17 ޖެނުއަރީ 2021
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމަށް، ހެދި "ސަންސެޓު ގާނޫނު" ގައި އޮތް ގޮތަށް އެއް އަހަރުގެ ތެރޭގައި އެ އިންތިޚާބު ބާއްވަން ލާޒިމު ނުވާ ގޮތަށް މާއްދާއެއް އިތުރު ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ނިންމައިފި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމަށް، ހެދި "ސަންސެޓު ގާނޫނު" ގައި އޮތް ގޮތަށް އެއް އަހަރުގެ ތެރޭގައި އެ އިންތިޚާބު ބާއްވަން ލާޒިމު ނުވާ ގޮތަށް މާއްދާއެއް އިތުރު ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ނިންމައިފި އެވެ.
މިއަދު ހަވީރު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ފާސްކުރީ، އިންތިޚާބު އަވަސްކުރަން ސަރުކާރުން މިހާރު ހުށަހަޅާފައިވާ ބިލަށް، މާއްދާއެއް އިތުރުކޮށް، އިންތިޚާބަށް ވަގުތު އިތުރުކުރުމުގެ ފުރުސަތު ހުޅުވާލާފައި ބޭއްވޭ ގޮތަށް ހެދުމަށެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ލަސްކުރަން ޖެހުމުން، ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސްކުރި "ސަންސެޓް ގާނޫނު" ގައި އޮތީ އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަން ޖެހޭނެ ކަަމަށެވެ. އެ މުއްދަތު ހަމަވާނީ އަންނަ މޭ މަހުގެ ނުވަ ވަނަ ދުވަހަށެވެ.
ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އުވައިލުމުން ނޫނީ އިންތިޚާބުގެ ކަންތައް ކުރިއަށް ނުގެންދެވޭ ގޮތަށް އެ ގާނާނޫނުގައި އޮންނާތީ އިންތިޚާބު ލަސްވާ މައްސަލަ އަށް ހައްލެއް ހޯދަން ސަރުކާރުން މިހާރު ވަނީ އެ ގާނޫނަށް އިސްލާހުތަކެއް ހުށަހަޅައިފަ އެވެ.
އިސްލާހުތަކާ އެކު ސަރުކާރުން ހުށަހެޅި ބިލު ދިރާސާކުރަން މިނިވަަން މުއައްސަސާތަކުގެ ކޮމިޓީން ބޭއްވި ބައްދަލުުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ، އިންތިޚާބު ބާއްވަން ޖެހޭނެ މުއްދަތު ކަނޑައަޅައި، "ސަންސެޓް ގާނޫނު" ގައި އޮންނަ މާއްދާ އުވައިލަން އެދިވަޑައިގަންނަވާ ކަމަށެވެ.
އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަން ލާޒިމުކޮށްފައި ވަނީ "ލޯކަލް ކައުންސިލްްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު" ގެ ނަމުގައި ފާސްކޮށްފައިވާ އެ ގާނޫނުގެ ދެވަނަ މާއްދާގެ (ށ) ގަ އެވެ. އެ މާއްދާ އުވައިލަން އީސީން އެދެނީ ކީއްވެތޯ ވިލިމާލެ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމް ކޮމިޓީގައި ސުވާލު ކުރެއްވުމުން ޝަރީފް ވިދާޅުވީ، އެއީ މިހާރު އޮތް ވަރަށް ވުރެ އިތުރަށް ވަގުތު ބޭނުންވާތީ ކަަމަށެވެ. އޭނާ ވިދާޅުވީ މިހާރު އޮތް ގޮތުން ރޯދަމަހާއި ބައިނަލް އަގުވާމީ އިމްތިހާނުތައް އޮންނަ ދުވަސްވަރާ ދިމާވެ، މޭ މަހުގެ ނުވަޔަކަށް އިންތިހާބު ނުނިމިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ހާއްސަ ގާނޫނުގައި ބުނާ އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިޚާބުގެ ކަންތައްތައް ނިންމާ ނަމަ މޭ ނުވައެއްގެ ކުރިން އިންތިޚާބު ނިންމަން ޖެހެ އެވެ.
"މިހާރު އިންތިޚާބު އަޅުގަނޑުމެން ތާވަލް ކޮށްފައި އޮތް ތާރީޚުގެ ތެރެއިން އޭތި ފޯލްވާ، ދެވަނަ ބުރާ އެކީގައި ފޯލް ވާނީ ރޯދަމަސް ތެރެއަށް. ފޯލްވާއިރުގައި އަދި އޭގެ ތެެރެއަށް އެބަ އާދޭ އިންޓަނޭޝަަނަލް އެގްޒާމްތަކެއް. އެހެން ވެއްޖެ ކަމަަށް ވަންޏާ އަޅުގަނޑުމެނަށް ބިރުވެރިކަން އެބައޮތް 10 މޭ އަށް އިންތިޚާބު ނުނިންމޭނެކަމުގެ،" އީސީގެ ރައީސް ވިދާޅުވި އެވެ.
އެ މައްސަލަ އަށް ހައްލެއް ހޯދަން ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ޝަމީމް (އަނދުން ހުސައިން) ހުށަހެޅުއްވީ އިންތިޚާބު ތާރީޚަށް ނުނިމިއްޖެ ނަމަ މަޖިލީހަށް ހުށަހަޅައިގެން ވަގުތު ހޯދޭ ގޮތަށް މާއްދާއެއް އިތުރު ކުރުމަށެވެ. އެގޮތަށް ޝަރީފު ވެސް އެއްބަސްވެވަޑައިގަތެވެ.
އީސީގެ މެމްބަރުންނާ ބައްދަލުކޮށް ނިމުމުން ކޮމިޓީގައި ކުރި މަޝްވަރާގައި އަނދުން ހުސައިން ހުށަހެޅުއްވީ މުއްދަތަަށް ނުނިމޭނެ ކަމަށް ބެލެވިއްޖެ ނަމަ 30 ދުވަހުގެ މުއްދަތެއް އޮއްވައި މަޖިލީހަށް އެ މައްސަލަ ހުށަހަޅަން ޖެހޭ ގޮތަށެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ވިލިމާލެ ދާއިރާގެ މެމްބަރު އުޝާމެވެ. ކޮމިޓީގެ އިއްތިފާގުން ފާސްކުރީ ވެސް އެގޮތަށެވެ.
ނަމަވެސް މިކަމާ މެދު އެންމެ ފަހުގެ ގޮތް ނިންމާނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ނަގާ ވޯޓަކުންނެވެ.
އިންތިޚާބުގައި އަދިވެސް ތަޅު އެޅުވިފައި!
ހިޔާލުތަފާތުވެ އިންތިޚާބު ބާއްވާނެ ތާރީޚެއް ނުނިންމުނު!
ކޯޓަށް ދާންޖެހުނީ އެއީ އަމަލު ކުރާ ގޮތް ކަމަށް ވާތީ
އިންތިޚާބު ފަސް ކުރުމުގެ ބާރު އީސީއަށް އޮތުން ގޯސް
ކައުންސިލް އިންތިޚާބަށް 2،400 މީހުން ކުރިމަތިލައިފި
އެމްޑީޕީއަށް 400 ގޮނޑި، ޕީޕީއެމަށް 325 ގޮނޑި
އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނުކުރަން މިރޭ ފަށަނީ
ތިން ފޮއްޓެއްގެ ވޯޓު މާދަމާ ގުނަން ނިންމައިފި
ހަމަނުޖެހުމާ ގުޅިގެން ޕާޓީތަކުން ހަދަނީ ދޮގު: އީސީ
ވޯޓުލާނެ ކަމަށް ލަފާކުރެވެނީ 38-40 ޕަސެންޓް މީހުން