Roadha Mihaaru
ބަންގްލަދޭޝްގެ މީހަކަށް ހަމަލަދީ މަރާލައިފި

ހާންޖީ ރެސްޓޯރަންޓްގެ ބަންގްލަދޭޝްގެ މީހަކަށް ހަމަލަދީ މަރާލައިފި

16 އެޕްރީލް 2022

ހުޅުމާލޭގައި ހިންގާ ހާންޖީ ރެސްޓޯރަންޓްގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ފިރިހެނަކަށް ވަޅިން ހަމަލަދީ މީގެ އިރުކޮޅެއް ކުރިން މަރާލައިފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ހުޅުމާލޭގައި ހިންގާ ހާންޖީ ރެސްޓޯރަންޓްގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ފިރިހެނަކަށް ވަޅިން ހަމަލަދީ މީގެ އިރުކޮޅެއް ކުރިން މަރާލައިފި އެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނީ، އެ މީހާ މަރުވީ އެ ތަނަށް ގެންދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގައި ކަމަށެވެ. ހާންޖީ ރެސްޓޯރަންޓްގެ ވެއިޓަރެއްގެ ގޮތުގައި މަސައްކަތްކުރާ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައީ ހަވީރު 5:30 ވާން އުޅެނިކޮށެވެ.

ބައެއް މީހުން ބުނާގޮތުގައި ބަންގްލަދޭޝްގެ ވެއިޓަރަށް ހަމަލަދިނީ، ނިރޮޅުމަގު 19 ގޯޅީގައި ހުންނަ ހާންޖީ ރެސްޓޯރަންޓްގައި މަސައްކަތްކުރާ ޕާކިސްތާނުގެ ކައްކާއެކެވެ. ނަމަވެސް ހަމަލަދިނުމަށް ފަހު އެ ކައްކާ ފިލާފައިވާ ކަމަށް ވެ އެވެ. އޭނާ މިހާރު ވެސް ހޯދަމުން އަންނަ ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ "މިހާރު" ގެ ނޫސްވެރިން ބުންޏެވެ.

ހުޅުމާލޭގައި ހާންޖީ ރެސްޓޯރަންޓް ހުންނަ މަގު ފުލުހުން ބަންދުކޮށްފައި.

ހުޅުމާލޭގައި ހާންޖީ ރެސްޓޯރަންޓް ހުންނަ މަގު ފުލުހުން ބަންދުކޮށްފައި.

ހާންޖީ ރެސްޓޯރަންޓް ކައިރީގައި އުޅޭ ބައެއް މީހުންނަށް އެ މީހާ ނަގައިގެން ގެންދިޔަ މަންޒަރު ފެނިފައިވާއިރު އެ މީހުން ބުނީ ކަރަށާއި ބޮލަށް ވަޅި ހަރާފައިވާ ކަމަށެވެ.

"ވަރަށް ގިނަ އަދަދަކަށް ލޭ ފައިބާފައި ހުރި. އަހަރެމެންނަށް ލަފާކުރެވޭ ގޮތުގައި އެ މީހާގެ ހަށިގަނޑުގެ އިތުރު ތަންތަނަށް ވެސް ވަނީ ހަމަލަދީފައި،" ރެސްޓޯރަންޓް ކައިރީގައި ހުރި މީހަކު ބުންޏެވެ.

ހާންޖީ ރެސްޓޯރަންޓް ކައިރިން ބަންދު ކޮށްގެން ފުލުހުން ތަހުގީގު ކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހާންޖީ ރެސްޓޯރަންޓް ކައިރިން ބަންދު ކޮށްގެން ފުލުހުން ތަހުގީގު ކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހުޅުމާލެ މައި މަގުން ސީގަލް މެރިން ފިހާރައިގެ ކަންމަތީ ގޯޅީގެ ތެރޭގައި ހުންނަ ހާންޖީ ރެސްޓޯރަންޓަކީ ޕާކިސްތާނުގެ ކެއުމަށް ހާއްސަ ކޮށްގެން މީގެ އަހަރެއްހާ ދުވަސް ކުރިން ހުޅުވި ތަނެކެވެ.

މި ކަމާ ގުޅޭ ގޮތުން ފުލުހުން އަދި ތަފުސީލެއް ނުދެ އެވެ.