07 އެޕްރީލް 2021
އޭއެފްސީ ކަޕް ކޮލިފައިންގެ ފުރަތަމަ ބުރުގައި މިއަދު ބޫޓާން ތިމްޕޫ ސިޓީ އަތުން 2-0 އިން މޮޅުވެ، ކްލަބް އީގަލްސް ޕްރިލިމިނަރީގެ ދެވަނަ ބުރަށް ދަތުރުކޮށްފި އެވެ.
އޭއެފްސީ ކަޕް ކޮލިފައިންގެ ފުރަތަމަ ބުރުގައި މިއަދު ބޫޓާން ތިމްޕޫ ސިޓީ އަތުން 2-0 އިން މޮޅުވެ، ކްލަބް އީގަލްސް ޕްރިލިމިނަރީގެ ދެވަނަ ބުރަށް ދަތުރުކޮށްފި އެވެ.
އީގަލްސްގެ 31 އަހަރުވީ ތާރީހުގައި އެ ޓީމު ކުޅުނު ބައިނަލްއަގުވާމީ ފުރަތަމަ މެޗުން، އެ ޓީމު މޮޅުވީ ހަސަން ރާއިފް އަހްމަދު (ހަންނަ) އާއި ހަސަން ނާއިމް ޖެހި ލަނޑުތަކުންނެވެ.
މި މެޗުން މޮޅުވުމުން، ކޮލިފައިންގެ ދެވަނަ ބުރުގައި އީގަލްސް ނުކުންނާނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ. މި މެޗު ކުޅޭނީ އަންނަ ހަފުތާގެ ބުދަ ދުވަހެވެ. އެކަމަކު މެޗު ކުޅޭނެ ޤައުމެއް އަދި މުޅިން ޔަގީނެއްނުވެ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި އީގަލްސް އަށް ލީޑު ހޯދައިދިނީ ހަންނަ އެވެ. މެޗުގެ ނުވަ ވަނަ މިނިޓުގައި ތިމްޕޫގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ނާއިމް ހުރަސްކޮށްލި ބޯޅަ އަށް އީގަލްސްގެ މިސްރު ފޯވަޑް މުހައްމަދު އޮސާމާ އެރި ނަމަވެސް، އޭނާގެ ފަޔަށް އެ ބޯޅަ ނޭރި އެވެ. އެކަަމަކު އޮސާމާގެ ފަހަތުގައި، ސަލާމުވެގެން ހުރި ހަންނަ ވަނީ އެ ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށްވެފައި ވަނިކޮށް، އީގަލްސްގެ ދެވަނަ ލަނޑު ޖެހީ ނާއިމެވެ. ޕެނަލްޓީ އޭރިޔާގެ ބޭރު އަރިމަތިން ލިބުނު ހިލޭޖެހުމަކުން، ނާއިމް ވަނީ ގޯލުގެ މަތީ ދާގަނޑަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.
އޭއެފްސީ ކަޕްގެ ކޮލިފައިން ބުރުގައި ވެސް އާންމުކޮށް ދެ ލެގު ކުޅުނު ނަމަވެސް، ކޮވިޑްގެ ހާލަތާ ގުޅިގެން އޭއެފްސީ ވަނީ ކޮލިފައިންނާއި ޕްލޭއޮފް މެޗުތައް އެއް ލެގަށް ބަދަލުކޮށްފަ އެވެ. އަދި ގުރޫޕް ސްޓޭޖުގެ މެޗުތައް ވެސް ވަނީ ސެންޓްރަލައިޒްޑްކޮށްފަ އެވެ.
ކޮލިފައިންގެ ދެވަނަ ބުރުގައި އީގަލްސްއާ ދެކޮޅަށް ނުކުންނަ ޑާކާ އަބަހާނީ ވަނީ މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިންގެ ދެވަނަ ބުރުގައި މާޒިޔާއާ ވާދަކޮށްފަ އެވެ. ދެ ލެގުގެ އެގްރިގޭޓް ނަތީޖާ އިން އަބަހާނީގެ މައްޗަށް ކުރި ހޯދީ މާޒިޔާ އެވެ.
އީގަލްސް އަށް އޭއެފްސީ ކަޕްގެ ދޮރު ބަންދުވެއްޖެ
ދަތުރަށް ތައްޔާރުވާން އީގަލްސް އަށް މެޗު ފަސްކޮށް ދީފި
އަބަހާނީ މުބާރާތުން ވަކިވެ، ޕްލޭއޮފްގެ ޖާގަ އީގަލްސް
އީގަލްސް - އަބަހަނީ މެޗު ނޭޕާލްގައި
އީގަލްސް-އަބަހާނީ މެޗު ނޭޕާލްގައި ކުޅެން ހުށަހަޅައިފި
އީގަލްސް - އަބަހާނީ މެޗަށް ނިއުޓްރަލް ދަނޑެއް ހޯދަނީ
އީގަލްސް - އަބަހާނީ މެޗު ކުޅޭނީ ބަންގާޅުގައި
އީގަލްސް ތާރީހީ މެޗަކަށް، ޝާޒްލީގެ އުންމީދު ބޮޑު
އީގަލްސް އިން އިއްބެ ރިލީޒްކޮށްފި، އަގަކީ އެއް ލައްކަ
އީގަލްސް އިން އަގުކުޑަކުރުމުން ނިޝާމް އޭދަފުށްޓަށް