Roadha Mihaaru
ޔޫކޭގެ ރެޑް ލިސްޓަށް ޕާކިސްތާނާއި ބަންގްލަދޭޝް

ޔޫކޭ އަށް ދަތުރުކުރުން މަނާ ގައުމުތަކުގެ ލިސްޓަށް ޕާކިސްތާނާއި ބަންގްލަދޭޝް

03 އެޕްރީލް 2021

ލަންޑަން (މާޗް 3) - ޕާކިސްތާނާއި ބަންގްލަދޭޝް، ފިލިޕީންސް އަދި ކެންޔާގެ މީހުން އިނގިރޭސި ވިލާތަށް ދަތުރުކުރުން މަނާ ގައުމުތަކުގެ ލިސްޓުގައި ހިމަނާފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ލަންޑަން (މާޗް 3) - ޕާކިސްތާނާއި ބަންގްލަދޭޝް، ފިލިޕީންސް އަދި ކެންޔާގެ މީހުން އިނގިރޭސި ވިލާތަށް ދަތުރުކުރުން މަނާ ގައުމުތަކުގެ ލިސްޓުގައި ހިމަނާފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފި އެވެ.

އެ ހަތަރު ގައުމު، އިންގްލޭންޑުގެ "ރަތް ލިސްޓް" ގައި ހިމެނީ އެ ގައުމުތަކުގައި ހަލުވި މިނުގައި ކޮވިޑް ފެތުރެމުންދާތީ އެވެ. އެ މީހުން ދަތުރު ކުރުން މަނާކޮށްފައި ވަނީ އެޕްރީލް 9 ވަނަ ދުވަހުން ފެށިގެންނެވެ. ހަމައެކަނި އިސްތިސްނާ ދީފައި ވަނީ އިނގިރޭސި އަދި އައިރިޝް ޕާސްޕޯޓް އޮންނަ މީހުންނާއި ޔޫކޭގެ ރެސިޑެންސް ޕާމިޓް ލިބިފައިވާ މީހުންނަށެވެ. އެ މީހުން ވެސް، ސަރުކާރުން ހުއްދަ ދީފައިވާ ހޮޓަލެއްގައި 10 ދުވަހު ކަރަންޓީން ވާން ޖެހެ އެވެ. ކަރަންޓީން ފީ ދައްކަން ޖެހޭނީ އެ މީހަކު އަމިއްލައަށެވެ.

ހޮޓަލުގައި ތިބޭއިރު ކޮވިޑް ދެ ޓެސްޓް ހަދަން ޖެހެ އެވެ. ނެގެޓިވް ޓެސްޓެއް ލިބުނު ނަމަވެސް ކަރަންޓީނުގެ މުއްދަތު ކުރުވާ އުސޫލެއް ނޯވެ އެވެ.

ޔޫކޭ އަށް ދަތުރުކުރުން މަނާކުރި ގައުމުތަކުގެ ލިސްޓުގައި ބަންގްލަދޭޝް ހިމެނޭ. --ފޮޓޯ:އީޕީއޭ

ޔޫކޭ އަށް ދަތުރުކުރުން މަނާކުރި ގައުމުތަކުގެ ލިސްޓުގައި ބަންގްލަދޭޝް ހިމެނޭ. --ފޮޓޯ:އީޕީއޭ

ޔޫކޭ ސަރުކާރުގެ ރަތް ލިސްޓުގައި މިހާރު ވަނީ ގާތްގަނޑަކަށް 40 ގައުމު ހިމަނައިފަ އެވެ. އެ ގައުމުތަކަކީ:

މެދުއިރުމަތި:

އޮމާން، ގަތަރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް

އެފްރިކާ:

އެންގޯލާ، ބޮޓްސްވާނާ، ބުރުންޑީ، ކޭޕް ވާޑޭ، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ، އެސްވާޓިނީ، އިތޯޕިއާ، ކެންޔާ، ލެސޯތޯ، މަލާވީ، މޮޒަމްބީގު، ނެމީބިއާ، ރުވާންޑާ، ސީޝެލްސް، ސޯމާލިއާ، ސައުތު އެފްރިކާ، ޓެންޒޭނިއާ، ޒެމްބިއާ، ޒިމްބާބުވޭ.

އޭޝިއާ:

ބަންގްލަދޭޝް، ޕާކިސްތާން، ފިލިޕީންސް

ސައުތު އެމެރިކާ:

އާޖެންޓީނާ، ބޮލީވިއާ، ބްރެޒިލް، ޗިލީ، ކޮލަމްބިއާ، އެކުއަޑޯ، ފްރެންޗް ގަޔާނާ، ގަޔާނާ، ޕެނަމާ، ޕަރަގުއޭ، ޕެރޫ، ސުރިނޭމް، އުރުގުއާއީ، ވެނެޒުއެލާ.

ޔޫރަޕުގައި ތިން ވަނަ ރާޅެއް ފެށި، ފްރާންސް އަދި ޖަރުމަން ފަދަ ގައުމުތަކުގައި ކޮވިޑް ހަލުވިކަމާ އެކު ފެތުރެމުންދާ އިރު ޔޫކޭގެ ރަތް ލިސްޓުގައި އެ ގައުމުތައް ހިމަނާފައި ނުވާތީ ބައެއް ފަރާތްތަކުން ދަނީ ފާޑު ކިޔަމުންނެވެ.