12 ނޮވެމްބަރ 2016
ލަންޑަން (ނޮވެމްބަރު 12) - ރަޝިއާގައި 2018 ވަނަ އަހަރު އޮންނަ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ކުޅުނު މެޗުތަކުން އިންގްލެންޑާއި ޖަރުމަން ފަސޭހަ މޮޅެއް ހޯދިއިރު، ސްވިޑަން އަތުން ފްރާންސުން 2-1 އިން އުނދަގޫ މޮޅެއް ހޯދައިފި އެވެ.
ލަންޑަން (ނޮވެމްބަރު 12) - ރަޝިއާގައި 2018 ވަނަ އަހަރު އޮންނަ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ކުޅުނު މެޗުތަކުން އިންގްލެންޑާއި ޖަރުމަން ފަސޭހަ މޮޅެއް ހޯދިއިރު، ސްވިޑަން އަތުން ފްރާންސުން 2-1 އިން އުނދަގޫ މޮޅެއް ހޯދައިފި އެވެ.
އިންގްލެންޑް ވަނީ ރޭ 3-0 އިން ސްކޮޓްލެންޑް ބަލިކޮށްފަ އެވެ. ސެން މެރީނޯ އަތުން ޖާމަނީ މޮޅުވީ 8-0 އިންނެވެ.
ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ސްކޮޓްލެންޑް ކޮޅަށް އިންގްލެންޑްގެ ލަނޑުތައް ކާމިޔާބުކުރީ ޑެނިއަލް ސްޓަރިޖާއި އެޑަމް ލަލާނާ އަދި ގެރީ ކޭހިލް އެވެ. މީގެ އިތުރުން ވެސް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް އިންގްލެންޑްގެ ރަހީމް ސްޓާލިން އާއި ވޭން ރޫނީ އަށް ވަނީ ލިބިފަ އެވެ.
ރޭ މި ގްރޫޕްގެ އަނެއް މެޗުތަކުން މޯލްޓާ އަތުން ސްލޮވީނިއާ މޮޅުވީ 1-0 އިންނެވެ. އަދި ސްލޮވާކިއާ ވަނީ 4-0 އިން ލިތުއޭނިއާ ބަލިކޮށްފަ އެވެ.
ސެން މެރީނޯ ކޮޅަށް ޖަރުމަނުން ޖެހި އަށް ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހައި ޒުވާން މިޑްފީލްޑަރު ސާޖީ ނަބްރީ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ޔޯނަސް ހެކްޓާ އެވެ. ދެން ލަނޑު ޖެހީ ސެމީ ކެޑީރާ އާއި ކެވިން ވޮލަންޑެވެ. އަނެއް ލަނޑަކީ ސެން މެރީނޯގެ މަޓިއާ ސްޓެފަނެލީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ސްވިޑަން އަތުން ފްރާންސް މޮޅުވީ ފަހަތުން އަރަ އެވެ. އެމީލް ފޯސްބާގް ސްވިޑަން އަށް ލީޑު ނަގައިދީފައިވަނިކޮށް ފްރާންސް މޮޅުކޮށްދިނީ ޕައުލް ޕޮގްބާ އާއި ޑިމިޓްރީ ޕަޔެޓް އެވެ.
ފްރާންސަށް މޮޅެއް، ސްޕެއިން ސަލާމަތްވީ ކިރިޔާ
އާނޯލްޑް ވިދާލި މެޗުން އިންގްލެންޑަށް ފަސޭހަ މޮޅެއް
ފްރާންސް ސެމީ އަށް، އިންގްލެންޑް ކަޓައިފި
އެމްބާޕޭ އަށް ރަތްދޫލަ އަޅައި ނުދޭނަން: ވޯކާ
ޖޭމްސް އާއި ކާންޓޭ އަށް ވޯލްޑް ކަޕް ގެއްލިދާނެ
ކުޅުންތެރިންތަކަކަށް އަނިޔާވުމުން ގަލޭގާ ގައުމީ ޓީމަށް
ބެލްޖިއަމް ވެސް ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ
ސްމިތު ރޯ ފުރަތަމަ ފަހަރަށް އިނގިރޭސި ގައުމީ ސްކޮޑަށް
ގްރީލިޝް އެންމެ ފަހުން ގައުމީ ޓީމަށް ލަނޑެއް ޖަހައިފި
މެޗު ނުކުޅެ ހަތަރު ޓީމު ދެ ވަނަ ބުރަށް ދަތުރުކޮށްފި