ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަނޫޕަމް ކޭރްގެ އަންހެނުން ބަތަލާ ކިރަން ކޭރް ލޭގެ ކެންސަރަށް ފަރުވާ ހޯދަން ފަށައިފި އެވެ.
02 އެޕްރީލް 2021
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަނޫޕަމް ކޭރްގެ އަންހެނުން ބަތަލާ ކިރަން ކޭރް ލޭގެ ކެންސަރަށް ފަރުވާ ހޯދަން ފަށައިފި އެވެ.
މިހާރު ސިޔާސީ ދާއިރާގައި އުޅޭ ބަތަލާ އަށް ލޭގެ ކެންސަރު ޖެހުނުކަން އެންމެ ފުރަތަމަ ކަށަވަރުކޮށް ދީފައި ވަނީ ކިރަން ނިސްބަތްވާ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ ޗަންދީގަޅްގެ ރައީސް އަރުން ސޫދެވެ. އޭނާ ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ޑިސެމްބަރު މަހުން ފެށިގެން ކިރަން، 68، އަންނަނީ ލޭގެ ކެންސަރުގެ ބާވަތެއް ކަމަށްވާ މައިލޯމާ އަށް ފަރުވާ ހޯދަމުންނެވެ.
އަރުން ވިދާޅުވެފައިވާ ގޮތުގައި ކިރަންގެ ހަށިގަނޑުގެ ބޮޑު ބަޔަކަށް ބަލި ފެތުރިފައިވާ އިރު އެކަން ކަށަވަރުވީ ޑިސެމްބަރު މަހުގެ ކުރީކޮޅު ޗަންދީގަޅުގެ ޕޯސްޓް ގްރެޖްއޭޓް އިންސްޓިޓިއުޓް އޮފް މެޑިކަލް އެޑިއުކޭޝަން އެންޑް ރިސާޗް (ޕީޖީއައިއެމްއީއާރް) ގައި ހެދި ޓެސްޓްތަކުންނެވެ.
ގިނަ ފިލްމުތަކާއި ޓީވީ ޝޯތަކުގައި ވެސް މަސައްކަތްކޮށްފައިވާ ކިރަން އަކީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ލޯކް ސަބާގައި ޗަންދީގަޅް ތަމްސީލުކުރާ މެމްބަރެވެ.
އޭނާ އަށް ކެންސަރު ޖެހުނު ވާހަކަ ބީޖޭޕީން ބުނެފައި ވަނިކޮށް އަނޫޕަމް ސޯޝަލް މީޑިއާގައި ވެސް ވަނީ އެކަން ބުރާސްފަތި ދުވަހު ކަށަވަރުކޮށް ދީފަ އެވެ. އޭނާ އާއި ދަރިފުޅު ސިކަންދަރް ކޭރްގެ ނަމުގައި ނެރުނު ބަޔާނުގައި ބުނީ އަންހެނުން މިހާރު ފަރުވާ ހޯދަމުން އަންނަ ކަމަށާއި ބައްޔާ ހަނގުރާމަކޮށް ކިރަން ކާމިޔާބު ހޯދާނެ ކަމަށެވެ.
މި ފަހުން ލޭގެ ކެންސަރުގައި މަރުވި އިންޑިއާގެ އެކްޓަރަކީ މިދިޔަ އަހަރުގެ އެޕްރީލް 30 ގައި މަރުވި ރިޝީ ކަޕޫރެވެ.
ކީމޯގެ ވޭނާއެކު ވެސް ކިރަންގެ ހާލު ރަނގަޅު: އަނޫޕަމް
ކެންސަރަށް ފަރުވާ ހޯދަމުން ސަންޖޭ ދުބާއީ އަށް
ރިޝީގެ އުންމީދަކީ އުފަން ދުވަހަށް ގައުމަށް ދިއުން
ބޮލީވުޑް ތަރިންގެ ހާއްސަ ވަގުތުކޮޅެއް ރާއްޖެ އަށް
އަންނަ މަހު ބާއްވާ އިންތިހާބުގައި ކަންގަނާ ވާދަކުރަނީ
ޝާހުގެ އަންހެނުން ރެސްޓޯރެންޓެއް ހުޅުވައިފި
ޕޫނަމް މަރުވި ކަމަށް ބުނެ އޮޅުވާލުމުން އާންމުން ރަތަށް
ނަވާޒުއްދީން މިހާރު ދިރިއުޅެނީ ގަނޑުވަރެއްގައި
ކޮވިޑް ޖެހިގެން ކަރީނާ ދަރިންނާ ވަކިން، ހިތް ހަލާކު
ކްރިތީގެ އަތުން އަމީތާބަށް ކުއްޔަށް މަހަކު 10 ލައްކަ