15 ނޮވެމްބަރ 2016
އަންނަ ޖެނުއަރީ މަހު އަމަލުކުރަން ފަށާ ޖިނާއީ އިޖްރައާތުގެ ގާނޫނަށް އަމަލުކުރަން ފެށުން ފަސްކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
އަންނަ ޖެނުއަރީ މަހު އަމަލުކުރަން ފަށާ ޖިނާއީ އިޖްރައާތުގެ ގާނޫނަށް އަމަލުކުރަން ފެށުން ފަސްކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މިދިޔަ މެއި މަހު ތަސްދީގުކޮށް، އަންނަ ޖެނުއަރީ މަހުުގެ ދެވަނަ ދުވަހުން ފެށިިގެން އަމަލުކުރަން ފަށަންޖެހޭ ޖިނާއީ އިޖްރައާތުގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހެޅީ އަންނަ އަހަރުގެ ޖުލައި މަހުގެ ދެވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށަންޖެހޭ ގޮތަށެވެ.
ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ މިގޮތަށް ހުށަހެޅީ އެ ގާނޫނަށް ފުރިހަމަ އަށް އަމަލުކުރަން ފެށޭނީ ކޯޓުތަކާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ތަންފީޒީ އިދާރާތަކުން އެ ގާނޫނުގައި ބުނާ ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށްގެން ކަމަށް ވާތީ އެ ޕްރޮގްރާމް ހުރިހާ އިދާރާތަކަށް ހިންގައި ފުރިހަމަކުރުމަށެވެ.
އެ ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ.
ޖިނާއީ އިޖްރައާތުގެ ގާނޫނަކީ ޖިނާއީ ކުށުގެ މައްސަލަތައް ތަހުގީގު ކުރުމާއި ދައުވާ ކުރުމާއި ޝަރީއަތް ހިންގުމުގެ ހުރިހާ އިޖްރައާތުތަކެއް ބަޔާންކުރާ ގާނޫނެވެ.
އާ ގާނޫނުލް އުގޫބާތަށް ވެސް މިދިޔަ އަހަރު އަމަލުކުރަން ފެށީ އެ ގާނޫނު އިސްލާހުކޮށް، އަމަލުކުރަން ފަށަންޖެހޭ މުއްދަތު އިތުރު ކުރުމަށް ފަހު އެވެ.
ދުނިޔޭގެ ފެންވަރުގެ ނިޒާމުތައް، ނަތީޖާއަކީ ސުމެއް
ސިއްރު ހެކި ނެގުމުގެ އުސޫލު ތަފްސީލުކުރަން އިސްލާހެއް
އިސްތިއުނާފު ނިމެންދެން ކަފާލާތު ދެވޭގޮތަށް ހަދަނީ
ވީޑިއޯ ކޮންފަރެންސުން ޝަރީއަތް ކުރެވޭ ބިލް ފާސްކޮށްފި
ބިލަށް ބަދަލުތަކެއް، ވީޑިއޯ ޝަރީއަތްތަކަށް ޝަރުތުތަކެއް
އިމަޖެންސީގައި ޚާއްސަ ޖިނާއީ އިޖްރާއާތު ހިންގޭ ބިލެއް
ދައުވާކުރުމުގެ މުއްދަތު އިތުރުކުރަން ހުށަހަޅައިފި
ތަހުގީގުތަކުގައި ފުލުހުންނަށް އިތުރު ބާރުތަކެއް ދެނީ
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ބޮޑު ކުށަކަށް ހަދަނީ
އަތްދަށުން ދިޔަ ގޮތަށް ސިއްރު ހެކި "ގެއްލިއްޖެ"؟