17 މާޗް 2021
މި އަހަރުގެ ފަހުކޮޅު ރިލީޒްކުރާ ފިލްމު "ލާލް ސިންގް ޗައްޑާ" ގެ މަސައްކަތްތަކަށް ފޯކަސްކުރުމުގެ ގޮތުން މޮބައިލް ފޯނު ބޭނުންކުރުން ހުއްޓައިލި އާމިރު ޚާން ސޯޝަލް މީޑިއާ ބޭނުންކުރުން ވެސް ހޯމަ ދުވަހު ހުއްޓާލައިފި އެވެ.
މި އަހަރުގެ ފަހުކޮޅު ރިލީޒްކުރާ ފިލްމު "ލާލް ސިންގް ޗައްޑާ" ގެ މަސައްކަތްތަކަށް ފޯކަސްކުރުމުގެ ގޮތުން މޮބައިލް ފޯނު ބޭނުންކުރުން ހުއްޓައިލި އާމިރު ޚާން ސޯޝަލް މީޑިއާ ބޭނުންކުރުން ވެސް ހޯމަ ދުވަހު ހުއްޓާލައިފި އެވެ.
އޭނާ އަކީ އިންސްޓަގްރާމާއި ފޭސްބުކްގައި ކުރިން ތަންކޮޅެއް އެކްޓިވްކޮށް އުޅުނު ތަރިއެކެވެ. ނަމަވެސް އެ ދެ ޕްލެޓްފޯމް ބޭނުން ކުރުން ހުއްޓައިލުމާ ގުޅިގެން މިހާރު އާމިރުގެ ޕޭޖްތަކެއް ފެންނާކަށް ވެސް ނެތެވެ.
މިކަން ހިއްސާކޮށް މި މަހުގެ 14 ގައި 56 އަހަރު ފުރުނު އެކްޓަރު ބުނީ ސޯޝަލް މީޑިއާ ބޭނުންކުރުން ހުއްޓާލުމާ ގުޅިގެން ދެން ކުރަން ޖެހޭ މުއާމަލާތްތައް ކުރާނީ އެންމެ ކުރިން ވެސް އެކަން ކުރަމުން ދިޔަ ގޮތަށް ކަމަށެވެ. އޭގެ މާނަ އަކީ އާމިރާ ގުޅައިގެން ދައްކަން ޖެހޭ ވާހަކައެއް ވިއްޔާ މީޑިއާތަކަށް ވެސް އެ ފުރުސަތު ދެން އޮންނާނީ ލޭންޑް ލައިނެއް ނުވަތަ އޭނާގެ ޓީމްގައި ހިމެނޭ މީހެއް މެދުވެރިކޮށެވެ.
އާމިރު ބުނީ ސޯޝަލް މީޑިއާ ބޭނުން ކުރުން ހުއްޓާލި ނަމަވެސް އޭނާގެ ފިލްމު ކުންފުނި އާމިރު ޚާން ޕްރޮޑަކްޝަން (އޭކޭޕީ) އިން ރަސްމީ ޗެނެލެއް ލޯންޗްކޮށްފައިވާ ކަމަށާއި އެ މެދުވެރިކޮށް އޭނާގެ މަސައްކަތްތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތުތައް ލިބޭނެ ކަމަށެވެ.
އާމިރު މިހާރު މަސައްކަތްކުރަމުން އަންނަ ފިލްމު "ލާލް ސިންގް ޗައްޑާ" އަކީ ޑިސެމްބަރު މަހުގެ 25 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ 2018 ގެ "ތަގްސް އޮފް ހިންދުސްތާން" އެވެ.
"ލާލް ސިންގް ޗައްޑާ" އަށް އަދި ދިގު އިންތިޒާރީއެއް ކުރަން ޖެހުނަސް މި މަހުގެ 26 ގައި ރިލީޒްކުރާ ސައިކޮލޮޖިކަލް ތުރިލާ "ކޮއީ ޖާނޭ ނާ" ގެ އައިޓަމް ލަވައަކުން އާމިރު ފެންނާނެ އެވެ. އެ ލަވަ ދާދި ފަހުން އާންމު ވެސް ކޮށްފައިވެ އެވެ.
ޕްރިޔަންކާގެ ނަމުން "ޖޯނަސް" އުނިކޮށްފި
ކަންގަނާގެ ކޮވިޑް ޕޯސްޓް އިންސްޓަގްރާމުން ޑިލީޓްކޮށްފި
ޕަރީގެ ދެމަފިރިން އެނިވާސަރީ ފާހަގަކުރަން ރާއްޖޭގައި
އިންސްޓަގްރާމްގައި ޕްރިޔަންކާ ފަހަތަށް ޖައްސާލައިފި
ހާމަނާއީގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބަންދުކޮށްފި
ފޭސްބުކް، އިންސްޓަގްރާމް، ތްރެޑްސް ޑައުންވެއްޖެ
ވިދްޔާގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަނީ
ތުރިޕްތީގެ އިންސްޓަ ފޮލޮވާސްގެ އަދަދު ދެ މިލިއަނަށް
ހަފުތާއެއް ނުވަނީސް ތުރެޑްސްއަށް 100 މިލިއަން މީހުން
އިންސްޓަގްރާމާއި ފޭސްބުކް ވެރިފިކޭޝަން މިހާރު ގަނެވޭނެ