03 އެޕްރީލް 2021
ދެވަނަ ފަހަރަށް ކޮވިޑް-19 ފެތުރެން ފެށުމުން އިނގިރޭސިވިލާތުގައި އެޅި ހަރުކަށި ފިޔަވަޅުތަކަށް ލުއި ދީ ބައެއް ގައުމުތަކަށް ދަތުރުކުރެވޭ ގޮތަށް ހަމަޖެއްސި އިރު އެ ލިސްޓްގައި ރާއްޖެ ހިމަނައިފި އެވެ.
ދެވަނަ ފަހަރަށް ކޮވިޑް-19 ފެތުރެން ފެށުމުން އިނގިރޭސިވިލާތުގައި އެޅި ހަރުކަށި ފިޔަވަޅުތަކަށް ލުއި ދީ ބައެއް ގައުމުތަކަށް ދަތުރުކުރެވޭ ގޮތަށް ހަމަޖެއްސި އިރު އެ ލިސްޓްގައި ރާއްޖެ ހިމަނައިފި އެވެ.
އިނގިރޭސި މީޑިއާތަކުން ބުނާ ގޮތުގައި ހުއްދަ ދޭ ގައުމުތައް އަންނަ ހޯމަ ދުވަހު އިއުލާންކުރާ އިރު ރާއްޖޭގެ އިތުރުން އެ ލިސްޓްގައި އެމެރިކާ އާއި ބަހުރެއިން އާއި މޯލްޓާ އަދި އިޒްރޭލް ފަދަ ގައުމުތައް ވެސް ހިމެނެ އެވެ.
މީޑިއާއިން ބުނަނީ އެގޮތަށް ނިންމީ އެ ގައުމަކުގައި ވެކްސިން ޖަހާ މީހުންގެ ނިސްބަތް މަތިވުމުން ކަމަށެވެ.
ރާއްޖެއިން އެނބުރި ގޮސް އިނގިރޭސިވިލާތުގައި ކަރަންޓީންވާން ވެސް ނުޖެހޭނެ ކަމަށް، މީޑިއާތަކުން ބުނެ އެވެ.
ފެބްރުއަރީ 1 ގައި ރާއްޖޭގައި ފެށި ކޮވިޑް ވެކްސިން ކެމްޕޭން "ދިފާއު"ގައި މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދިން މީހުންގެ އަދަދު 241،127 އަރަ އެވެ. އަދި ރާއްޖޭގައި އެންމެ ގިނައިން ދެމުން އަންނަ ކޮވިޝީލްޑްގެ ދެ ވަނަ ޑޯޒް ޖަހަން މިއަދު ވަނީ ފަށައިފަ އެވެ.
އިނގިރޭސިވިލާތުން ދަތުރުކުރުމުގެ ހުއްދަ ދިނުމުގައި ގައުމުތައް ބަހާލާފައި ވަނީ "ގްރީން" "ބެއިޖް"، މި ދެ ގްރޫޕަށެވެ. ރާއްޖެ ހިމެނޭނީ އޭގެ ތެރެއިން "ގްރީން" ލިސްޓުގަ އެވެ. މި ލިސްޓްގައި ހިމެނޭ ގައުމުތަކަށް ދަތުރުކުރާ މީހުން އެނބުރި އިނގިރޭސިވިލާތަށް ގޮސް ކަރަންޓީން ވާކަށް ނުޖެހޭނެ އެވެ.
"ބެއިޖް" ލިސްޓުގައި ހިމެނޭ ގައުމުތަކަށް ދަތުރުކުރާ މީހުން އެނބުރި ގޮސް ކަރަންޓީން ވާން ޖެހޭނެ އެވެ.
މި ދުވަސްވަރު ދަތުރުނުކުރެވޭ ގައުމުތައް ހިމަނާފައި ވަނީ "ރެޑް" ލިސްޓުގަ އެވެ.
އިނގިރޭސިވިލާތުން ބޭރުގެ ދަތުރުފަތުރު ހުއްޓާލިތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އޭގެ އަސަރު ރާއްޖޭގެ ޓޫރިޒަމް އަދަދުތަކުން ވެސް ފެނެ އެވެ.
ޓޫރިޒަމްގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް އެ ގައުމުން އައީ އެންމެ 7،934 ޓޫރިސްޓުންނެވެ. އޭގެ ތެރެއިން މިދިޔަ މަހު އައި ޓޫރިސްޓުން ދިރިއުޅެނީ ގައުމުން ބޭރުގަ އެވެ.
އިނގިރޭސި ވިލާތް އަލުން ހުޅުވާލުމުން އެ ގައުމުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އަނެއްކާވެސް އިތުރުވާނެ ކަމަށް ލަފާކުރެވެ އެވެ.
ރާއްޖޭގެ ޓޫރިޒަމް މިހާރު އަންނަނީ ވަރަށް ބޮޑަށް ރަނގަޅުވަމުންނެވެ. މިދިއަ ތިން މަހު ރާއްޖެއަށް 307،543 ޓޫރިސްޓުން އައިސްފައިވެ އެވެ.
ޔޫކޭގެ ރެޑްލިސްޓުން ނެގުމުން ރާއްޖެއަށް ބޮޑު ޑިމާންޑެއް
ޔޫކޭ ޓޫރިސްޓުން ހަނީމޫންނަށް އަންނަން ބޭނުންވަނީ ރާއްޖެ
މަޑު ޖެހުމަކަށްފަހު އަނެއްކާ ވެސް ޓޫރިސްޓުން އިތުރުވަނީ
ސުޓާޕާ: ދެވަނަ ދަތުރުން އެއް މިލިއަންގެ ފަހުރު
ރަޝިއާއިން އައި ޓޫރިސްޓުން ލައްކައިން މައްޗަށް
ނުވަ ލައްކަ ޓޫރިސްޓުން، އެންމެ ގިނައީ ޗައިނާ މީހުން
އިންޑިއާ މާކެޓު މުހިއްމު، ރާއްޖެއަށް އާދޭ: ފައިސަލް
ޓޫރިސްޓުންގެ އަދަދު އަށް ލައްކައަށް އަރައިފި
ތިން މަސް ނުވަނީސް ބައި މިލިއަން ޓޫރިސްޓުން
މިއަދަކީ ތާރީހުގައި އެންމެ ގިނަ ޓޫރިސްޓުން އައި ދުވަސް