08 އެޕްރީލް 2021
އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރިސޯޓްތަކަށް ދާ އޮފިޝަލުންނަށް މައްސަލަތަކާ ކުރިމަތިވެއްޖެ އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރިސޯޓްތަކަށް ދާ އޮފިޝަލުންނަށް މައްސަލަތަކާ ކުރިމަތިވެއްޖެ އެވެ.
"ބައެއް ރިސޯޓްތަކަށް އަޅުގަނޑުމެން ނާރުވައިގެން މި އުޅެނީ،" އީސީގެ އޮފިޝަލަކު މިއަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ބައެއް އޮފިޝަލުން ރިސޯޓްތަކަށް އަރުވަން ދެކޮޅު ހަދަނީ، އެޗްްޕީއޭގެ ގައިޑްލައިންގައިވާ ގޮތަށް ފަސް ދުވަސްކުރިން އީސީން ހުއްދަ ނަގާފައި ނުވާތީ އެވެ. އެކަމަކު އީސީގެ އޮފިޝަލް ވިދާޅުވި ގޮތުގައި، ވޯޓު ފޮށިތައް ބަހައްޓަން އެއްވެސް ރިސޯޓަކަށް ވެސް އަދި ރަށަކަށް ދާން ވެސް ހުއްދައެއް ހޯދަން އެޗްޕީއޭ އިން އަންގައިފައެއް ނުވެ އެވެ.
"އަޅުގަނޑުމެން މިދަނީ އެ މީހުންގެ ހައްގެއް ހޯދައިދޭން. އެކަމަކު އެ ހައްގު ބޭނުން ނޫނިއްޔާ އެ ހައްގު ދެވޭނެ ގޮތެއް ނެތް. އެގޮތަށް ވަންޏާ އޮފިޝަލުން ޖެހޭނީ އަނބުރާ އަންނަން. ވޯޓު ފޮއްޓެއް ނުއެއް ބެހެއްޓޭނެ،" އޭނާ ވިދާޅުވި އެވެ.
މި މައްސަލައިގައި ބައެއް ރިސޯޓްތަކާ އީސީން މިހާރު ވާހަކަ ދައްކަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މި މައްސަލަ ދިމާވަމުން އަންނަ ރިސޯޓްތަކުގެ އަދަދު މަދު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އީސީގެ ރައީސް އަހުމަދު ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަންސާނާ ވެލާވަރު ރިސޯޓަށް އެ ކޮމިޝަންގެ އޮފިޝަލުން އެރުމުގެ ހުއްދަ ނުދިނުމުން އެ މީހުން ކައިރި ރަށަކަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެ ރިސޯޓުގައި ވޯޓުލާން ރަޖިސްޓަރީ ކޮށްފައިވާ 61 މީހުންނަށް ވޯޓުލުމުގެ ހައްގު ހޯދައި ދިނުމަށް މަސައްކަތް ކުރާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
އެމްޑީޕީއަށް 400 ގޮނޑި، ޕީޕީއެމަށް 325 ގޮނޑި
އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނުކުރަން މިރޭ ފަށަނީ
ތިން ފޮއްޓެއްގެ ވޯޓު މާދަމާ ގުނަން ނިންމައިފި
ހަމަނުޖެހުމާ ގުޅިގެން ޕާޓީތަކުން ހަދަނީ ދޮގު: އީސީ
ވޯޓުލާނެ ކަމަށް ލަފާކުރެވެނީ 38-40 ޕަސެންޓް މީހުން
ދިއްފުށީގައި ކަރަންޓީނުގައި 500 މީހުން
ވޯޓު ލާނެ ބަޔަކު ނެތް، ފޯރިއެއް ވެސް ނެތް!
އޮފިޝަލުން ކޮވިޑަށް ޕޮޒިޓިވްވިޔަސް، މެނޭޖްކުރެވޭނެ: ޝަރީފް
އިންޑިއާ އާއި ލަންކާއަށް އޮފިޝަލުން ފޮނުވައިފި
ވޯޓު ދިނުމުގެ ހައްގު 273،000 މީހަކަށް ލިބޭ