09 އެޕްރީލް 2021
އޭއެފްސީ ކަޕް ކޮލިފައިންގެ ދެވަނަ ބުރުގައި ކްލަބު އީގަލްސް އާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އަންނަ ހަފުތާގައި ކުޅެން ހަމަޖެހިފައިވާ މެޗު، ބަންގްލަދޭޝްގައި ކުޅެން އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ހުއްދަ ދީފި އެވެ.
އޭއެފްސީ ކަޕް ކޮލިފައިންގެ ދެވަނަ ބުރުގައި ކްލަބު އީގަލްސް އާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އަންނަ ހަފުތާގައި ކުޅެން ހަމަޖެހިފައިވާ މެޗު، ބަންގްލަދޭޝްގައި ކުޅެން އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ހުއްދަ ދީފި އެވެ.
ބަންގްލަދޭޝްގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވުމާ ގުޅިގެން، ބަންގްލަދޭޝްގެ ސަރުކާރުން ވަނީ ހަފުތާއެއްގެ މުއްދަތަކަށް އެ ގައުމު ލޮކްޑައުންކޮށްފަ އެވެ. މި މުއްދަތު ހަމަވާނީ އާދިއްތަ ދުވަހެވެ.
އީގަލްސްއާއެކު އަންނަ ހަފުތާގެ ބުދަ ދުވަހު ކުޅެން އޮތް މެޗު ބަންގާޅުގައި ހޯސްޓްކުރަން އުނދަގޫވެދާނެތީ، މެޗު ފަސްކޮށްދިނުމަށް އެދި އަބަހާނީން ވަނީ ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަން މެދުވެރިކޮށް އޭއެފްސީގައި އެދިފަ އެވެ. އެހެން ނަމަވެސް، އޭއެފްސީން މެޗު ފަސްކުރުމަށް އެއްބަސްނުވެ، ބަންގާޅުގައި މެޗު ނުކުޅެވޭނަމަ، ނިއުޓްރަލް ދަނޑެއްގައި ވެސް އެ ދުވަހު އެ މެޗު ކުޅޭނެ ކަމަށް އޭއެފްސީން ވަނި އަންގައިފަ އެވެ.
"އެހެންކަމުން، އަބަހާނީ އާއި ބަންގާޅުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރުމަށް ފަހު، ޝެޑިއުލްގައިވާ ގޮތަށް ބަންގްލަދޭޝްގައި މެޗު ކުޅޭ ގޮތަށް ވަނީ ނިންމައިފަ،" ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަބޫ ނައީމް ޝޯހަގް ވިދާޅުވި ކަމަށް ބަންގްލަދޭޝްގެ ބައެއް މީޑިއާތަކުގައި ބުނެފައިވެ އެެވެ.
ބަންގްލަދޭޝްގެ މީޑިއާއާ ވާހަކަދައްކަމުން އަބަހާނީ ކޯޗު މާރިއޯ ލެމޯސް ބުނީ އަބަހާނީ އޮތީ އީގަލްސްއާ ދެކޮޅަށް ކުޅެން ތައްޔާރަށް ކަމަށެވެ.
"އަހަރަމެން މި މެޗަށް އަމާޒުކޮށް ތައްޔާރުވުންތައް ކުރިއަށް ގެންދާތާ 17 ވަރަކަށް ދުވަސްމިވީ. އަހަރެމެން މި ތިބީ މެޗު ކުޅެން ތައްޔާރަށް،" ލެމޯސް ބުންޏެވެ.
ކޮލިފައިންގެ ދެވަނަ ބުރަށް އީގަލްސް ދަތުރުކުރީ މިދިޔަ ބުދަ ދުވަހު މާލޭގައި ކުޅުނު ކޮލިފައިންގެ ފުރަތަމަ މެޗުގައި ބޫޓާންގެ ތިމްޕޫ ސިޓީ އަތުން 2-0 އިން މޮޅުވެގެނެވެ.
ކޮލިފައިންގެ ދެ ވަނަ ބުރުން މޮޅުވާ ޓީމަކަށް އޭއެފްސީ ކަޕްގެ ޕްލޭއޮފުން ޖާގަ ލިބޭނެ އެވެ. ޕްލޭއޮފްގެ ޖާގައަކަށް ދެން ވާދަކުރަނީ ނޭޕާލްގެ އާމީ ކްލަބާއި އިންޑިއާގެ ބެންގަލޫރު އެފްސީ އެވެ. ޕްލޭއޮފުން މޮޅުވާ ޓީމަކަށް އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުން ޖާގަ ލިބެ އެވެ.
އީގަލްސް އަށް އޭއެފްސީ ކަޕްގެ ދޮރު ބަންދުވެއްޖެ
ދަތުރަށް ތައްޔާރުވާން އީގަލްސް އަށް މެޗު ފަސްކޮށް ދީފި
އަބަހާނީ މުބާރާތުން ވަކިވެ، ޕްލޭއޮފްގެ ޖާގަ އީގަލްސް
އީގަލްސް - އަބަހަނީ މެޗު ނޭޕާލްގައި
އީގަލްސް-އަބަހާނީ މެޗު ނޭޕާލްގައި ކުޅެން ހުށަހަޅައިފި
އީގަލްސް - އަބަހާނީ މެޗަށް ނިއުޓްރަލް ދަނޑެއް ހޯދަނީ
ތިމްޕޫ ބަލިކޮށް އީގަލްސް ކޮލިފައިންގެ ދެވަނަ ބުރަށް
އީގަލްސް ތާރީހީ މެޗަކަށް، ޝާޒްލީގެ އުންމީދު ބޮޑު
އީގަލްސް އިން އިއްބެ ރިލީޒްކޮށްފި، އަގަކީ އެއް ލައްކަ
އީގަލްސް އިން އަގުކުޑަކުރުމުން ނިޝާމް އޭދަފުށްޓަށް