20 މާޗް 2021
މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ ވެސް ކުރަން ފަށައި އެގޮތަށް ފުރަތަމަ ދައުވާ އުފުލާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ ވެސް ކުރަން ފަށައި އެގޮތަށް ފުރަތަމަ ދައުވާ އުފުލާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ޝަމީމް އޭނާގެ އަމިއްލަ ބްލޮގްގައި އެ މައުލޫގައި ޝާއިއުކުރެއްވި ލިޔުމަކާ އެކީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ އަކީ، ޖިނާއީ އަދުލުގެ ނިޒާމުގައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށާއި އެއީ ހައްލުކުރަން އެންމެ ދަތި އެއް މައްސަލަ ކަމަށެވެ. މިއީ ހުރިހާ މައްސަލަތަކެއް ގުޅިފައިވާ "ބޮޑު މައްސަލަ" ކަން ފާހަގަކުރައްވަމުން ޝަމީމް ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެ ފައިސާ އިން އެހެން ކަންކަން ކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކުގައި މަނީ ލޯންޑަރިންގެ ދައުވާކުރާ ގޮތަށް ދައުވާކުރުމުގެ ސިޔާސަތު މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ.
މި ބަދަލުގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ކްރިމިނަލް ކޯޓުގައި ފުރަތަމަ ދައުވާ ކޮށްފައި ކަމަށް ޝަމީމް ވިދާޅުވި އެވެ. އެއީ ހަސަން ލޫތު / ގދ. ތިނަދޫ، ރަންގަލް، ހަސަން ރަޝީދު / ހުޅުމާލެ ފްލެޓް ނަންބަރު 01-ޖީ-45، އިސްމާއިލް ޝަރީފް / ތ. ތިމަރަފުށި، ވައިޓްރޯސް އަދި ޝަނިޔާ އިބްރާހީމް / މއ. ހަސްލަތުގެ މައްޗަށެވެ. އެއީ އިތުރު ބަޔަކާ ގުޅިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި މިދިޔަ ޖެނުއަރީ 12 ވަނަ ދުވަހު ހައްޔަރުކުރި ބައެކެވެ. މި މީހުން މަސްތުވާތަކެތި އެތެރެކޮށް އޭގެ ބޭނުންކޮށް އަދި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް މާލޭގެ ހަތަރު ގެއެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ވަނީ ހޯދައިފަ އެވެ.
ޝަމީމް ވިދާޅުވީ މިފަދަ މީހުންނަށް، ޑްރަގް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން މަނީ ލޯންޑަރިން ދައުވާ ކުރުން ހުއްދަ ކަމަށެވެ. ޝަމީމްގެ ލިޔުމުގައި އެކަމުގެ ތަފްސީލް ދެއްވާފައިވެ އެވެ.
"މަނީ ލޯންޑްރިން އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 7 ވަނަ މާއްދާގެ (ނ) ބުނާ ގޮތުން، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށަކީ، އެކުށާ ގުޅިގެން މަނީ ލޯންޑްރިންގެ ދައުވާ ކުރެވޭ ކުށެކެވެ. އެ ގާނޫނުގެ ދަށުން، މަސްތުވާތަކެތި ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވޭ މީހުންނާއި، އެމީހުންގެ އަނބިންނާއި ފިރިންނާއި، ގާތްތިމާގެ މީހުން ވެސް، ފައިސާ ގެންގުޅުމުގައި ބައިވެރިވެއްޖެ ނަމަ ދައުވާ ކުރެވެއެވެ." ޝަމީމް ލިޔުއްވާފައިވެ އެވެ.
އަމާޒަކީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ޖިނާއީ އަދުލުގެ ނިޒާމުން ކުރާ މަސައްކަތުގެ މައިގަނޑަކީ، މަސްތުވާތަކެތީގެ ވިޔަފާރިން މަންފާވާ، އެކަމުގެ އަސްލު "ވިޔަފާރިވެރިން" ފަހަތުން ދިއުން. އެއީ ހަމައެކަނި އެ މީހުން އަތުން ފެންނަ ފައިސާއެއް ނޫން. އެ މީހުންގެ ވިޔަފާރިތަކާއި ވެހިކަލްތަކާއި އެ ނޫން ވެސް ހުރިހާ މުދަލެއް މަނީ ލޯންޑްރިން ގާނޫނު ބޭނުންކޮށްގެން ދައުލަތަށް ނެގުން: ޝަމީމް
އޭނާ ވިދާޅުވީ މިފަދަ މައްސަލަތަކުގައި މަނީ ލޯންޑަރިންގެ ދައުވާ ކުރެވޭނީ މަސްތުވާތަކެތީގައި އަތްލާ މީހާ އަށް އެކަނި ނޫން ކަމަށެވެ.
މަސްތުވާތަކެތީގައި އަތް ނުލާ ނަމަ ކުށްވެރި ނުވާނެ ކަމަށް ބައެއް މީހުންނަށް ހީވާ ކަމަށާއި އެކަމަކު ޕީޖީ އޮފީހުން މި ގެނައި ބަދަލާ އެކު. އެ ވިސްނުން ނިމުމަކަށް އަންނާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.
"މަނީ ލޯންޑްރިންގެ ކުށް ފުރިހަމަވުމަށްޓަކައި ބޭނުންވަނީ، އޭނާއަށް ލިބި، ބޭނުންކުރި ފައިސާއަކީ، ކުށެއް ކޮށްގެން ހޯދާ ފައިސާކަން އޭނާއަށް ޝައްކުވުމެވެ. ކަނޑައެޅިގެން އެނގުންވެސް ލާޒިމެއް ނޫނެވެ." ޝަމީމްގެ ބްލޮގްގައި ލިޔުއްވާފައިވެ އެވެ.
އޭނާ ލިޔުއްވާފައިވާ ގޮތުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހެއްގެ އަންބަކު، އޭނާގެ ފިރިމީހާ ފައިސާ ހޯދާ ތަނެއް ނޭނގޭކަމަށް ބުނުމަކީ ގަބޫލުކުރަން ދަތި ކަމެކެވެ. ފައިސާ ލިބޭ ގޮތް ނޭނގޭކަމަށް ބުނާއިރު، އެ ފައިސާ، ޝައްކު އުފެދޭ ކަންކަމަށް ބޭނުންކޮށްފައި ހުރިކަން ތަހުގީގަށް ފެންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ އަމާޒަކީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ޖިނާއީ އަދުލުގެ ނިޒާމުން ކުރާ މަސައްކަތުގެ މައިގަނޑަކީ، މަސްތުވާތަކެތީގެ ވިޔަފާރިން މަންފާވާ، އެކަމުގެ އަސްލު "ވިޔަފާރިވެރިން" ފަހަތުން ދިއުން ކަމަށެވެ. އެއީ ހަމައެކަނި އެ މީހުން އަތުން ފެންނަ ފައިސާއެއް ނޫން ކަމަށާއި އެ މީހުންގެ ވިޔަފާރިތަކާއި ވެހިކަލްތަކާއި އެ ނޫން ވެސް ހުރިހާ މުދަލެއް މަނީ ލޯންޑްރިން ގާނޫނު ބޭނުންކޮށްގެން ދައުލަތަށް ނެގުން ކަމަށް ވިދާޅުވި އެވެ.
ހަމަ މިއާ އެކު މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ލިބިދޭންޖެހޭ ފަރުވާގެ ކަންތައް ވީހާ ވެސް ލުއިފަސޭހަކޮށްދީ، ޖިނާއި އަދުލުގެ ނިޒާމުގެ ތެރެއިން އެ މީހުންނަށް ޒިންމާދާރު މީހެއްގެ ގޮތުގައި ނުކުމެވޭނެ މަގެއް ހޯދައިދިނުމުގެ ސިޔާސަތަށް އިސްކަން ދެއްވާ ކަމަށް ވެސް ޕީޖީ ވިދާޅުވި އެވެ.
ޝަމީމް ޕީޖީކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މިދިޔަ އަހަރު ވަނީ، މަސްތުވާތަކެތީގެ މައްސަކަތަކުގައި ހިމެނޭ ފައިސާ ދައުލަތަށް ނެގުމުގެ ބައި ވަކިން ދައުވާގައި ހިމަނަން ފައްޓަވައިފަ އެވެ. މިގޮތަށް ކުރި އެއްވެސް ދައުވާއެއް އަދި ހުކުމަކާ ހިސާބަކަށް ނުދެ އެވެ.
ޖަލަށްލުމުން ގެޔަށް؛ ފަނޑިޔާރު އެއްސެވީ ޑްރާމާއެއްތޯ!
މަންޑޭގެ ގެ އޮތީ އަގު ބޮޑު މުދަލުން ޖަރީކޮށްފައި!
މިފަހަރު މައްސަލައަކީ ޑްރަގްސް ހޯދަން ހުއްދަ ދިން މީހާ
130 ކިލޯ ޑްރަގް:ދެ މީހުން ދޫކުރުމުން އިސްތިއުނާފަށް
ޑޮކްޓަރަށް ނުދައްކާތީ ގާޒީ ވިދާޅުވީ ރޭވުމެއް ކަމަށް
ޑްރަގްގެ ބޮޑުން ދޫކުރި މައްސަލަ އިސްތިއުނާފެއް ނުކުރާނެ
މަސައްކަތެއް ނުކުރޭ، އުޅުނީ ވަރަށް މުއްސަނދިކޮށް!
ރާއްޖެއަށް ވަން ލަންކާގެ ބޯޓަކުން 468 ކިލޯގެ ޑްރަގު
ދެ ކިލޯ ޑްރަގް ގެނައި އިންޑިއާގެ ދެމަފިރިއަކު ހައްޔަރު
މެލޭޝިއާ ދެމީހުން އުޅުނީ ޔޫކޭއަށް ޑްރަގް އެތެރެކުރަން