Roadha Mihaaru
ކުމުންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި

ކުމުންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި

02 އެޕްރީލް 2021

ހދ. ކުމުންދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް އެމްޑަބްލިއުއެސްސީން މިއަދު ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ހދ. ކުމުންދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް އެމްޑަބްލިއުއެސްސީން މިއަދު ފަށައިފި އެވެ.

އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައި ދެއްވީ އެ ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމާއި މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އަދި މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާއީ އެވެ. މި ރަސްމިއްޔާތުގައި ކުމުންދޫ ކައުންސިލްގެ މެމްބަރުން ވެސް ބައިވެރިވެވަޑައިގަތެވެ.

އެމްޑަބްލިއުއެސްސީން ބުނީ، ކުމުންދޫގެ ފެނުގެ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ހޮޅި އާއި އެހެނިހެން ތަކެތި އެ ރަށަށް ގެންގޮސް، ހޮޅިވަޅުލުމާއި ފެން ޕްލާންޓް ބަހަައްޓާ އިމާރާތުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ސަރުކާރުން އެ ކުންފުންޏާ މި މަސައްކަތް ހަވާލު ކޮށްފައި ވަނީ 22 މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ. އެ މަސައްކަތަށް 102.17 މިލިއަން ރުފިޔާ ހަރަދު ކުރާނެ އެވެ.

އެމްޑަބްލިއުއެސްސީގެ ޗެއާމަން އަހުމަދު މައުސޫމާއި މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އަދި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ކުމުންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ފައްޓަވައިދެއްވަނީ-- ފޮޓޯ: އެމްޑަބްލިއުއެސްސީ

ކުމުންދޫގައި 14 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމުކޮށް، އާރުއޯ ފެސިލިޓީ ބިލްޑިންގެއް އިމާރާތް ކުރާނެ އެވެ. ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓު ބަހައްޓައި، ފެން ރައްކާކުރުމަށްޓަކައި ތިން ތާނގީ ވެސް ބަހައްޓާނެ އެވެ.

މީގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން އެމްޑަބްލިއުއެސްސީން ކުރާނެ އެވެ.

ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ކުމުންދޫގައި 10 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކެއް ޤާއިމްކޮށް، 2.4 ކިލޯ މީޓަރުގެ ޕަންޕިން ލައިން އެޅުމުގެ އިތުރުން ފަސް ޕަންޕިން ސްޓޭޝަނާއި ސީ އައުޓް ފޯލްއެއް ގާއިމްކުރުމަށް ވަނީ ނިންމައިފގަ އެވެ.

ކުމުންދޫގެ ފެނާއި ނަރުދަމާ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދޭނީ ވެސް އެމްޑަބްލިއުއެސްސީންނެވެ.