16 މާޗް 2021
މިދިޔަ އަހަރުގެ ތެރޭގައި އަލުން ފިލްމީ މަސައްކަތްތައް ފަށަން އުޅުނަސް ކޮވިޑް-19އާ ހެދި އެކަން ނުވިޔަސް މި އަހަރުގެ ތެރޭގައި ވަރަށް އުންމީދީ ޕްރޮޖެކްޓްތަކެއްގެ މަސައްކަތް ފަށާނެ ކަމަށް ކުރީގެ މަޝްހޫރު އެކްޓަރު ގޯވިންދާ ބުނެފި އެވެ.
މިދިޔަ އަހަރުގެ ތެރޭގައި އަލުން ފިލްމީ މަސައްކަތްތައް ފަށަން އުޅުނަސް ކޮވިޑް-19އާ ހެދި އެކަން ނުވިޔަސް މި އަހަރުގެ ތެރޭގައި ވަރަށް އުންމީދީ ޕްރޮޖެކްޓްތަކެއްގެ މަސައްކަތް ފަށާނެ ކަމަށް ކުރީގެ މަޝްހޫރު އެކްޓަރު ގޯވިންދާ ބުނެފި އެވެ.
ހިންދީ ސިނަމާގައި 80 އާއި 90 ގެ އަހަރުތަކުގައި އެންމެ ވިދާލި އެކްޓަރުންގެ ތެރޭގައި ހިމެނޭ ގޯވިންދާ ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ ވަރަށް ގިނަ ސްކްރިޕްޓްތަކެއް މިދިޔަ އަހަރު ކިޔައި އޭގެ ތެރެއިން އެންމެ ކަމުދާ އެއްޗިއްސަށް ރުހުން ދީފައިވާ ކަމަށެވެ.
"އެހެންވެ މި އަހަރަކީ އަހަންނަށް ވަރަށް އުންމީ އަހަރަކަށްވާނެ ކަމަށް ބަލައިގެން މަސައްކަތްތައް ފަށައިގަންނަން ތައްޔާރުވަމުން މި އަންނަނީ،" ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ އެކްޓަރު ބުންޏެވެ. "އަހަރެން މަސައްކަތް ފަށާ ބައެއް ޕްރޮޖެކްޓްތަކުގެ ތެރެއިން ބައެއް އެއްޗިއްސަކީ އަމިއްލަ އަށް ޕްރޮޑިއުސް ވެސް ކުރާނެ އެއްޗެހި."
ކޮމެޑީ ރޯލްތަކާއި ނެށުމަށް މޮޅު އެކްޓަރެއްގެ ގޮތުގައި ފާހަގަކޮށްލެވުނު ގޯވިންދާ އެންމެ ފަހުގެ ފިލްމަކީ ބަލާނެ ބަޔަކު ނުވި 2019 ގެ ބޮޑު ފްލޮޕް "ރަންގީލާ ރާޖާ" އެވެ. ދޭތެރެއަކުން ގޯވިންދާ އަށް މި ފަހުން ފިލްމަކުން ފުރުސަތު ލިބުނަސް ފަހުން ނުކުތް އޭނާގެ އެއްވެސް ފިލްމަކީ ބެލުންތެރިންނަށް ކަމުދިޔަ އެއްޗިއްސެއް ނޫނެވެ.
އަނެއްކޮޅުން ކުރިން އެކީގައި މަސައްކަތްކުރި ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން ފުރުސަތު ނުދޭތީ ގޯވިންދާ ހުންނަނީ އިންޑަސްޓްރީގެ ބައެއް މީހުންނާ ދޭތެރޭ ވަރަށް ހިތްހަމަނުޖެހިފަ އެވެ. އެގޮތުން އޭނާއާ އެކު 17 ފިލްމެއް ހެދި ޑައިރެކްޓަރު ޑޭވިޑް ދަވަން މިހާރު މުޅިން ވެސް ދަރިފުޅު ވަރުން ދަވަނާ އެކު ފިލްމު ހަދާތީ އެކަމަށް ވެސް ގޯވިންދާ ފާޑުކިޔާފައިވެ އެވެ.
އޭނާ ބުނެފައިވާ ގޮތުގައި އިންޑަސްޓްރީގެ މީހުން އޭނާއާ ދޭތެރޭ މިހާރު ކަންތައް ކުރަނީ ވަރަށް ގޯސްކޮށެވެ. އެކަމަކު އެއްވެސް މީހަކާ ދޭތެރޭ ހިތްބަރުކަމެއް، ހިތްހަމަޖެހުމެއް ނެތް ކަމަށް ބުންޏެވެ.
"އަދި އަހަންނަކީ މީސްމީހުންނާ ބެހޭ ގޮތުން މީޑިއާތަކުގައި ވާހަކަ ވެސް ދައްކާ މީހެއް ނޫން. އެކަމަކު ބައެއް މީހުން އެބަހުރި ސީދާ އަހަރެންގެ ކެރިއަރު ދުއްވާލަން ވަރަށް މަސައްކަތްކޮށްފައި،" ދެ ކުދިންގެ ބައްޕަ ބުންޏެވެ. "އެއް ފަހަރަކު ހަފުލާއެއްގައި ސްޓޭޖެއްގެ މަތީގައި އަމީތާބް ބައްޗަނަށް ސަޕޯޓްކޮށްފައި ވާހަކަތަކެއް ދެއްކީމަ އެ ހަފުލާގައި ތިބި މީހުން އެތަން ދޫކޮށް ގޮސްފައި އެބަހުރި."
ގޯވިންދާ ބުނިގޮތުގައި ފިލްމީ ދާއިރާ އިން އޭނާ އަށް ހޯދުނު ކާމިޔާބީއެއް ވިއްޔާ ހާސިލުކުރެވުނީ އަމިއްލަ ބުރަ މަސައްކަތާއި ހިތްވަރުންނެވެ. އެކަމަކު މިހާރު އޭނާއާ އެކު ގިނަ މީހުން މަސައްކަތްކުރަން ބޭނުން ނުވާ ކަމަށާއި ފާއިތުވި 20 އަހަރުގައި ވެސް އުޅުނީ މި ހަނގުރާމައެއްގެ ތެރޭގައި ކަމަށް ބުންޏެވެ.
ދާދި ފަހުން ގޯވިންދާ ވަނީ އޭނާގެ ބައޮގްރަފީ ވެސް ނެރޭނެ ކަމަށް ބުނެފަ އެވެ. އަދި އެ ނެރޭނީ ދެ ބަޔަކަށް ކަމަށް ބުންޏެވެ.
ފޭނުން ބުނަނީ ގޯވިންދާ ގޭގައި މަޑުކުރަން
ގޯވިންދާގެ ފިރިހެން ދަރިފުޅު ބޮލީވުޑަަށް ތައްޔާރުވަނީ
ގޯވިންދާއަށް ނެށުން ތައްޔާރުކުރަން ފެންވަރެއްނެތް: ފަރާ
ރަވީނާ އާއި ގޯވިންދާ އަލުން އެކީގައި އަންނަނީ
އޮޓޮބައޮގްރަފީ އެއް ފޮތުން ނުނިންމޭނެ: ގޯވިންދާ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ކޮމެޑީ ފިލްމު ކުޅެން ފަސޭހައެއް ނޫން: ސާރާ އަލީ ޚާން
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ސާރާއަށް އެކްޓުކުރަން ނޭނގޭ ކަމަށް ބުނެ ފާޑުކިޔަނީ
ބަގިޔާޝްރީގެ އަންހެން ދަރިފުޅު ވެސް ބޮލީވުޑަށް