09 ޖެނުއަރީ 2021
ފޯނު އުފައްދަން މަޝްހޫރު އެޕަލް އިން ކާރު އުފައްދަން އުޅޭ ވާހަކަ ޓެކް ވިޔަފާރީގެ ތެރޭގައި ވަރަށް ހޫނުކޮށް މިހާރު ދެކެވެ އެވެ. މީޑިއާތަކުން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ބުނެފައިވާ ގޮތުގައި އެޕަލްގެ އަމާޒަކީ 2024 ނުވަތަ 2025 ގައި ސެލްފް-ޑްރައިވިން-އިލެކްޓްރިކް ކާރު (އީވީ) އުފެއްދުމެވެ. އެގޮތުން އެ ކުންފުނިން އެ ދާއިރާގެ ބައެއް ކުންފުނިތަކާ މަޝްވަރާ ވެސް ކުރަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.
ފޯނު އުފައްދަން މަޝްހޫރު އެޕަލް އިން ކާރު އުފައްދަން އުޅޭ ވާހަކަ ޓެކް ވިޔަފާރީގެ ތެރޭގައި ވަރަށް ހޫނުކޮށް މިހާރު ދެކެވެ އެވެ. މީޑިއާތަކުން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ބުނެފައިވާ ގޮތުގައި އެޕަލްގެ އަމާޒަކީ 2024 ނުވަތަ 2025 ގައި ސެލްފް-ޑްރައިވިން-އިލެކްޓްރިކް ކާރު (އީވީ) އުފެއްދުމެވެ. އެގޮތުން އެ ކުންފުނިން އެ ދާއިރާގެ ބައެއް ކުންފުނިތަކާ މަޝްވަރާ ވެސް ކުރަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.
މިއަށް މިހާރު ހޮންޑޭ އިން ވަނީ ބާރު ދީފަ އެވެ. އެ ކުންފުނިން ބުނީ އެޕަލްއާ އެކު އީވީ އުފައްދަން މަޝްވަރާކުރަމުން އަންނަ ކަމަށާއި ވާހަކަތައް އަދި އޮތީ ވަރަށް ކުރީކޮޅުގެ މަރުހަލާއެއްގައި ކަމަށްވާތީ ނިންމުމަކާ ހަމައަކަށް ނާދެވޭ ކަމަށެވެ.
މީޑިއާތަކުން ބުނީ ހޮންޑޭ އިން މި ވާހަކަ ދެއްކިތާ މާ ގިނަ އިރުތަކެއް ނުވެ ހިއްސާގެ ބާޒާރުގައި އެ ކުންފުނީގެ ހިއްސާގެ އަގު ވެސް 20 ޕަސެންޓަށް އުފުލިފައިވާ ކަމަށެވެ. އެކަމަކު އެޕަލްއާ އެކު އީވީ އުފައްދަން އުޅޭ ކަމަށް ބުނެ ބަޔާނެއް ނެރުނުތާ މާ ގިނަ އިރުތަކެއް ނުވެ ހޮންޑޭގެ ރާގު ބަދަލުކޮށް، ބަޔާން ވެސް ވަނީ ފުރޮޅާލައިފަ އެވެ.
BREAKING: Hyundai shares surged as much as 18%, the most intraday since 1988, after a report said the carmaker was in talks with Apple to cooperate on developing self-driving vehicles https://t.co/fFf9rTAWb8 pic.twitter.com/Ss4OFN7ioZ
— Bloomberg Markets (@markets) January 8, 2021
ފަހުން ނެރުނު ބަޔާނުގައި ބުނީ އީވީ އުފައްދުމުގެ މަސައްކަތާ ގުޅޭ ގޮތުން ވަރަށް ގިނަ ކުންފުނިތަކަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި އެ ބަޔާނުގައި ސީދާ އެޕަލްގެ ވާހަކައެއް ނުވެސް ހިމަނަ އެވެ.
ވިޔަފާރި ދިރާސާކުރާ ފަރާތްތަކުން ބުނެފައި ވަނީ ހޮންޑޭގެ ރާގު ކުއްލިއަކަށް އެހާ އަވަހަށް ބަދަލުވީ އެޕަލްއާ ހެދި ކަމަށެވެ. ސަބަބަކީ އެ ކުންފުންޏަކީ އަބަދު ވެސް އާ އުފެއްދުމަކަށް މަސައްކަތްކުރާ އިރު ވަރަށް ސިއްރިއްޔާތުން އެކަން ކުރާ ކުންފުންޏަކަށްވުމެވެ. އަނެއްކޮޅުން އެޕަލް އިން އީވީ އުފައްދަން އުޅޭ ވާހަކަ ރިޕޯޓްކުރަމުން ދިޔަ ނަމަވެސް، ޓިމް ކުކް ސީއީއޯގެ މަގާމު އަދާކުރައްވާ އެޕަލް އިން މިކަމާ ބެހޭ ގޮތުން މިހާތަނަށް ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެކަމަކު ޒަމާނީ ކާރު އުދެއްދުމުގެ ތެރެއަށް ވަނުމުގެ ވާހަކަ އަކީ 2014 އިން ފެށިގެން އެޕަލްގެ ތެރޭގައި ދެކެވެމުން އަންނަ ވާހަކައެކެވެ.
ހޮންޑޭގެ ރާގު ބަދަލުވިޔަސް މިހާރު ޔަގީން ކުރެވޭ އެއް ކަމަކީ ކާރު އުފައްދަން އެޕަލް އުޅޭ ކަމަށް ބުނާ ވާހަކަ އަކީ ތޯތޯ ވާހަކައެއް ނޫން ކަމެވެ.
ކާރު އުފައްދާ މަޝްހޫރު ކުންފުނިތަކުގެ ތެރޭގައި ގުނާލެވޭ ދެކުނު ކޮރެއާގެ ހޮންޑޭ އަކީ މިހާރު ޒަމާނީ ޓެކްނޮލޮޖީ ހިމަނައިގެން ކާރު އުފައްދަން މަސައްކަތްކުރާ ތަޖުރިބާކާރު ކުންފުންޏެކެވެ. އެގޮތުން ޑްރައިވަރަކާ ނުލައި ދުއްވާ ކާރާއި އުދުހޭ ކާރު އަދި އިލެކްޓްރިކް ކާރަކީ އެ ކުންފުނިން އަމާޒު ހިފާފައިވާ ދާއިރާތަކެވެ. ހޮންޑޭ އަކީ 1967 ގައި އުފަންވި ކުންފުންޏެކެވެ.
ހޮންޑޭ ވަނީ ދާދި ފަހުން، މިދިޔަ އަހަރު ރޮބޮޓް ކުއްތާ "ސްޕޮޓް" ނެރުނު އެމެރިކާގެ ރޮބޮޓް ކުންފުނި ބޮސްޓަން ޑައިނަމިކްސްގެ މެޖޯރިޓީ ހިއްސާ (80 ޕަސަންޓް) ވެސް ގަނެފަ އެވެ. އެ މުއާމަލާތުގެ އަގު 1.1 ބިލިއަން ޑޮލަރަށް އަރަ އެވެ. މީގެ އިތުރުން ހޮންޑޭ އިން ވަނީ އޮޓޮނަމަސް ޑްރައިވިން ވެންޗާއެއް ހަތަރު ބިލިއަން ޑޮލަރަށް، އޮޓޯ ޕާޓްސް ސަޕްލައި ކުންފުނި އެޕްޓިވްއާ އެކު ވެސް ހަދައިފަ އެވެ. އެއީ ކޮންމެ ކުންފުންޏަކުން ދެ ބިލިއަން އިންވެސްޓްކުރާ ގޮތަށެވެ.
އެޕަލްގެ ކާރަށް ބެޓެރި ހޯދަން ޗައިނާ އަށް
އެޕަލްގެ ކާރު ޕްރޮޖެކްޓަކާ ގުޅުމެއް ނެތް: ނީސާން
އެޕަލްގެ ކާރު މި އަހަރު އިއުލާނުކޮށްފާނެ
އެޕަލްގެ ކާރުގެ ވާހަކަ ޓިމް ދެއްކީ "މާ ނޫން ގޮތަކަށް"
އެޕަލް އަށް ޓެސްލާ ވިއްކާލަން އުޅުނިން: އީލޮން
އެޕަލް އިން ސެލްފް-ޑްރައިވިން ކާރު އުފައްދަފާނެ
އީވީ އުފެއްދުމުގައި ޓެސްލާ ވައްޓާލަން ޖެނެރެލް މޮޓޯސް
އެެޕަލްގެ ކާރު ޑިވިޝަނަށް އާ ވެރިއެއް
އެޕަލްގެ ކާރު ޑިވިޝަންގެ ވެރިޔާ ފޯޑާ ގުޅިއްޖެ
ޝޯމީގެ އަމާޒަކީ ފޯނު ވިޔަފާރީގެ ކުރި އަތުލުން