02 މާޗް 2021
މިހާރު ކަނޑައަޅާފައިވާ ގޮތަށް އަންނަ އޭޕްރިލް 10 ގައި ލޯކަލް ކައުންސިލް އިިންތިހާބު ނުބޭއްވޭނެ ކަަމަށްް ގަބޫލުކުރާ ގިނަ ސަބަބުތަކެއް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދުވެސް، ރައްޔިތުންގެ މަޖިލިިހުގެ ކޮމިޓީގައި، ދައްކައިފި އެވެ
މިހާރު ކަނޑައަޅާފައިވާ ގޮތަށް އަންނަ އޭޕްރިލް 10 ގައި ލޯކަލް ކައުންސިލް އިިންތިހާބު ނުބޭއްވޭނެ ކަަމަށްް ގަބޫލުކުރާ ގިނަ ސަބަބުތަކެއް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދުވެސް، ރައްޔިތުންގެ މަޖިލިިހުގެ ކޮމިޓީގައި، ދައްކައިފި އެވެ
އިންތިހާބަށް ކުރިން ކަނޑައަޅާފައިވާ ބަޖެޓަށް ވުރެ އިތުރަށް ފައިސާ ހޯދަން މަޖިލީހަށް ހުށަހަޅާފައި ވާތީ މާލިއްޔަތު ކޮމިޓީގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އޮފިޝަލުން ގެނެސްގެން ފިޒިކަލީ ތަމްރީންނުކުރާ ނަމަ ބޮޑެތި ގޯސްތައް ހެދޭނެކަން ޔަގީންވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ތަމްރީނުގެ އަޖުމަ ބަލަން އީސީން ޑަމީ އިންތިހާބެއް [އިންތިހާބުގެ މާދަރީއެއް] ވަނީ ބާއްވައިފަ އެވެ.
އޮންލައިންކޮށް ތަމްރީނުކުރަން ޖެހެނީ ކޮވިޑް-19 ފެތުރުން ހުއްޓުވަން އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތަކާ ހެދި، މީހުން މާލެ ގެނެސްގެން، ނުވަތަ ޓްރެއިނަރުން ރަށްރަށަށް ފޮނުވައިގެން ޕްރޮގްރާމްތައް ހިންގެން ނެތީމަ އެވެ.
"އަޅުގަނޑުމެން އޮންލައިންކޮށް ބަޔަކަށް ކިޔައިދީގެން ޑަމީ އިންތިހާބެއް ބާއްވައިފިން. ބޭއްވި އިރުގައި ކައުންޓިއަށް، އަޅުގަނޑުމެން އާދައިގެ ފޮއްޓެއް ކައުންޓިންއަށް ނެގި ބާރަ ގަޑިއިރު،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީހުން ގެނެސްގެން ނުވަތަ ތަމްރީންތަކަށ ފޮނުވައިގެން އެކަހަލަ އަޖުމަބެލުން ބޭއްވުމުން ފޮއްޓެއް ގުނަން ހޭދަވާ ވަގުތު ދެ ގުނައަށް ކުޑަވި ކަމަށެވެ.
ޝަރީފް ވިދާޅުވި ގޮތުގައި އިންތިހާބެއްގެ ނަތީޖާ ލަސްވުމުން ރައްޔިތުންގެ ހިތުގައި އިންތިހާބާ މެދު ޝައްކުއުފެދޭނެ އެވެ. އަދި އިންތިހާބެއްގައި ވޯޓުލައި ނިމުމުން ނަތީޖާ އަވަސްކުރުމަކީ އީސީގެ ވަރަށް ބޮޑު އަމާޒެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންވީމާ އޮންލައިންކޮށް އޮފިޝަލުން ތަމްރީނުކޮށްގެން، ވަރަށް ބޮޑެތި ގޯސް ހެދި ބޮޑެތި ނާކާމިޔާބީތަކާ ކުރިމަތިވާނެކަން އޭނާ ފާހަގަކުރެއްވި އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި ބަލިމަޑުކަމުގެ ތެރޭގައި އެގޮތަށް ކަންތައް ވެދާނެކަމަށް އީސީން ކުރިން ވެސް ލަފާކުރި އެވެ.
"ހަގީގަތުގައި ކުރިން އަޅުގަނޑުމެން ވިސްނަން ވެސް ވިސްނިން މި ޕެންޑެމިކް ތެރޭގައި މިހެން ހެދުމާ އެކީގައި [މިއީ] މިހެން ކުރެވިދާނެ ކަމެއްތޯ. ބެލިއިރު އަޅުގަނޑުމެންނަށް ހަމަ ނާކާމިޔާބު ވާނެ. ނާކާމިޔާބުވާނެ ކަމާ މެދު ހަމަ ހުރިހާ މެމްބަރުންނަށް، ކޮމިޝަނުގެ ފަސް މެންބަރުންނަށް ވެސް އިއްތިފާގު ވެވުނީ،" ޝަރީފް ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިހާބު އަންނަ މަހު 10 ގައި ބާއްވަން އީސީން ވަނީ އިއުލާން ވެސް ކޮށްފަ އެވެ. އެ އިންތިހާބަށް ކުރިން ކަނޑައެޅި ބަޖެޓް ލިބިގެން އިންތިހާބު ނުބޭއްވިދާނެ ކަމަށް ކޮމިޝަނުން ބުނާބުނުމާ މެދު މެމްބަރުން ކަންބޮޑުވެ ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި ޝަރީފް ވިދާޅުވީ އިންތިހާބަށް ފައިސާ އިތުރަށް ހޯދަން ޖެހުނީ އެޗްޕީއޭގެ ގައިޑްލައިނުގެ ސަބަބުން ކަމަށެވެ. އެޗްޕީއޭގެ ގައިޑްލައިނަށް އަމަލުކުރާ ނަމަ ވޯޓުލާ 135 މަރުކަޒު އިތުރުކުރަން ޖެހޭ ކަމަށާއި އެހެންވެ 2،000 އަށް ވުރެ ގިނަ އޮފިޝަލުން އިތުރަށް ހޯދަން ޖެހޭ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
މިހާރު ދީފައިވާ ބަޖެޓާއި ވަގުތުގެ ތެރޭގައި ކައުންސިލް އިންތިހާބު ރަނގަޅަށް ނުބޭއްވޭނެ އެހެން ގިނަ އުޒުރުތަކެއް ވެސް ދެއްކެވި އެވެ. އެގޮތުން މާލެ ސަރަަހައްދަށް އިތުރުކުރަން ޖެހޭ ވޯޓިން ސްޓޭޝަންތަކަށްް އިމާރާތް ނުލިބިގެން ޓެންޓްތަކެއް ޖަހަން ޖެހުމަކީ ވެސް ބޮޑު ޕްރޮޖެކްޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭޕްރިލް 10 ގައި އިންތިހާބު ބާއްވަން އުނދަގޫ ކަމަށް ބުނެ، އެ ތާރީހަށް ބަދަލު ގެންނަން އީސީން މަޖިލީހަށް ވެސް އޮތީ ހުށަހަޅައިފަ އެވެ. ނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިންތިހާބުގެ ތާރީހު ދެން ލަސް ނުކުރެވޭނެ ކަމަށެވެ. އީސީން ދައްކާ އުޒުރުތައް އެ މަނިކުފާނު އެދުވަހު ސިފަކުރެއްވީ ގޭގައި ފިލާވަޅު ނުހަދަން އުޅޭ ދަރިވަރަކު ދައްކާ ކަހަލަ އުޒުރުތަކެއްގެ ގޮތުގަ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ހަގީގަތުގައި ބާއްވަން އޮތީ މިދިޔަ އަހަރުގެ އޭޕްރިލްގަ އެވެ. އެކަމަކު ކޮވިޑްގެ ބަލިމަޑުކަން ކުރިމަތިވުމުން އެ އިންތިހާބު ލަސްކުރީ ސަންސެޓް ގާނޫނެއް ފާސްކޮށްގެންްނެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު ބުނާ ގޮތުން އެ ގާނޫނަށް އަމަލުކުރަން ފެށި ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވައި ނިންމަން ޖެހެ އެވެ. އިންތިހާބު ލަސްކުރަން އީސީން މަޖިލީހަށް ހުށަހަޅަން ޖެހުނީ އެހެންވެ އެވެ.
އީސީން އެދޭވަރަށް އިންތިހާބަށް ވަގުތު ދޭން ނިންމައިފި
ކުއްލި ހާލަތު އޮތަސް އިންތިހާބު ބާއްވަން އީސީ ބޭނުންވޭ
ކޯޓަށް ދާންޖެހުނީ އެއީ އަމަލު ކުރާ ގޮތް ކަމަށް ވާތީ
އިންތިޚާބު ފަސް ކުރުމުގެ ބާރު އީސީއަށް އޮތުން ގޯސް
ހުޅުދޫ/މީދޫ ޕެޓިޝަން މަޖިލީހުގެ ރައީސާއި އެލްޖީއޭ އަށް
މަގުމަތިން އަޅުގަނޑު ގެއްލުވާލަން އުޅުނު: ޝަރީފް
ވޯޓު ބާތިލްކުރާނެ ހުއްޖަތެއް ނުދެއްކޭނެ: ޝަރީފް
ސައްހަ ގިނަ ވޯޓުތަކެއް ބާތިލު ކުރުމުން ފިޔަވަޅު އަޅަނީ
އިންތިހާބު ލަސްކުރަން ޖެހޭ ސަބަބެއް ނެތް: އީސީ
މަޖިލިސް އިންތިހާބަށް ކުރިމަތިލާން ހުޅުވާލައިފި