Roadha Mihaaru
ޖަޕާނުގެ އެއާލައިނެއްގެ ބޯޓެއް ވަގުތީ ރެސްޓޯރަންޓަކަށް

ޖަޕާނުގެ އެއާލައިނެއްގެ ބޯޓެއް ވަގުތީ ރެސްޓޯރަންޓަކަށް

02 އެޕްރީލް 2021

މިދިޔަ އަހަރު ކުރިމަތިވި ކޮވިޑް-19 ގެ ބޮޑު ބަލިމަޑުކަމާ އެކު އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް އިންޑަސްޓްރީ އަކީ އޭވިއޭޝަން ދާއިރާ އެވެ. އެ ވަބާގެ ސަބަބުން ދަތުރުފަތުރު ހުއްޓި، އެއާލައިންތަކުގެ ބޯޓްތައް ޖެހުނީ ގްރައުންޑްކޮށްފައި ބާއްވާށެވެ. އޭގެ ގެއްލުން ވަރަށް ބޮޑެވެ. މިކަމާ ހެދި މިހާރު ވެސް ބައެއް އެއާލައިންތައް ބަނގުރޫޓްވެފައިވާ އިރު، ބައެއް އެއާލައިންތަކުން އަންނަނީ ނުހުދެވުނަސް ކޮންމެވެސް ގޮތަކުން ގެއްލުން ކުޑަކުރެވޭތޯ މަސައްކަތްކުރަމުންނެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެގޮތުން މިިދިޔަ އަހަރު ސިންގަޕޫރް އެއާލައިންގެ ބޯޓްތަކެއް ވަގުތީ ރެސްޓޯރަންޓްތަކަކަށް ބަދަލުކޮށް އާންމުންނަށް ކެއުންބުއިމުގެ ހިދުމަތް ދީފައިވެ އެވެ. ހަމަ އެގޮތަށް ފިންއެއާ އިން އެ އެއާލައިންގެ ދަތުރުމަތީގައި ޕެސެންޖަރުންނަށް ފޯރުކޮށްދޭ ކާނާ ވިޔަފާރި އުސޫލުން ތައްޔާރުކޮށް ވިއްކަން ފެށި އެވެ.

ޖަޕާނުގެ އެން ބޮޑު އެއާލައިން އޯލް ނިޕޯން އެއާވެޒް (އޭއެންއޭ) އިން ވެސް މިހާރު ވަނީ ސިންގަޕޫރް އެއާލައިންސިން ދިން ކަހަލަ ހިދުމަތެއް ތައާރުކޮށްފަ އެވެ، އެ އެއާލައިންގެ ފްލީޓްގައި ހިމެނޭ ބޯޓްތަކުގެ ތެރެއިން ގްރައުންޑްކޮށްފައި އޮތް ބޮއެން 777 ގެ ބޯޓަކީ މިހާރު ވަގުތީ ރެސްޓޯރަންޓެކެވެ. ޓޯކިއޯގެ ހަނޭޑާ އެއާޕޯޓްގައި ގްރައުންޑްކޮށްފައި އެ ބޯޓުގައި މިދިޔަ ބުދަ ދުވަހު ހިދުމަތަށް ހުޅުވައިލުމުން ލިބުނު ތަރުހީބު ވަރަށް ބޮޑެވެ.

އެގޮތުން ފަސްޓ-ކްލާހުގެ ކެއުމެއްގެ އަގަކީ 59،800 ޔެން (540 ޑޮލަރު) އެވެ. އަދި އެއަށް ވުރެ ކުޑަ އަގަކަށް ކާލަން ބޭނުން ނަމަ ބިޒްނަސް ކްލާހުގައި 29،800 ޔެން (269 ޑޮލަރު) އަށް ކައިލެވޭނެ އެވެ.

ދަތުރުކުރުމަކީ މިހާރު ވަރަށް އުނދަގޫ، އެކަމަކު ވަރަށް ގިނަ ބަޔަކު މިސްވާ ކަމަކަށްވާތީ ވައިގެ ދަތުރެއްގެ ހިތްހަޖެހުން ހޯދައިލަން ދަތުރުމަތީގައި ދޭ ކެއުންތައް ތަޖުރިބާކޮށްލުމަކީ ވަރަށް ގިނަ ބަޔަކު ޝައުގުވެރިވާ ކަމަކަށް ވެފައިވެ އެވެ. ސަބަބަކީ އޭގެ ސަބަބުން ވެސް ދަތުރެއްކޮށްލެވުމުގެ އިހުސާސްކުރެވުމެވެ.

އޭއެންއޭ އިން ބުނިގޮތުގައި ބޮއެން 777 ގައި ފެށި ވަގުތީ ރެސްޓޯރަންޓްގެ ހިދުމަތަށް ކުރިން އުންމީދު ވެސް ނުކުރާ ވަރުގެ ބޮޑު ތަރުހީބެއް ލިބުމާ ގުޅިގެން މި މި މަހުގެ ވަރަށް ގިނަ ދުވަސްތަކުގައި ހިދުމަތް ދޭން ވަނީ ނިންމައިފަ އެވެ. އެގޮތުން ކުރިއަށް އޮތް ދުވަސްތަކަށް ބުކިންސް ހަދައިދޭން ވަނީ ފަށައިފަ އެވެ.

މިދިޔަ ހަފުތާގައި ބްރިޓިޝް އެއާވޭޒް (ބީއޭ) އިން އޭގެ ފަސްޓް-ކްލާހުގެ މެނޫގައި ހިމެނޭ ކެއުންތައް ވެސް އާންމުކޮށް ގަންނަން ލިބޭ ގޮތަށް ހަދާފައިވެ އެވެ. އެކަން ކުރިއަށް ގެންދަނީ އެ އެއާލައިންގެ ކޭޓަރިން ޕާޓްނަރު ޑޫ އެންޑް ކޯގެ ދަށުންނެވެ.