Roadha Mihaaru
އޮޒިލް ރެއާލާ ގުޅުނީ ވެންގާ އަށް ވައުދެއްވުމަށް ފަހު

އޮޒިލް ރެއާލާ ގުޅުނީ ވެންގާ އަށް ވައުދެއްވުމަށް ފަހު

11 ނޮވެމްބަރ 2016

ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު އޮތް ވޯލްޑް ކަޕުން ޖަރުމަން ކެޓީ ސެމީ ފައިނަލުން ސްޕެއިން އަތުން ބަލިވުމުންނެވެ. އެ މުބާރާތުގައި ޖަރުމަނަށް ލިބުނު އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އުއްމީދީ ތަރިއެއް ފެނުމެވެ. އެއީ ވާޑާ ބްރެމެން އަށް އޭރު ކުޅެމުން އައި މެސުޓް އޮޒިލް އެވެ. ޔޫރަޕްގެ ނަން މަޝްހޫރު ހުރިހާ ކްލަބްތަކުން އޮޒިލްގެ ސޮއި ހޯދަން އަވަސްވެގަތެވެ. އޭގެ ތެރޭގައި އޭނާ މިހާރު ކުޅެމުން އަންނަ އާސެނަލް ހިމެނެ އެވެ. އެކަމަކު އޮޒިލް ގުޅުނީ ރެއާލް މެޑްރިޑާ އެވެ. އޭރު އޭނާ ހޯދަން މަސައްކަތްކުރި އާސެނަލްގެ ކޯޗު އާސެން ވެންގާ އަށް ވައުދެއް ވުމަށް އޭނާ މެޑްރިޑަށް ސޮއިކުރި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

"ވޯލްޑް ކަޕަށް ފަހު އަހަންނާ ފުރަތަމަ ގުޅީ ވެންގާ. އެކަމަކު އަހަރެން ރެއާލާ ގުޅުނީ ޒައިނުއްދީން ޒިދާނަކީ އަހަރެންގެ ހީރޯ. އޭނާ ކުޅުނު ކްލަބަކަށް ކުޅުމުގެ ފުރުސަތު ލިބޭނީ މަދު ފަހަރަކު. އެ ފުރުސަތު ގެއްލެން އަހަރެން ބޭނުމެއް ނުވި،" އާސެނަލްގެ ރަސްމީ ވެެބްސައިޓަށް ދިން އިންޓަވިއުއެއްގައި އޮޒިލް ބުންޏެވެ.

"އެކަމަކު އަހަރެން ވެންގާ އަށް ވައުދެއްވިން. އެއީ ރެއާލް ދޫކޮށްލުމަށް ފަހު އަހަރެން އެންމެ ފުރަތަމަ އިސްކަމެއް ދޭނީ އާސެނަލް އަށް ކަމަށް. އެ ވައުދު ފުއްދިއްޖެ. ވެންގާ އަކީ މޮޅު ކޯޗެއް. އޭނާއާ އެކު މަސައްކަތްކުރަން އަބަދުވެސް ބޭނުން."

ރެއާލްގައި ތިން ސީޒަން ހޭދަކުރިއިރު އޮޒިލް ވަނީ އެ ޓީމާ އެކު ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕް އަދި ސްޕެނިޝް ސުޕަ ކަޕް ހޯދައިފަ އެވެ. އޮޒިލް ބުނީ ރެއާލާ ގުޅުމަކީ އޭނާގެ ކެރިއަރުގައި ކުރިއަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

"ރެއާލަކީ އާދައިގެ ކްލަބެއް ނޫން. ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗަކުން 1-1 އިން އެއްވަރުވުމަކީ ރެއާލް ސަޕޯޓަރުންނަށް ފަރުޖައްސާލެވޭ ކަމެއް ނޫން. އެއީ މި ޓީމަކީ ކޮންމެ މެޗެއް ވެސް މޮޅުވާން ކުޅޭ ޓީމެއް. އެ ނޫން ނަތީޖާއެއް އެންމެ މެޗަކުން ނުކުތް ނަމަވެސް ޕްރެޝަރު ބޮޑުވޭ. އެ ފަދަ ޕްރެޝަރެއްގައި ކުޅެގެން އަހަރެންނަށް މި ހިސާބަށް އާދެވުނީ،" އޮޒިލް ބުންޏެވެ.

އޮޒިލް އާސެނަލާ ގުޅުނީ 2013 ވަނަ އަހަރު އެ ކްލަބްގެ ރެކޯޑް އަގަކަށެވެ. އޮޒިލް ހޯދުމަށް އާސެނަލުން ރެއާލަށް 42.5 މިލިއަން ޕައުންޑް ދެއްކި އެވެ. އޮޒިލް ވަނީ މިހާތަނަށް އާސެނަލާ އެކު އެފްއޭ ކަޕް ދެ ފަހަރު އަދި ޗެރިޓީ ޝީލްޑް އުފުލާލައިފަ އެވެ.