ސްޕެނިޝް ލަ ލީގާގައި ރޭ ރެއާލް ބެޓިސް އާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެ. އެތުލެޓިކޯ އަލުން ތާވަލްގެ އެއްވަނަ އަށް ޖެހިލައިފި އެވެ.
ސްޕެނިޝް ލަ ލީގާގައި ރޭ ރެއާލް ބެޓިސް އާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެ. އެތުލެޓިކޯ އަލުން ތާވަލްގެ އެއްވަނަ އަށް ޖެހިލައިފި އެވެ.
މި މެޗުން މޮޅުވެ، އެތުލެޓިކޯ ތާވަލްގެ އެއްވަނަ އަށް އެރީ އެއް ޕޮއިންޓްގެ ލީޑަކާއެކު އެވެ. ތާވަލްގެ އެއްވަނައިގައި 67 ޕޮއިންޓާއެކު އެތުލެޓިކޯ އޮތްއިރު، 66 ޕޮއިންޓާއެކު ދެވަނަައިގައި އޮތީ ރެއާލް މެޑްރިޑެވެ. ތާވަލްގެ ތިން ވަނައިގައި 65 ޕޮއިންޓާއެކު އޮތީ ބާސެލޯނާ އެވެ.
ސްޕެނިޝް ލީގުގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، އެއް ޕޮއިންޓްގެ ލީޑަކާއެކު އެތުލެޓިކޯ އަށް ހަމަޖެހެލެވޭކަށް ނެތެވެ. މި އަހަރުގެ ޖެނުއަރީ މަހު އެތުލެޓިކޯ އެއްވަނައިގައި އޮތީ 10 ޕޮއިންޓްގެ ލީޑަކާއެކު އެވެ. އެކަމަކު އޭގެ ފަހުން އެތުލެޓިކޯގެ ފޯމު ދަށްވެ، ލީޑު ވަނީ ކުޑަވެފަ އެވެ. އެންމެ ފަހުން އެތުލެޓިކޯ ކުޅުނު 11 މެޗުން މޮޅުވެފައިވަނީ އެންމެ ތިން މެޗުންނެވެ.
ޔަނިކް ކަރާސްކޯ ޖެހި ލަނޑާއެކު، ރޭގެ މެޗުގައި ލީޑު ހޯދީ އެތުލެޓިކޯ އިންނެވެ. އެކަމަކު މެޗުގެ 20 ވަނަ މިނިޓުގައި ބެޓިސްގެ ކްރިސްޓިއަން ޓެލޯ ވަނީ ލަނޑެއް ޖަހައި، މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މެޗުގެ އިތުރު ވަގުތުގައި އެތުލެޓިކޯ އިން ރަނގަޅު ދެ ހަމަލާއެއް ފޮނުވާލި ނަމަވެސް، ބެޓިސްގެ ގޯލްކީޕަރު ކްލައުޑިއޯ ބްރާވޯ ވަނީ އެ ހަމަލާތައް ދިފާއުކޮށްފަ އެވެ.
20 މިނެޓުން ނަތީޖާ އަނބުރާލައި ބާސާ އެއް ވަނަ އަށް
ދަރިފުޅަށް ވީތީ އިސްކަމެއް ނުދެން: ސިމިއޯނީ
ބާސާ ފަހަތަށް ފުރޮޅާލައިފި، ޖިރޯނާ އަށް ލީޑް
"72 ގަޑިއިރު ނުލިބި ރެއާލުން ދެން ނުކުޅޭނަން"
އެތުލެޓީކޯގެ ޝަކުވާ ބޮޑުވެ ޕެނަލްޓީ ގަވާއިދު މުރާޖާއަށް
މެޑްރިޑާ ޑާބީގެ ޝޫޓްއައުޓްގައި ވެސް ވީއޭއާރުގެ ޑްރާމާ
ރެއާލުން ޝަކުވާ ހުށަހެޅި ރެފްރީގެ މައްސަލައެއް ބަލަނީ
ބާސާގެ ނަތީޖާއިން ރެއާލް އާއި އެތުލެޓިކޯ ޕްރެޝަރަށް
އެތުލެޓިކޯގައި ބޮޑު ކްލަބެއްގެ ސިފަ އަންނަނީ ޖެހެމުން
ލަލީގާ މެޗުތައް ވަގަށް ދެއްކުމުން 32 މިލިއަން ޑޮލަރު