11 އެޕްރީލް 2021
އިދިކޮޅު ޕީޕީއެމްގެ އޮފީސްތެރެއިން ރޭ ފެނުނު މަންޒަރުތަކުން ބޮޑަށް ސިފަވީ، އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އެއްކޮށް އެ ޕާޓީ އަށް ލިބިގެން އުޅޭ ކަމެވެ. ފެނުނީ ބައެއް މީހުން އުފަލުން ރުއިތަނެވެ. އެކަކު އަނެކަކަށް ބައްދާލައި، މަރުހަބާ ކިޔުން ނޫން ކަމެއް ނެތެވެ.
އިދިކޮޅު ޕީޕީއެމްގެ އޮފީސްތެރެއިން ރޭ ފެނުނު މަންޒަރުތަކުން ބޮޑަށް ސިފަވީ، އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އެއްކޮށް އެ ޕާޓީ އަށް ލިބިގެން އުޅޭ ކަމެވެ. ފެނުނީ ބައެއް މީހުން އުފަލުން ރުއިތަނެވެ. އެކަކު އަނެކަކަށް ބައްދާލައި، މަރުހަބާ ކިޔުން ނޫން ކަމެއް ނެތެވެ.
"ކޮބާ މިއޮތީ ބޮޑު ތަނުން [އިންތިހާބު] ނަގާފައޭ، ހަމަ ބޮޑުތަނުން!" މާލޭ ސިޓީ ކައުންސިލްގެ ގޮނޑިއެއް ކާމިޔާބުކުރި ކެންޑިޑޭޓެއްގެ ގައިގައި ބައްދާލަމުން ސަޕޯޓަރަކު ބުންޏެވެ.
މިި ޝުއޫރުތަކާއެކު، އިދިކޮޅުން ފާޅުކުރީ މިހާތަނަށް މާލޭގައި ސުޕަ މެޖޯރިޓީ ދަމަހައްޓަމުން އައި އެމްޑީޕީ އަށް އިއްޔެގެ އިންތިހާބުގައި ބޮޑު ނާކާމިޔާބީއެއް ލިބުމުންނެވެ. މާލޭގެ މޭޔަރުކަން ނެގީ އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރު ބަލިކޮށް، ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. މާލޭ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު ވެސް އެމްޑީޕީ އަށް ގެއްލި ބާރުވެރިކަން ވޯޓުން "ދަމައިގަތީ" އިދިކޮޅުންނެވެ.
ވިދިވިދިގެން ދެ އިންތިހާބަކުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހި، އުންމީދު ގެއްލިފައިވާ ޕީޕީއެމަށް މިއީ އާދަޔާ ހިލާފު ކާމިޔާބަކަށް ނޫނީ ނުވާނެ އެވެ. ޚާއްސަކޮށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕާޓީއެއް، މާލެ ކަހަލަ އެމްޑީޕީގެ "ހާއްޔަކުން" ބަލިކޮށްލުމަކީ "ނިކަމެތި" އިދިކޮޅު ކޯލިޝަނަށް އާދައިގެ ކަމަކަށް ނުވާނެ އެވެ.
މާލޭގެ މޭޔަރުކަން ކާމިޔާބު ކުރެއްވި ޑރ. މުއިއްޒާއި މާލޭގެ އެހެން ގޮނޑިތައް ކާމިޔާބު ކުރެއްވި ޕީޕީއެމްގެ މެންބަރުންނަށް ލިބުނު ކާމިޔާބީ ޕީޕީއެމްގެ އޮފީހުގައި ފާހަގަކުރަމުން ދިޔައިރު އެންމެންގެ މޫނުމަތިން ފެނުނީ މުޅި އިންތިހާބުގެ މެޖޯރިޓީ ކާމިޔާބު ކުރި ކަހަލަ އިހުސާސްތަކެކެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްއަށް މާލެ ސިޓީން ލިބުނު ކާމިޔާބީ މިރޭ ފާހަގަ ކުރަނީ-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
ޕީޕީއެމް އޮފީސް ހިންގާ، ހ. ހުރަފަ އަށް ޑރ. މުއިއްޒު ވަޑައިގަތުމާއެކު، އެ އޮފީހުގެ ބޭރުގައި ފިޔާތޮށި ކުލައިގެ ދިދަ ހިފައިގެން ތިބި ގިނަ އަދަދެއްގެ ސަޕޯޓަރުންގެ އަޑު ގަދަވި އެވެ. މުއިއްޒަށް ތާއީދުކޮށް، ކާމިޔާބީ އަށް މަރުހަބާ ކިޔުމާއި ސަލާން ކުރުން ކުރިޔަށް ގެންދިޔަ އެވެ.
ޕީޕީއެމްގެ އޮފީހަށް މުއިއްޒު ވަދެވަޑައިގަތުމާއެކު، އެ ޕާޓީގެ ކައުންސިލް މެންބަރުންނާއި ލީޑަޝިޕްގެ ހުރިހާ ބޭފުޅުން އޭނާއާ އެކު ފޮޓޯ ނަންގަވައި، އުފާފާޅު ކުރައްވަމުން ގެންދެވި އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްއަށް މާލެ ސިޓީން ލިބުނު ކާމިޔާބީ މިރޭ ފާހަގަ ކުރަނީ-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
ކާމިޔާބީއަށް ފަހު ޕީޕީއެމުން ދިން ފުރަތަމަ ޕްރެސް ސްޓޭޓްމަންޓުގައި އިދިކޮޅު ކޯލިޝަންގައި އެންމެ އިސްކޮށް އުޅުއްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ ރާގު ވެސް ހުރީ މުޅި އިންތިހާބު ކާމިޔާބު ކުރެވުނު ކަހަަ ގޮތަކަށެވެ. މުޅި ރާއްޖޭގެ ރައްޔިތުން ދެއްކި ސާބިތުކަމަށްޓަކައި ހުރިހާ އެންމެންނަށް ކާމިޔާބީއަށް އެދޭ ކަމަށް އަދުރޭ ވިދާޅުވި އެވެ.
"އެންމެ ފުރަތަމަ ކަމަކަށް މި ސަރުކާރަށް، މިރެއިން މިރެއަށް، މިހާރުން މިހާރަށް ރައީސް އަބްދުﷲ ޔާމީން މިނިވަންކޮށް ދޫކޮށްލަން ގޮވާލަން،" ކުރީގެ ރައީސް ޔާމީން މިނިވަންކުރަން ސަރުކާރަށް ޑިމާންޑު ކުރައްވާ ރާގަކުން އަދުރޭ ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްއަށް މާލެ ސިޓީން ލިބުނު ކާމިޔާބީ މިރޭ ފާހަގަ ކުރަނީ-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
ކައުންސިލް އިންތިހާބުގެ ޖުމުލަ ނަތީޖާ އަށް ބަލާއިރު ޕީޕީއެމްއަށް މާ ބޮޑު ކާމިޔާބީއެއް ލިބުނު ކަމަކަށް ނުބެލެވެ އެވެ. ޖުމުލަ ނަތީޖާ އަދިވެސް ބުރަވަނީ އެމްޑީޕީ އަށެވެ. ނަމަވެސް މިފަހަރުގެ މުޅި އިންތިހާބާއި ކެމްޕެއިން އަދި ސަރުކާރުގެ ވައުދުތައް އެނބުރުނީ މާލޭގެ ދާއިރާގަ އެވެ. ވެރިކަމާއި ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ހޯދާފައިވާ އެމްޑީޕީން ވެސް އެންމެ ބޮޑަށް އުންމީދު ކުރީ މާލެ ކަހަލަ ބޮޑު ތަނަކުން ބޮޑު ކާމިޔާބީއެއް ހޯދުމަށެވެ.
އެހެންވެ، މާލެއަށް މުއިއްޒު ހޮވުމާ އެއް ފަދައިން އެމްޑީޕީ އެންމެ ބޭނުންވި ދާއިރާއިން ބޮޑު ތަނުން ބަލި ކޮށްލެވުމަކީ ވެސް ޕީޕީއެމަށް މުޅި އިންތިހާބު ކާމިޔާބުވުން ކަހަލަ ކަމެކެވެ.
ޔާމީން ހުންނެވިނަމަ މަސައްކަތްތައް ނިމުނީސް: މުއިއްޒު
އޮޅުވާލުމާއި ޔާމީންގެ އަޑި ނޭނގޭ އެކި މޫނުތައް!
ހަމަނުޖެހުމާ ގުޅިގެން ޕާޓީތަކުން ހަދަނީ ދޮގު: އީސީ
ވޯޓު ފޮށިތަކެއް އަލުން ގުނުމާ ދިމާކޮށް ހަމަނުޖެހުމެއް
އިންސާފުވެރި ނަމަ ސަރުކާރު ބަލިކުރާނަން: އިދިކޮޅު
ވަހީދާއި ޖަމީލް، ކެމްޕެއިނަށް ގޭގެ އާއި މާރުކޭޓަށް
ގެދޮރުގެ މައްސަލަ ކައުންސިލަށް ހައްލުކުރެވޭނެ: މުއިއްޒު
"މިއީ ޔާމީން ވެރިކަމަށް ގެނައުމުގެ ފުރަތަމަ މަރުހަލާ"
އައްޑޫން ނަން ނެގި ކެންޑިޑޭޓެއްގެ މައްސަލަ ބަލަނީ
އިންތިހާބު އަވަސްކުރަން ގޮވާލައި މުޒާހަރާއަށް