30 ޖުލައި 2019
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާއާ މެދު ހިތްހަމަނުޖެހި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނަށް އިންޒާރު ދީ، ހިންގި ބިރު ދެއްކުމުގެ އަމަލުތަކުގެ ތެރޭގައި އޭނާ މަގުމަތިން ގެއްލުވައިލަން އުޅުނު ކަމަށް އެ ކޮމިޝަން (އީސީ) ގެ ރައީސް އަހްމަދު ޝަރީފް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާއާ މެދު ހިތްހަމަނުޖެހި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނަށް އިންޒާރު ދީ، ހިންގި ބިރު ދެއްކުމުގެ އަމަލުތަކުގެ ތެރޭގައި އޭނާ މަގުމަތިން ގެއްލުވައިލަން އުޅުނު ކަމަށް އެ ކޮމިޝަން (އީސީ) ގެ ރައީސް އަހްމަދު ޝަރީފް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި މިއަދު ވިދާޅުވެއްޖެ އެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހާޒިރުކޮށް، މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝަރީފް ވިދާޅުވީ މަގުމަތިން އޭނާ ގެއްލުވައިލަން އުޅުނު ކަމުގެ ރިޕޯޓް ލިބިވަޑައިގަތީ ފުލުހުންގެ ފަރާތުން ކަމަށެވެ. މިހާތަނަށް އެ ވާހަކަ އާއްމު ނުކުރައްވާ ކަމަށާއި އެފަދަ ކިތަންމެ ބިރު ދެއްކުންތަކެއް ކޮމިޝަންގެ މެމްބަރުންނަށް ކުރިމަތި ކުރުވި ކަމަށް ޝަރީފް ވިދާޅުވި އެވެ.
"މަގުމަތިން އަޅުގަނޑު ދާ އިރު މަޑުކުރުވާފައި، ވީ ނުވީއެއް ނޭނގޭ ގޮތަށް ގެއްލުވާލަން އުޅުނު ކަމުގެ ރިޕޯޓް ޕޮލިހުން އަޅުގަނޑަށް ދިން. ވާހަކަ އަކީ އެ ލެވެލަށް ރިޔާސީ އިންތިޚާބުގެ ނަތީޖާއާ ގުޅިގެން އަޅުގަނޑުމެންނަށް ހެރެސް ކޮށްފައި އެބަހުރި،" ޝަރީފް ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މިދިޔަ ރިޔާސީ އިންތިޚާބު ނާކާމިޔާބުވުމާ އެކު، އީސީގެ މެމްބަރުންނާ ދެކޮޅަށް ޕީޕީއެމުން ސިލްސިލާ އެއްވުންތަކެއް ބޭއްވި އެވެ. އެ އެއްވުންތަކުގައި، ކޮމިޝަންގެ މެމްބަރުން ރިޝްވަތު ނެންގެވި ކަމުގެ ތުހުމަތުތަކަކާއި އިންތިޚާބު އޮޅުވައިލަން ދެލި ފޮހެވޭ ގަލަންތަކަކާއި ލިޔެވޭ އަނގޮޓިތަކެއް ގެނައި ކަމަށް ވެސް ތުހުމަތު ކުރި އެވެ. މި ތުހުމަތުތަކާ ހެދި ކޮމިޝަންގެ މެމްބަރުން ސަލާމަތާއި ރައްކާތެރިކަން ހޯދަން ރާއްޖެ އިން ބޭރުގައި ވެސް ދުވަސްތަކެއް ވަންދެން ތިއްބެވި އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިޚާބުގެ ތެރޭގައި ނުރައްކާތެރި އެތައް ހާލަތެއް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނަށް ކުރިމަތިވި އެވެ. ބައެއް މަންޒަރުތައް ނުވަތަ ހިނގި ކަންކަން މިހާރު ވެސް ހަނދާން ވުމުން ގައިން ހީބިހި ނަގައިގެންދާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ބައެއް މެމްބަރުންގެ ގޭ ދޮށަށް، ރޭގަނޑު މަގުމަތީގައި އުޅޭ ބާޒާރުމަތީ ބަހުރުވައިން ދަންނަވާ ނަމަ ގުންޑާ އިން ގޮސް ދޮރުގައި ތަޅާ އާއިލާ އަށް ބިރު ދައްކާފައި އެބަހުރި އިނގޭތޯ. އަދި އަޅުގަނޑުމެންގެ މުވައްޒަފުން މަގުމަތިން ދަނިކޮށް ފަހަތުން އައިސް ކޮށާލާންވީއޭ ކިޔާފައި ބިރު ދައްކާފައި އެބަހުރި،" ޝަރީފް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި. --ފޮޓޯ/މަޖިލިސް
އޭނާ ވިދާޅުވީ، ރިޔާސީ އިންތިޚާބަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާ ކުރެއްވުމާ ހަމައަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ތިއްބެވީ ނަފްސާނީ ގޮތުން ބިރުވެރި ހާލަތެއްގެ ތެރޭގައި ކަމަށެވެ. އެ މައްސަލަތައް ބަލައިދޭން ފުލުހުންނަށް ހުށަހެޅި ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލަތަކުގެ ތަފްސީލު ފަހުން ނުބެލީ، ސަރުކާރު ބަދަލުވުމާ އެކު ކޮމިޝަންގެ މެމްބަރުންނަށް ވެސް ޝަރީފް ވިދާޅުވި ގޮތުގައި ރައްކާތެރިކަން ޔަގީން ވުމުންނެވެ.
އޭނާ ވިދާޅުވި ގޮތުގައި ޔާމީން، ޔާމީން ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުފުޅު ނުކުރެއްވި ނަމަވެސް އެމަނިކުފާނު އިންތިޚާބުގައި ނާކާމިޔާބުވެވަޑައިގަތި އިލެކްޝަންސް ކޮމިޝަނުން ކޮށްދޭން ޖެހޭ ކަމެއް ނުކޮށްދީ އޮވެގެންނެއް ނޫނެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިންތިޚާބު ކާމިޔާބުވެވަޑައިގަތީ ޔާމީނަށް އެ ކޮމިޝަނުން ނުކޮށްދިން ކަމެއް އެމަނިކުފާނަށް ކޮށްދީގެން ނޫން ކަމަށް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބައްދަލުކުރުން pic.twitter.com/SouJqL53DO
— People's Majlis (@mvpeoplesmajlis) July 30, 2019
މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް އީސީގެ މެމްބަރުން ހާޒިރުކުރުން.
ޝަރީފް ވިދާޅުވި ގޮތުގައި އިންތިޚާބުގައި ރައްޔިތުން ވޯޓު ދިން ގޮތް ހުރިހާ ރަށަކުން އޮތީ ފެންނާށެވެ. ވޯޓު ފޮށި ބެހެއްޓި ހުރިހާ ރަށެއްގައި ވޯޓު އޮޅުވާލައި މަކަރު ހެދުން ފަދަ ކަމަކީ މިހާރު އޮތް ނިޒާމުގައި ނުކުރެވޭނެ ކަމެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.
"އެ ޔަގީން ކުރައްވާ. އިންތިޚާބު އޮޅުވާލަން އަޅުގަނޑުމެން ކުރި އެއްވެސް ކަމެއް ނޯންނާނެ. ވޭތުވެދިޔަ ރިޔާސީ އިންތިޚާބުގައި އާއްމު އުސޫލުން މައުލޫމާތު އާއްމު ނުކުރާ މިންވަރަށް ރިޔާސީ އިންތިޚާބުގައި މައުލޫމާތު އާއްމު ކޮށްދިން ކަން އޭރު އިދިކޮޅުގައި ތިއްބެވި ބޭފުޅުން ވެސް ގަބޫލު ކުރައްވާނެ،" ޝަރީފް ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބު އީސީން ކުރިއަށް ގެންދިޔައީ ދެފުށް ފެންނަ މިނިވަން އިންތިޚާބެއްގެ ގޮތުގައި ކަމަށް ކޮމަންވެލްތުން ބަލައިގަނެފައި ވުމަކީ ވެސް އިންތިޚާބު ރަނގަޅަށް ގެންގޮސްފައިވާ ކަމުގެ ހެއްކެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.
ޔާމީނަށް އިންތިޚާބު ނާކާމިޔާބުވެވަޑައިގަތީ ވޯޓު އޮޅުވާލައިގެން ކަމުގެ ތުހުމަތާ އެކު ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅި އެވެ. ވޯޓު އޮޅުވައިލި ކަމުގެ އެއްވެސް ހެއްކެއް އެ މައްސަލާގައި ދެއްކިފައި ނުވާތީވެ ކޯޓުން ހުކުމްކުރީ އިންތިޚާބު ބާތިލްކުރާނެ ތަނެއް ނެތް ކަަމަށެވެ.
މިނިވަން މުއައްސަސާތައް ވަކި ކޮޅަކަށް މިނިވަންވީމާ ގޯސް
ބިލަށް އަމަލުނުކުރާ ނަމަ އީސީގެ މެންބަރުން ވަކިކުރަނީ
ނަޝާތު އީސީއަށް އައްޔަން ކުރަން ފާސްކޮށްފި
އިންތިހާބާ ދިމާކޮށް މިގޮތަށް ނުފޫޒު ފޯރުވިދާނެތަ؟
އީސީން މިއަދު ވެސް ދެއްކީ އިންތިހާބު ނުބޭއްވޭނެ ސަބަބު
ކުއްލި ހާލަތު އޮތަސް އިންތިހާބު ބާއްވަން އީސީ ބޭނުންވޭ
މަގާމު ހޯދަން ލޮބީ ނުކުރަން ނަޝީދު އެދިވަޑައިގެންފި
އަކްރަމް އީސީން އިސްތިއުފާ ދެއްވައިފި
ސީއެސްސީގެ އާ ރައީސަކަށް ނާސިހު
މިނިވަން މުއައްސަސާތައް މިނިވަންކުރާ ގޮތް ގޯސް!