Roadha Mihaaru
ބައެއް މަރުކަޒުތަކުގެ ވޯޓުލާ ވަގުތު އިތުރުކޮށްފި

ބައެއް މަރުކަޒުތަކުގެ ވޯޓުލާ ވަގުތު އިތުރުކޮށްފި

10 އެޕްރީލް 2021

މިއަދު ކުރިއަށް ގެންދާ ލޯކަލް ކައުންސިލާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބުގައި ބައެއް މަރުކަޒުތަކުގައި ވޯޓުލާ ވަގުތު މިއަދު އިތުރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިއަދު ކުރިއަށް ގެންދާ ލޯކަލް ކައުންސިލާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބުގައި ބައެއް މަރުކަޒުތަކުގައި ވޯޓުލާ ވަގުތު މިއަދު އިތުރުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ މާލެ އާއި ރަށްރަށާއި ރިސޯޓުތައް އަދި ރާއްޖެއިން ބޭރުގައި ގާއިމު ކޮށްފައިވާ 51 މަރުކަޒެއްގައި ވޯޓުލާ ވަގުތު އިތުރުކުރީ ލަހުން ވޯޓުލުން ފަށާފައިވާތީ ކަމަށެވެ.

ބައެއް މަރުކަޒުތަކުގައި އިރުއޮއްސި 6:15 އާއި 6:30 އާއި 6:45 އަދި 9:50 އަށް ވޯޓުލުން އިތުރު ކޮށްފައިވެ އެވެ.

ވޯޓުލާން ހަމަޖައްސާފައިވަނީ ހެނދުނު 7:00 އިން ހަވީރު 5:00 އަށެވެ. އެއަށް ފަހު ހަވީރު 5:00-6:00 އަށް ވޯޓުލާނީ ކޮވިޑު-19 އާ ގުޅިގެން ކަރަންޓީނާއި އައިސޮލޭޝަންގައި ތިބި މީހުންނެވެ.

މިހާތަނަށް 178،000 އަށް ވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށް އީސީން ބުނެ އެވެ. އެއީ 90،134 ފިރިހެނުންނާއި 88،146 އަންހެނުންނެވެ.