Roadha Mihaaru
ހައުސިން ލޯނު ދެވަނަ ކުއާޓަރުގައި ދޭން ފަށަނީ

ރާއްޖޭގެ އެންމެންނަށް ދެވަނަ ކުއާޓަރުގައި ހައުސިން ލޯނު ދޫކުރަން ފަށަނީ

25 ފެބުރުއަރީ 2021

ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ހާއްސަކޮށް، މި އަހަރުގެ ދެވަނަ ކުއާޓަރުގައި ހައުސިން ލޯނު ދޫކުރަން ފަށާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ހާއްސަކޮށް، މި އަހަރުގެ ދެވަނަ ކުއާޓަރުގައި ހައުސިން ލޯނު ދޫކުރަން ފަށާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ، އެޗުޑީއެފްސީ މެދުވެރިކޮށް ލޯނު ދޫކުރުމުގެ ފުރުސަތު ދޭނެ ކަމަށެވެ. މިހާރު އޮތް ގޮތުން ލޯނު ލިބެނީ މާލެ އާއި އިތުރު 11 ރަށެއްގައި ގެ ހެދުމަށް ކަމަށާއި ނަމަވެސް އަލުން ލޯނަށް ހުޅުވައިލާނީ ހުރިހާ ރަށެއް ވެސް ހިމެނޭ ގޮތަށް ކަމަށް އަސްލަމް ވިދާޅުވި އެވެ.

އެޗްޑީއެފްސީން ވަނީ ކޮވިޑާ ގުޅިގެން ލޯނު ނަގާފައިވާ މީހުންނަށް ލޯނު ދެއްކުން ފަސް ކޮށްދީފަ އެވެ. އެހެންވެ، ލޯނު ދިނުން ވަގުތީ ގޮތުން ވަނީ މެދުކަނޑާލައިފަ އެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި، އެޗުޑީއެފްސީ މެދުވެރިކޮށް އަނެއްކާ ވެސް ލޯނު ނެގުން މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި ފަށާނެ އެވެ.

"އެ ޕްރޮގްރާމް ފެށިގެންދާއިރު، އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، ހައުސިން ލޯނުގެ ގޮތުގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ރައްޔިތުނަށް ހުޅުވައިލާނަން،" އޭނާ ވިދާޅުވި އެވެ.

މި ލޯނުތަކުގެ އަގު ބަހައްޓާނީ ބައި މިލިއަނާއި އެއް މިލިއަނާ ދެމެދުގެ އަގުތަކެއްގައި ކަމަށާއި އިންޓްރެސްޓް ރޭޓު ވެސް ކުޑަވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. މި ޕްރޮގްރާމުގައި މެދު ފަންތީގެ މީހުންނަށް ލޯނު ލިބޭނެ އެވެ.

ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ގެދޮރު އަޅަން 500 މިލިއަން ރުފިޔާގެ ލޯނު ހަމަޖައްސާފައިވާ ކަމަށް ސަރުކާރުން ބުނެފައި ވެ އެވެ.

ރަށްރަށުގެ ރައްޔިތުންނަށް ލޯނު ދޫކުރާ އިރު މާލޭގެ ރައްޔިތުންނަށް ބޯހިޔަވަހިކަން ދިނުމުގައި ވެސް ހަތަރު ކެޓަގަރީއަކަށް ބަހާލައިގެން އަމަލު ކުރާނެ ގޮތްތައް މިނިސްޓަރު އަސްލަމް ވަނީ ހާމަކޮށްދެއްވައިފަ އެވެ. ޕްލޭނިން މިނިސްޓްރީން ކުރި ދިރާސާއަކުން ވަނީ މާލެ އިން އެކަނި ބޯހިޔާވަހިކަން ބޭނުންވާ 17،000 އާއިލާ އުޅޭ ކަމަށް ދައްކައިފަ އެވެ. މީގެ ތެރެއިން 2،560 އާއިލާއެއް ހިމެނެނީ ފަގީރު އާއިލާތަކުގެ ތެރޭގަ އެވެ. ލޯވާ/މިޑުލް އިންކަމް އާއިލާތަކުގެ އަދަދަކީ 4،098 އެވެ. މިޑުލް އިންކަމް އާއިލާތަކުގެ ގޮތުގައި 5،634 އާއިލާ ހިމެނެ އެވެ. މުއްސަނދިންގެ ގޮތުގައި 4،780 އާއިލާ ހިމެނޭ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.