01 މާޗް 2021
ނިއު ދިއްލީ (މާޗް 1) - އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކޮވިޑް ވެކްސިން މިއަދު ޖައްސަވައިފި އެވެ.
ނިއު ދިއްލީ (މާޗް 1) - އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކޮވިޑް ވެކްސިން މިއަދު ޖައްސަވައިފި އެވެ.
މޯދީ ވެކްސިން ޖައްސަވާފައި މިވަނީ އިންޑިއާގައި ވެކްސިން ޖެހުން ބޮޑު އާބާދީއަކަށް ހުޅުވާލި ފަހުންނެވެ.
އިންޑިއާގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައި ވަނީ ޖެނުއަރީ 16 ވަނަ ދުވަހު އެވެ. އެންމެ ފުރަތަމަ ޖަހަން ފެށީ ހެލްތު ކެއާވޯކަރުންނާއި ފްރަންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށެވެ. މިހާރު ވަނީ އުމުރުން 60 އަހަރުން މަތީގެ މީހުންނާއި އެެހެން ބަލިތަކުގައި އުޅޭ އުމުރުން 45-59 އަހަރާ ދެމެދުގެ މީހުންނަށް ވެކްސިން ޖެހުން ހުޅުވާލައިފަ އެވެ.
އިންޑިއާ ސަރުކާރުގެ ހޮސްޕިޓަލްތަކުން ވެކްސިން ޖަހައިދެނީ ހިލެ އެވެ. ނަމަވެސް ޕްރައިވެޓް ހޮސްޕިޓަލްތަކުން ވެކްސިން ޖަހާއިރު އަގެއް ނަގަ އެވެ.
އުމުރުން 70 އަހަރުގެ މޯދީ ޖައްސަވާފައި ވަނީ ބާރަތު ކުންފުނީގެ ކޮވެކްސިން އެވެ. ވެކްސިން ޖެއްސެވުމަށް ފަހު މޯދީ ވަނީ އެހެން މީހުން ވެސް ވެކްސިން ޖެހުމަށް ހިތްވަރު ދެއްވައި ޓްވީޓެއް ކުރައްވައިފަ އެވެ.
އިންޑިއާ ސަރުކާރުން އަމާޒު ހިފާފައި ވަނީ ޖުލައި މަސް ނިމެންވާއިރަށް 300 މިލިއަން މީހުންނަށް ވެކްސިން ދިނުމަށެވެ. އެކަމަކު މިހާތަނަށް ވެކްސިން ދީފައި ވަނީ 14 މިލިއަން މީހުންނަށް ކަމަށްވާތީ އެ އަމާޒަށް ވާސިލްވެވިދާނެކަމާ މެދު ތަޖްރިބާކާރުންގެ ހިތުގައި ވަނީ ސުވާލު އުފެދިފަ އެވެ.
އިންޑިއާގެ ޑްރަގްސް ރެގިއުލޭޓާ އިން ވަނީ ދެ ވެކްސިނަކަށް ހުއްދަ ދީފަ އެވެ. އެއީ ސީރަމް ކުންފުނިން އުފައްދާ އޮކްސްފޯޑް/އެސްޓްރަޒެނިކާގެ (ކޮވިޝީލްޑް) ވެކްސިން އާއި ބާރަތު ބަޔޯޓެކްގެ ކޮވެކްސިން އެވެ.
އިންޑިއާ އިން މިހާތަނަށް 11 މިލިއަން މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 157،000 މީހުން ވަނީ މަރުވެފަ އެވެ. އިންޑިއާގައި ކޮވިޑް ކޭސްތައް ދާދި ފަހުން ވަރަށް ބޮޑަށް ދަށަށް ދިއުމަށް ފަހު މިހާރު ވަނީ ބައެއް ސްޓޭޓްތަކުގައި އަނެއްކާވެސް އިތުރުވާން ފަށައިފަ އެވެ.
ވެކްސިން ސަޕްލައި ކުރުމުގައި އިންޑިއާ ކުރީގައި
މޯދީ ވެކްސިން ޖައްސަވާނީ ދެވަނަ ބުރުގައި
މާދަމާ ވެކްސިން ފޮނުވަން ފެށޭނެ، މިއީ ފަޚުރެއް: މޯދީ
އިންޑިއާގެ ވެކްސިނުން އިންސާނިއްޔަތަށް އެހީތެރިކަންލިބޭނެ
ގިނަ އަދަދަކަށް ވެކްސިން އުފައްދަން އިންޑިއާ ތައްޔާރު
ވިޔަފާރި އާއި ޓޫރިޒަމް ޕްރޮމޯޝަނަށް ރައީސް މުމްބާއީއަށް
އިންޑިއާ ކޮންސިއުލޭޓެއް އައްޑޫގައި ހަދަން މަޝްވަރާކޮށްފި
"އިންޑިއާގެ އިތުރު ޓޫރިސްޓުންނަށް މަރުހަބާ ކިޔަން"
ރާއްޖެ ވަޑައިގަތުމަށް މޯދީއަށް ދައުވަތު ދެއްވައިފި
ރައީސް މުއިއްޒަށް އިންޑިއާއިން ރަތްދޫލައިގެ މަރުހަބާއެއް