06 އެޕްރީލް 2021
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި މިރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ލިވަޕޫލް ނުކުންނައިރު، ބަދަލު ހިފުމުގެ ރޫހެެއް ނެތް ކަމަށް ޓީމުގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި މިރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ލިވަޕޫލް ނުކުންނައިރު، ބަދަލު ހިފުމުގެ ރޫހެެއް ނެތް ކަމަށް ޓީމުގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.
މި ދެ ޓީމުގެ ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ބައްދަލުކުރީ 2018 ވަނަ އަހަރުގެ ފައިނަލްގަ އެވެ. އެ މެޗުގައި ރެއާލް އަތުން ލިވަޕޫލް ބަލިވީ 3-1 އިންނެވެ.
އެ މެޗުގައި ރެއާލްގެ ސާޖިއޯ ރާމޮސްގެ ކުރި ޗެލެންޖަކާ ގުޅިގެން، ލިވަޕޫލްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ މުހައްމަދު ސަލާހަށް އަނިޔާވެ، އޭނާ އަށް އިތުރަށް އެއް މެޗުގައި ކުޅެވޭގޮތެއް ނުވި އެވެ.
"އަހަރަމެން މި ނުކުންނަނީ ބަދަލު ހިފާކަށް ނޫން. އެއީ އަހަރެން ގަބޫލްކުރާކަމެއް ނޫން،" މެޗުގެ ކުރިން ކްލޮޕް ބުންޏެވެ.
ރެއާލް އަތުން 2018 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ބަލިވި ފަހުން، ލިވަޕޫލުން ވަނީ 2019 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލައިފަ އެވެ. އަދި މިދިޔަ އަހަރު ލިވަޕޫލުން ވަނީ ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ. އެކަމަކު މި ސީޒަންގައި ލިވަޕޫލަށް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެ، އިނގިރޭސި ޕްރިމިއާ ލީގުގައި އެ ޓީމުގެ ނަތީޖާތަކަށް އަސަރުކުރި އެވެ. އެހެންކަމުން ލީގު ޗެމްޕިއަންކަން ދިފާއުކުރުމުގެ އުންމީދެއް މިހާރު ނެތެވެ.
ކްލޮޕް ބުނީ މި މެޗަށް ނުކުންނައިރު ފޭވަރިޓުންނަކީ ރެއާލް ކަމަށް ގިނަ ބަޔަކު ގަބޫލްކުރިޔަސް މައްސަލައެއް ނެތް ކަމަށެވެ. އަދި އެއީ ލިވަޕޫލަށް ލިބޭ އިތުރު ހިތްވަރެއް ކަމަށެވެ.
މި މެޗުގައި ރެއާލްގެ ކެޕްޓަން ރާމޮސް އަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެ އެވެ. އޭނާގެ ބަދަލުގައި ޑިފެންޑަރު ނާޗޯ ފެނާންޑޭޒް ފުރަތަމަ 11 ގައި ކުޅޭނެ ކަމަށް ބެލެވެ އެވެ.
ޔޫއެފާއިން ސަޕޯޓަރުން ނުރައްކަލުގެ ތެރެއަށް ވައްޓާލި
ލިވަޕޫލް ކަޓައި، ރެއާލް ސެމީ އަށް
ލިވަޕޫލް އެއް ވަނައިގައި، ރެއާލް ޕްރެޝަރުގައި
އެމްބާޕޭ ރެއާލާ އެކު ޗެމްޕިއަންސް ލީގު ފެށީ ގޯލަކުން
15 ވަނަ ފަހަރު: ޔޫރަޕްގެ ކިންގަކީ ރެއާލް މެޑްރިޑް
ގޯލްކީޕަރުގެ މަގާމު، އަންޗެލޮޓީއަށް ބޮލުގެ ރިހުމަކަށް
ގޯސް ހެދުނުކަމަށް ރެފްރީ އެއްބަސްވެއްޖެ: ބެޔާން
ބާނަބޭއޫގައި އަވަހަށް އުފާނުކުރާތި، ބެޔާނަށްވެސް ވީދެރަ
ރެއާލަށް ދެން ބޭނުންވަނީ މެޑްރިޑްގައި ޖާދޫގެ ރެއެއް
ސިޓީ އާއި އާސެނަލް ކަޓުވާލައި ބެޔާނާއި ރެއާލް ސެމީއަށް