Roadha Mihaaru
އެމްޑަބްލިޔުއެސްސީ:ރައްޔިތުންގެ ހިދުމަތުގައި 26 އަހަރު

އެމްޑަބްލިޔުއެސްސީ: ރައްޔިތުންގެ ހިދުމަތުގައި 26 އަހަރު

01 އެޕްރީލް 2021

މިއަދަކީ އެމްޑަބްލިޔުއެސްސީގެ ފެނާއި ނަރުދަމާ ހިދުމަތް ފެށިތާ 26 އަހަރު ފުރޭ ދުވަހެވެ. އެ ކުންފުނި ވުޖޫދަށް އައިސްފައި ވަނީ، އިތުރުވަމުން ދިޔަ މާލޭގެ އާބާދީ އަށް ފެނާއި ނަރުދަމާގެ ހިދުމަތް ލިބޭނެ ފުރިހަމަ މަގެއް ތަނަވަސްކޮށް ދިނުމަށްޓަކައި، 1995 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހު އެވެ.

މިއަދަކީ އެމްޑަބްލިޔުއެސްސީގެ ފެނާއި ނަރުދަމާ ހިދުމަތް ފެށިތާ 26 އަހަރު ފުރޭ ދުވަހެވެ. އެ ކުންފުނި ވުޖޫދަށް އައިސްފައި ވަނީ، އިތުރުވަމުން ދިޔަ މާލޭގެ އާބާދީ އަށް ފެނާއި ނަރުދަމާގެ ހިދުމަތް ލިބޭނެ ފުރިހަމަ މަގެއް ތަނަވަސްކޮށް ދިނުމަށްޓަކައި، 1995 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހު އެވެ.

ގާތްގަނޑަކަށް 60 މުވައްޒަފުންނާ އެކު، ދުވާލަކު 10،447 ކޮޑި މީޓަރުގެ ފެން، 60،000 މީހުންގެ އާބާދީއަކަށް ފޯރުކޮށްދިނުމަށް ފެށި އެ ކުންފުނިން މިހާރު އަންނަނީ 900 މުވައްޒަފުންނާ އެކު، ދުވާލަކު 43،300 ކޮޑި މީޓަރުގެ ފެން އުފެއްދުމުގެ ގާބިލްކަން ހޯދައި، ދިވެހިރާއްޖެގެ އާބާދީގެ 50 ޕަސެންޓަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެމުނެވެ.

އެ ކުންފުނީގެ އެންމެ މުހިންމު އަމާޒަކީ ރައްކާތެރި ފެނާއި ނަރުދަމާގެ ހިދުމަތް މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި އަދި ތިވާމެށްޓާ ރައްޓެހިގޮތެއްގައި، ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. އަދި އިންސާނީ ވަސީލަތްތައް ބިނާކޮށް ކުރިއެރުވުމާ އެކު، ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތައް ބޭނުންކޮށްގެން ހިދުމަތްތައް އިތުރަށް ފުޅާކުުރުމެވެ. މީގެ އިތުރުން އެކުންފުނިން ދެމުން އަންނަ ހިދުމަތުގެ ފެންވަރު އިތުރަށް ތަރައްގީކޮށް، ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ހިދުމަތްތައް ލިބޭނެ އިންތިޒާމްތައް ހަމަޖައްސައި ދިނުމަށް ހާއްސަ އިސްކަމެއް ދެ އެވެ.

އެމްޑަބްލިއުއެސްސީގެ އިމާރާތް. އެ ކުންފުންޏަށް މިއަދު މިވަނީ 26 އަހަރުވެފައި

އެމްޑަބްލިއުއެސްސީގެ އިމާރާތް. އެ ކުންފުންޏަށް މިއަދު މިވަނީ 26 އަހަރުވެފައި

ގްރޭޓާ މާލެ ރީޖަންގެ އިތުރުން އެމްޑަބްލިޔުއެސްސީ އިން ކ. މާފުށި، ހދ. ކުޅުދުއްފުށި އަދި ރ. ދުވާފަރުގައި ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެމުން އަންނައިރު ރ. ދުވާފަރުގައި އެ ކުންފުނިން އަންނަނީ ކަރަންޓާއި ކުނި މެނޭޖްކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

އެމްޑަބްލިއުއެސްސީގެ މައިގަނޑު އަސާސަކީ ފެނާއި ނަރުދަމާގެ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށް ވީނަމަވެސް، 26 އަހަރު ދުވަހުގެ ތަޖުރިބާއާ އެކު ކުންފުނިން ވަނީ ގިނަ ލަނޑުދަނޑިތަކެއް ހާސިލްކޮށްފަ އެވެ. އެ ކުންފުންޏަކީ މިއަދު ރާއްޖޭގައި ހިނގާ ފެނާއި ނަރުދަމާގެ ބޮޑެތި މަޝްރޫޢުތައް ހިންގުމުގެ އިތުރުން، ފުޅާދާއިރާ އެއްގައި އިންޖީނިއަރިން، މެނުފެކްޗަރިން އަދި ފެނާއި ނަރުދަމާއާ ބެހޭ މުދާ ވިއްކުމާއި، މަސްވެރީންނަށް އައިސް ފޯރުކޮށްދިނުމާއި ފުޅީގައި ބަންދުކޮށްފައިވާ ފެން އުފައްދުމާއި އަދި ކޮންސްޓަރަކްޝަން މަސައްކަތްތަކަށް ބޭނުންވާ ފެން ހޮޅި އަމިއްލައަށް ޑިޒައިންކޮށް ފެބްރިކޭޓް ކުރުމުގެ ގާބިލްކަން ވެސް އެ ކުންފުންޏަށް ލިބިގެންވެ އެވެ.

ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ހިދުމަތް ދިނުމަށްޓަކައި އެމްޑަބްލިޔުއެސްސީން އަންނަނީ ތަފާތު އެކި އެކި މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ކުންފުނީގެ ދެ އޮޕަރޭޝަން ސެންޓަރެއްގައި އަންނަނީ އިއާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފައްދަމުންނެވެ. އަދި ކަރުދާސް ބޭނުންކުރެވޭ މިންވަރު މަދުކުރުމުގެ ގޮތުން، އެމްޑަބްލިޔުއެސްސީ އިން އިލެކްޓޯނިކް ހިދުމަތްތައް ވެސް ވަނީ ތައާރަފުކޮށްފަ އެވެ. އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކަށް ކުންފުނީގެ ވެބްސައިޓް އަދި މޯބައިލް އެޕް މެދުވެރިކޮށް ހިދުމަތްތައް ހޯދައި، ފައިސާ ދެއްކޭނެ އިންތިޒާމް ވަނީ ކަސްޓަމަރުންނަށް ފަހި ކޮށްދީފަ އެވެ.

އެ ކުންފުންޏަށް 26 އަހަރު ކުންފުންޏަށް ފުރިގެންދާއިރު 2021 ވަނަ އަހަރު ކުންފުނިން އަންނަނީ 34 ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫއު ބާރު ސްޕީޑްގައި ކުރިއަށް ގެންދަމުންނެވެ. އެގޮތުން ބައެއް ރަށްތަކުގައި އަމަލީ މަސައްކަތް ފެށިފައިވާއިރު ދެން ހުރި ރަށްރަށުގައި އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް އަންނަނީ ވަމުންނެވެ. މިދިޔަ އަހަރަކީ މުޅި ދުނިޔެއަށް ނުރައްކާތެރި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރިފައިވާ އަހަރެއް ނަމަވެސް ކުންފުނިން ފޯރުކޮށްދެމުން އަންނަ ހިދުމަތްތަކަށް އެއްވެސް ބުރޫއެއް އެރިއަ ނުދީ އަންނަނީ ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވާހަކަދައްކަވަނީ --ފޮޓޯ: ނިޝާން އަލީ

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވާހަކަދައްކަވަނީ --ފޮޓޯ: ނިޝާން އަލީ

ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ސަރުކާރުން ކުރަމުންގެދާ މަސައްކަތްތަކަށް ވެސް އެމްޑަބްލިޔުއެސްސީން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން ކޮވިޑް ފެސިލިޓީތައް ބިނާކުރުމަށްޓަކައި ކުންފުނީގެ ސީއެސްއާރު ދަށުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މީގެ އިތުރުން ސީއެސްއާރުގެ ދަށުން ތައުލީމާއި ސިއްހީ އަދި އިޖުތިމާއި ކުޅިވަރުގެ ދާއިރާއިން ވެސް އެ ކުންފުނިން އެކި އެކި ޖަމިއްޔާތަކަށާއި ކައުންސިލުތަކަށާއި ސްކޫލުތަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އެމްޑަބްލިޔުއެސްސީގެ 26 ވަނަ އަހަރު ފާހަގަކުރުމުގެ ގޮތުން، މިއަދު ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވަނީ ހުރިހާ މުވައްޒަފުންނާ ވާޗުއަލްކޮށް ބައްދަަލުކުރައްވައި މުހާތަބު ކުރައްވައިފަ އެވެ. އޭގެ އިތުރުން 26 އަހަރު ރަމްޒު ކުރުމުގެ ގޮތުން، "ދުވުމުން 26" ގެ ނަމުގައި ކުންފުނީގެ އެކި ފަންތީގެ މުވައްޒަފުން ވަނީ "ވާޗުއަލް ރަން"އެއް ވެސް ދުވެފަ އެވެ.

އެމްޑަބްލިޔުއެސްސީގެ އަމާޒަކީ ދެމެހެއްޓެނެވި ގޮތެއްގައި ރައްޔިތުންނަށް ވީހާ ވެސް ލުއިފަސޭހަ ކަމާ އެކު ކުންފުނީގެ ހިދުމަތްތައް ފޯރުކޮށްދިނުމެވެ.