Roadha Mihaaru
އުރީދޫގެ ފައިބަ ބްރޯޑްބޭންޑުގެ ހިދުމަތް މާއުނގޫދު އަށް

އުރީދޫގެ ފައިބަ ބްރޯޑްބޭންޑުގެ ހިދުމަތް މާއުނގޫދު އަށް

10 މާޗް 2021

އުރީދޫ މޯލްޑިވްސްގެ ސުޕަނެޓް ފައިބަ ބްރޯޑްބޭންޑުގެ ހިދުމަތް ށ. މާއުނގޫދު އަށް ތައާރަފުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އުރީދޫ މޯލްޑިވްސްގެ ސުޕަނެޓް ފައިބަ ބްރޯޑްބޭންޑުގެ ހިދުމަތް ށ. މާއުނގޫދު އަށް ތައާރަފުކޮށްފި އެވެ.

މި ހިދުމަތާއެކު މިހާރު އެ ރަށަށް 100 އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑުގައި އިންޓަނެޓް ލިބޭނެ އެވެ. ހައި ސްޕީޑުގެ އިތުރުން ބޮޑެތި އެލަވަންސްތައް ލިބޭ ޕެކޭޖްތައް ވެސް ލިބޭނެ އެވެ.

މީގެ އިތުރުން އެ ރަށުން ސުޕަނެޓް ހިދުމަތް ހޯދާ ފުރަތަމަ 20 މީހުންނަށް ބައްލަވައި ފުރަތަމަ 20 މީހުންނަޑް މައިކްރޮސޮފްޓް 360 ލައިސަންސް ވެސް ލިބޭނެ އެވެ.

އުރީދޫގެ އެކްޓިންގް ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ ރާއްޖޭގެ އިތުރު ރަށަކަށް ހައި ސްޕީޑުގެ އިންޓަނެޓް ފޯރުކޮށްދެވުމަކީ ކުންފުންޏަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. އަދި މީގެ ސަބަބުން މާއުނގޫދޫ ރައްޔިތުންނަށް އިންޓަނެޓް ހިދުމަތް ހޯދަން އިތުރު ލުއިފަސޭހަތަކެއް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފެންވަރު ރަނގަޅު، އަގުހެޔޮ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އުރީދޫން ވަނީ ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފަ އެވެ. މި ބަދަލާއެކު ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު 68 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ ލިބޭނެ އެވެ.

މި ހިދުމަތް އުރީދޫގެ ވެބްސައިޓު http://ore.do/getsupernet އިން ލިބޭނެ އެވެ.