Roadha Mihaaru
ޒާހިލް އަށް ލިބުނު އެހީ މިލިއަނަކަށް ވުރެ އިތުރުވެއްޖެ

ޒާހިލް އަށް އެހީގެ ގޮތުގައި މިލިއަނަކަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

11 ނޮވެމްބަރ 2016

ގޮތްނޭނގޭ ބައްޔެއްގެ ޝިކާރައަކަށްވެފައިވާ އިބްރާހިމް ޒާހިލް އަށް އެހީގެ ގޮތުގައި މިހާތަނަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ ކަމަށް އާއިލާ އިން ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގޮތްނޭނގޭ ބައްޔެއްގެ ޝިކާރައަކަށްވެފައިވާ އިބްރާހިމް ޒާހިލް އަށް އެހީގެ ގޮތުގައި މިހާތަނަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ ކަމަށް އާއިލާ އިން ބުނެފި އެވެ.

ޒާހިލްގެ އާއިލާއިން ވާހަކަދެއްކި މީހަކު ބުނިގޮތުގައި ބޭންކް އެކައުންޓަށް އެކަނި ވެސް 1.4 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޖަމާވެފަ އެވެ. އޭނާ ބުނީ ޒާހިލް އަށް އެހީވުމަށް އެކި ކެމްޕެއިންތައް މިހާރުވެސް ހިންގަމުން އަންނާތީ އެހީގެ އަދަދު ދެ މިލިއަނާ ގާތްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ޒާހިލް އަށް ފަރުވާ ހޯދުމަށް ބޭރުގެ ހޮސްޕިޓަލްތަކަށް އާއިލާ އިން ލިޔެކިއުންތައް ފޮނުވުމުން ބެންކޮކުގެ ހޮސްޕިޓަލަކުން ވަނީ އޭނާ އަށް ފަރުވާ ކުރެވޭނެ ކަމަށް ބުނެފަ އެވެ. އަދި އޭނާގެ ބޭސްފަރުވާއަށް، އަންނަ ހުކުރު ދުވަހު ތައިލެންޑަށް ދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އާއިލާއިން ވާހަކަދެއްކި މީހާ ބުންްޏެވެ.

"ބޭސްފަރުވާއަށް ދާންވާއިރަށް އެހީގެ ގޮތުގައި 1.7 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވޭ. މިހާރު އޮންނާނީ ތައިލެންޑަށް ދިއުމަށް ވިސާއަށް ވެސް އެދިފައި،" އޭނާ ބުންޏެވެ.

ހދ. ނެއްލައިދޫ އަށް އުފަން ޒާހިލް ބަލިވެ އުޅޭތާ އެތައް އަހަރެއް ވެއްޖެ އެވެ. އެންމެ ކުޑައިރުއްސުރެ ހަމުގެ ބަލިތަކެއް ތަހައްމަލްކުރަމުން ދިޔަ ޒާހިލް އަށް މިހާރު ވަނީ ގޮހޮރުގެ މައްސަލައެއް ވެސް ދިމާވެފަ އެވެ. އެހެންވެ، އޭނާ އަށް ކާން ދެނީ ހޮޅި ބޭނުންކޮށްގެންނެވެ. ޒާހިލް އަށް އެހީވުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ފައިސާ އެއްކުރުމުގެ ހަރަކާތްތަކެއް ހިންގަމުން އަންނައިރު، ކަޕްކޭކު ވިއްކައިގެން ކޭކު ޑޯނާސް އިން ވަނީ ދެ ފަހަރެއްގެ މަތިން ހަތަރު ލައްކައެއްހާ ރުފިޔާ ހޯދައިފަ އެވެ. އަދި އެކި ރަށްރަށުގައި ވެސް އަންނަނީ ޒާހިލްއަށް އެހީވުމަށް ހަރަކާތްތައް ހިންގަމުންނެވެ. އަދި އެންސްޕާ އިން ވެސް ވަނީ އެހީ ދޭން ނިންމައިފަ އެވެ.