އިންޑިއާގެ އެންމެ ހުނަރުވެރި އަދި އެންމެ ކާމިޔާބު ފިރިހެން ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ސޯނޫ ނިގަމްގެ އޮޓޮބައޮގްރަފީ މި އަހަރުގެ ފަހުކޮޅު ނެރޭނެ ކަމަށް ބުނެފި އެވެ.
12 މާޗް 2021
އިންޑިއާގެ އެންމެ ހުނަރުވެރި އަދި އެންމެ ކާމިޔާބު ފިރިހެން ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ސޯނޫ ނިގަމްގެ އޮޓޮބައޮގްރަފީ މި އަހަރުގެ ފަހުކޮޅު ނެރޭނެ ކަމަށް ބުނެފި އެވެ.
ބްލޫމްސްބަރީ އިންޑިއާގެ ތައްގަނޑުގައި ނެރޭ ބައޮގްރަފީ ނަމާއި އެ ނެރޭނެ ސީދާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. ނަމަވެސް 47 އަހަރުގެ ލަވަކިޔުންތެރިޔާ ބުނީ އަމިއްލަ ހަޔާތުގެ ވާހަކަ ލިޔަން ނިންމީ އަމިއްލަ ނަފުސާ ވަރަށް ބޮޑަށް ހަނގުރާމަކުރުމަށް ފަހު، އެކަން ކުރަން ޖެހޭކަން ކަމަށް އަމިއްލަ އަށް ގަބޫލުކޮށް ހިތްވަރު ހޯދައިގެން ކަމަށެވެ.
"އަހަރެންގެ ހަޔާތުގެ އަޑިގުޑަންތަކުގެ ވާހަކަ މީގައި ކިިޔައިދޭނަން. މި މަސައްކަތް ފެށީ ވަރަށް ބޮޑު ގަޓަކާ އެކު، އެހެންވީމަ ހުރިހާ އެންމެން ވެސް އަހަންނަށް ހެޔޮ ދުއާކޮށްދޭތި،" ރީތި އެތައް ލަވައެއް އާންމުންނަށް ގެނެސްދީފައިވާ ސޯނޫ ބުންޏެވެ.
ފިލްމުތަކަށް ސޯނޫ ލަވަ ކިޔައިދޭން ފެށީ 1992 ގެ ފިލްމު "އާޖާ މޭރީ ޖާން" އިންނެވެ. އެ ފިލްމުގައި ހިމެނޭ އޭނާގެ ލަވަ "އޯ އާސްމާން ވާލޭ" ވެގެން ދިޔައީ ވަރަށް މަގުބޫލުވި ލަވައެކެވެ. އޭގެ ފަހުން ސޯނޫ ހިމެނުނީ ހިންދީ ފިލްމުތަކަށް ލަވަކިޔައިދޭ އެންމެ މަގުބޫލު ފިރިހެން ލަވަކިޔުންތެރިންގެ ތެރޭގަ އެވެ. އެގޮތުން އެތައް ފިލްމަކަށް ހަނދާނުން ފޮހެލަން ދަތި އެތައް ލަވައެއް ކިޔާފައިވެ އެވެ.
އޭގެ ތެރޭގައި 1997 ގެ ފިލްމު "ބޯޑަރު" ގެ ގައުމީ ރޫހު އާލާކޮށްދޭ ލަވަ "ސަދޭސޭ އާތޭ ހޭ" އާއި ހަމަ އެ އަހަރުގެ ފިލްމު "ޕަރުދޭސް" ގެ "ޔެ ދިލް ދީވާނާ" އާއި 2002 ގެ ފިލްމު "ސާތިޔާ" ގެ ޓައިޓްލް ލަވަ އާއި 2003 ގެ ފިލްމު "ކަލް ހޯ ނަ ހޯ" ގެ ޓައިޓްލް ލަވަ އާއި 2012 ގެ "އަގްނީޕަތު" ގެ "އަބް މުޖްމޭ ކަހީ" ފަދަ އެތައް ލަވައެއް ހިމެނެ އެވެ.
ސޯނޫގެ ކެރިއަރުގައި ގިނަ އަދަދެއްގެ ފިލްމުތަކަށް ލަވަ ކިޔައިދިނުމުގެ އިތުރަށް ފިލްމީ ނޫން މިއުޒިކް އަލްބަމްތަކަށް ވެސް ލަވަ ކިޔައި، އަމިއްލަ އަލްބަމްތަކެއް ވެސް ނެރުނެވެ.
ކުރީގެ ރަންއަޑުގެ ވެރިޔާ މުހައްމަދު ރަފީ އައިޑޮލްއެއްގެ ގޮތުގައި ދެކޭ ސޯނޫ އަކީ މި ޒަމާނުގެ ރަފީގެ ގޮތުގައި ވެސް ގިނަ ބަޔަކު ސިފަކުރާ ލަވަކިޔުންތެރިއެކެވެ. އެތައް އެވޯޑެއް ވެސް ހާސިލުކޮށްފައިވާ ސޯނޫ ވަނީ އިންޑިއާގެ ހުރިހާ ބަހުރުވައަކުން ލަވަ ކިޔައިފަ އެވެ.
ލަވަކިޔުމުގެ އިތުރުން ސޯނޫ ބައެއް ފިލްމުތަކުގައި އެކްޓް ވެސްކޮށްފައިވެ އެވެ. ފިރިހެން ދަރިޔަކު ހުރި ފަންނާނު ކުޅުނު ފިލްމުތަކުގެ ތެރޭގައި 2003 ގެ "ކާޝް އާޕް ހަމާރޭ ހޯތޭ ހޭ" އާއި 2004 ގެ "ލަވް އިން ނޭޕާލް" ހިމެނެ އެވެ.
އިންޑިއާއިން އޮސްކާއަށް ގެންދަނީ "ލާޕަތާ ލޭޑީސް"
މަހޭޝް ބާބޫ ބޮލީވުޑް ފިލްމުތައް ކުޅޭކަށް ބޭނުމެއް ނުވޭ
ނަވާޒުއްދީން މިހާރު ދިރިއުޅެނީ ގަނޑުވަރެއްގައި
ކްރިކެޓް ތަރި ޖޫލާންގެ ރޯލު ކުޅޭނީ ހަމަ އަނުޝްކާ
ނަމްބަރު ޕްލޭޓެއްގެ މައްސަލައިގައި ވިކީ ޕޮލިހަށް
ކޮވިޑްގެ ބިރާ ހެދި ޝާހިދުގެ "ޖާޒީ" ފަސްކޮށްފި
ބޮލީވުޑް ވަރަށް މިސްވޭ: ފަވާދު
އަންކިތާގެ ކައިވެނި ހަދިޔާއަކީ ރާއްޖޭން ވިލާއެއް؟
ކިމް އާއި ޓެނިސް ތަރި ލިއަންޑާ ކައިވެންޏާ ދިމާއަށް
ކެޓްރީނާ އާއި ވިކީގެ ކައިވެނި ޑިސެމްބަރު 9 ގައި