގަ އެވެ.
ބޮލީވުޑްގެ އެންމެ ބިޒީ އެކްޓަރަށް ކޮވިޑް ޖެހި ފިލްމީ މަސައްކަތްތައް ހުއްޓައިލަން ޖެހުނު އިރު މި މަހުގެ 30 ގައި ރިލީޒްކުރަން އޮތް ފިލްމު "ސޫރިޔަވަންޝީ" ވެސް ވަނީ ކޮވިޑާ ހެދި ރިލީޒްކުރުން ފަސްކޮށްފަ އެވެ. މަހާރަޝްތުރާގައި ކޮވިޑްގެ ކޭސްތައް އިތުރުވާތީ އެ ސްޓޭޓް އޮތީ ހުކުރު ދުވަހުން ފެށިގެން ލޮކްޑައުންއެއްގަ އެވެ.
މި އަހަރު ރިލީޒްކުރަން ތާވަލުކޮށްފައި ހުރި އަކްޝޭގެ އިތުރު ފިލްމުތަކުގެ ތެރޭގައި އަންނަ މަހުގެ 28 އަށް އޮތް "ބެލް ބޮޓަމް" އާއި ޖޫން 6 ގައި ގެނެސްދޭ "އަތުރަންގީ ރޭ" އަދި ނޮވެމްބަރު 5 އަށް ތާވަލުކޮށްފައިވާ "ޕްރިތުވީރާޖް" ހިމެނެ އެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ނަވާޒުއްދީން މިހާރު ދިރިއުޅެނީ ގަނޑުވަރެއްގައި
މިއީ ރަކުލް އަށް ވަރަށް ބޮޑު އަހަރެއް
އަކްޝޭގެ "ސެލްފީ" ގައި އިމްރާން
ވިކީ ބޭނުމީ "އަތުރަންގީ ރޭ" ޑައިރެކްޓަރުގެ ފިލްމެއް
ރާޖޭޝް ކަންނާ އަށް ފިލްމެއް، ޑައިރެކްޓްކުރާނީ ފަރާ
"އަތުރަންގީ-ރޭ" ގައި ސާރާ ވަރަށް މޮޅު
އަކްޝޭ އާއި ޓައިގާ ވަރުގަދަ ތަޅާފޮޅުމަކަށް
ޑިމްޕަލް އާއި ޕަންކަޖްގެ ވާހަކައެއް
"އަތުރަންގީ ރޭ" ގައި ފެންނާނީ ކުޑަ ރޯލަކުން: އަކްޝޭ