07 އެޕްރީލް 2021
މަޝްހޫރު ކުންފުނިން އެޕަލް އިން ސެލްފް-ޑްރައިވިން ކާރު އުފައްދަން އުޅޭ ވާހަކަ އަކީ ޓެކް ދާއިރާގައި މި ފަހުން އެންމެ ގަދައަށް ދެކެވޭ އެއް ވާހަކަ އެވެ. އެކިއެކި ރިޕޯޓްތައް ބުނާ ގޮތުން ސްމާޓްފޯނު އުފައްދަން މަޝްހޫރު ކުންފުނީގެ އަމާޒަކީ 2024 ނުވަތަ 2025 ގައި ކާރު މާކެޓަށް ނެރުމެވެ. އަދި މި ބޮޑު މަޝްރޫއަކީ އެޕަލް އިން މުޅިން އަލަށް ވަންނަ ދާއިރާއަކަށް ވާތީ މިކަމާ ގުޅޭ ގޮތުން އެޕަލް އިން ވަރުގަދަ ބައެއް އެހެން ކުންފުނިތަކުގެ ބައިވެރިވުން ހޯދަން މަޝްވަރާތަކެއް ކުރެވެމުން އަންނަކަމުގެ އަޑުތަކެއް ވެސް މި ދޭތެރެ އިން ވަރަށް ގަދަވި އެވެ.
މަޝްހޫރު ކުންފުނިން އެޕަލް އިން ސެލްފް-ޑްރައިވިން ކާރު އުފައްދަން އުޅޭ ވާހަކަ އަކީ ޓެކް ދާއިރާގައި މި ފަހުން އެންމެ ގަދައަށް ދެކެވޭ އެއް ވާހަކަ އެވެ. އެކިއެކި ރިޕޯޓްތައް ބުނާ ގޮތުން ސްމާޓްފޯނު އުފައްދަން މަޝްހޫރު ކުންފުނީގެ އަމާޒަކީ 2024 ނުވަތަ 2025 ގައި ކާރު މާކެޓަށް ނެރުމެވެ. އަދި މި ބޮޑު މަޝްރޫއަކީ އެޕަލް އިން މުޅިން އަލަށް ވަންނަ ދާއިރާއަކަށް ވާތީ މިކަމާ ގުޅޭ ގޮތުން އެޕަލް އިން ވަރުގަދަ ބައެއް އެހެން ކުންފުނިތަކުގެ ބައިވެރިވުން ހޯދަން މަޝްވަރާތަކެއް ކުރެވެމުން އަންނަކަމުގެ އަޑުތަކެއް ވެސް މި ދޭތެރެ އިން ވަރަށް ގަދަވި އެވެ.
އެކަމަކު ފާހަގަކޮށްލެވޭ ކަމަކީ އެޕަލް އިން ސީދާ ކާރު އުފެއްދުމާ ބެހޭ އެއްވެސް ވާހަކައެއް މިހާތަނަށް ރަސްމީކޮށް ނުދައްކާ ކަމެވެ. ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން މި ބަހުސެއް އެޕަލްގެ ތެރޭގައި 2014 އިން ފެށިގެން އަންނަނީ ކުރެވެމުންނެވެ.
މި ހަފުތާގައި ނިއު ޔޯކް ޓައިމްސްގެ ކާރާ ސްވިޝާ އަށް ދެއްވި އިންޓަވިއުއްގައި "މާ ނޫން ގޮޮތަކަށް" އެޕަލް ސީއީއޯ ޓިމް ކުކް ވަނީ ކާރު އުފައްދައިފާނެ ކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ. ކާރު އުފެއްދުމާ ބެހޭ ގޮތުން ސުވާލު ކުރުމުން ސީދާ ކާރު އެ ލަފުޒު ވެސް ބޭނުން ނުކުރައްވައި ޓިމް ވިދާޅުވީ އެ ކުންފުންޏަކީ އަބަދު ވެސް ތަފާތު ކަންކަން އަމިއްލަ އަށް ކުރަން ބޭނުންވާ ކުންފުންޏެއް ކަމަށެވެ.
While @tim_cook declined as usual to tell @karaswisher his plans for @Apple’s automotive ambitions, he hinted strongly that they might be a whole car, not just car software. He noted that Apple likes to integrate hardware, software and services. pic.twitter.com/G58vC35oua
— Walt Mossberg (@waltmossberg) April 5, 2021
އެގޮތުން ސެލްފް-ޑްރައިވިން ކާރު ފެތޭ "އޮޓޮނަމަސް" ނުވަތަ "ރޮބޮޓިކްސް" އަށް އިޝާރާތް ކުރައްވައި ވިދާޅުވީ އެއީ އަބަދު ވެސް ކޮންމެ އެއްޗެއްގެ "ކޯ" ނުވަތަ "މައި ޓެކްނޮލޮޖީ" ކަމަށެވެ.
"އަހަރެމެންނަކީ އަބަދު ވެސް ހާޑްވެއާ، ސޮފްޓްވެއާ އަދި ސާވިސްތައް އިންޓަގްރޭޓްކުރަން ޝައުގުވެރިވާ ބައެއް. އެހެންވީމަ އެ ހުރިހާ އެއްޗެއް މަސްހުނިކޮށްލައިގެން ޖާދޫ ހެދުމަކީ އަހަރެން ލޯބިކުރާނެ ކަމެއް،" ޓިމް ވިދާޅުވި އެވެ. "އަދި ބޮޑު ކަމެއް ކުރަން ބޭނުންވާ އިރު އެޕަލް އަކީ އަބަދު ވެސް އެކަމެއްގެ ޕްރައިމަރީ ޓެކްނޮލޮޖީ އޯންކުރާނެ ބައެއް."
ޓިމް ވިދާޅުވިި ގޮތުގައި އެޕަލްގެ ތެރޭގައި އަބަދު ވެސް ވަރަށް ގިނަ ކަންކަން ހިނގަ އެވެ. އެހެންވެ ވަކި މިވެނި ކަމަކީ ނުވާނެ ނުވަތަ ނުކުރާނެ ކަމެކޭ ދަންނަވަން ބޭނުން ނުވާ ކަމަށް ވިދާޅުވި އެވެ.
"މީގެ ތެރޭގައި އެބަހުރި މަސައްކަތްތަކެއް ކުރެވިގެން ހަގީގަތަކަށް ނުވެފައި ހުރި ބައިވަރު ކަންކަން ވެސް." އޭނާ ވިދާޅުވި އެވެ.
އެޕަލް އިން ސެލްފް-ޑްރައިވިން ކާރު އުފައްދަން އުޅޭ ވާހަކަ މި ފަހުން އެންމެ ގަދައަށް ދެކެވުނު ދަނޑިވަޅުގައި މަހުޖަނު އީލޮން މަސްކް ވިދާޅުވި ގޮތުގައި އޭނާގެ ކާރު ކުންފުނި ޓެސްލާ ވިއްކައިލަން 2017 ގައި އެޕަލް އަށް ހުށަހެޅުއްވި އެވެ. އަދި އެކަން ޓޮމް ބޮލާލާޖައްސަވާފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.
އެކަމާ ބެހޭ ގޮތުން ޓިމް ވިދާޅުވީ "އީލޮންއަކާ ވާހަކަ ނުދައްކާ" ކަމަށެވެ.
"އެކަމަކު އަހަންނަކީ އޭނަ އާއި އޭނަގެ މަސައްކަތަަށް އަބަދު ވެސް ވަރަށް އިހުތިރާމުކުރާ މީހެއް." އޭނާ ވިދާޅުވި އެވެ.
އެޕަލްގެ ކާރަށް ބެޓެރި ހޯދަން ޗައިނާ އަށް
އެޕަލްގެ ކާރު ޕްރޮޖެކްޓަކާ ގުޅުމެއް ނެތް: ނީސާން
ކާރު އުފައްދަން އެޕަލް އިން ހޮންޑޭގެ އެހީ ހޯދަފާނެ
އެޕަލްގެ ކާރު މި އަހަރު އިއުލާނުކޮށްފާނެ
އެޕަލް އަށް ޓެސްލާ ވިއްކާލަން އުޅުނިން: އީލޮން
އެޕަލް އިން ސެލްފް-ޑްރައިވިން ކާރު އުފައްދަފާނެ
އީވީ އުފެއްދުމުގައި ޓެސްލާ ވައްޓާލަން ޖެނެރެލް މޮޓޯސް
ފޯން ވިޔަފާރީގެ ރަސްކަން އަލުން އެޕަލް އަށް
އެޕަލް އިން މެޓަވާސް އަށް ނުކުތުމުގެ ފުރުސަތު ކުޑަ
ފުރަތަމަ އައިފޯނު ހަނދާން އެބަހުރިތަ؟