Roadha Mihaaru

ގައިޑްލައިނާ ޚިލާފަށް ހައި ކޯޓު މުވައްޒަފުން ނުކުންނަން އެންގުމުން ޖޭއެސްސީ އާއި މަޖިލީހަށް

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކޯޓުތަކުން އަމަލުކުރަން ސުޕްރީމް ކޯޓުން އަންގާފައިވާ ގައިޑްލައިނާ ޚިލާފަށް ހައި ކޯޓުގެ މުވައްޒަފުން މަސައްކަތަށް ނެރެފައިވާ ކަމަށް ބުނެ އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ހައި ކޯޓުން ގައިޑްލައިނާ ޚިލާފްވިކަމަށް ބުނެ މަޖިލީހަށް
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

15 މާޗް 2021

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކޯޓުތަކުން އަމަލުކުރަން ސުޕްރީމް ކޯޓުން އަންގާފައިވާ ގައިޑްލައިނާ ޚިލާފަށް ހައި ކޯޓުގެ މުވައްޒަފުން މަސައްކަތަށް ނެރެފައިވާ ކަމަށް ބުނެ އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ހައި ކޯޓުން މި މަހު ވަނީ އެ ކޯޓުގެ ހުރިހާ މުވައްޒަފުން މަސައްކަތަށް ނުކުންނަ އަންގައިފަ އެވެ. ގައިދުރުކަން ބަހައްޓައިގެން މަސައްކަތް ކުރާނެ ޖާގަ އެބަ އޮތް ކަމަށާއި އެހެންވެ، އިއްޔެއިން ފެށިގެން އެ ކޯޓުގެ ހުރިހާ މުވައްޒަފުން އޮފީހަށް ނުކުންނަން ވަނީ އަންގައިފަ އެވެ.

ވިސްލްބްލޯ ކުރާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމުގެ ގާނޫނުގެ ދަށުން ކާކުކަން ނޭނގޭ ގޮތަށް ޖޭއެސްސީ އާއި މަޖިލީހަށް ހުށަހެޅި ޝަކުވާގައި ވަނީ ހައި ކޯޓުގެ މެމޯގައި އެގޮތަށް އެންގީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ސުޕްރީމް ކޯޓުން ނެރެފައިވާ ޕްރެކްޓިސް ޑައިރެކްޝަނާ ޚިލާފަށް ކަމަށެވެ. އަދި އެއީ އެ ކޯޓުގައި މަސައްކަތްކުރާ 100 އެއްހާ މުވައްޒަފުންގެ އާންމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާ ފަދަ ކަމަކަށް ވާތީ އެކަމުގައި އަވަސް ފިޔަވަޅުތަކެއް އަޅައިދޭން ޖޭއެސްސީ އާއި މަޖިލީހުގައި ވަނީ އެދިފަ އެވެ.

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވާން ފެށުމުން އަނެއްކާވެސް ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ. އެންމެ ބޮޑަށް ކޮވިޑް ފެތުރޭ ތަންތަނުގެ ތެރޭގައި އޮފީސްތައް ހިމެނެ އެވެ.