Roadha Mihaaru
ސެމްސަންގު ފަތްޖެހި ފޯނު ތަޖުރިބާކޮށްލަން 100 ދުވަސް

ސެމްސަންގުގެ ފަތްޖެހި ފޯނު 100 ދުވަހު ގެންގުޅެފައި ރައްދުކުރެވޭނެ

25 ފެބުރުއަރީ 2021

ސެމްސަންގުން މިދިޔަ އަހަރު ނެރުނު ފަތްޖެހި ފޯނު ދުވަސްކޮޅަކަށް ތަޖުރިބާކޮށްފައި ބޭނުން ނުވާ ނަމަ ރައްދުކުރެވޭ ގޮތަށް ފަށާފައިވާ ސްކީމްގެ މުއްދަތު ތިން މަހަށް އިތުރުކޮށް ފޯނުގެ ދެ މޮޑެލްއެއް ތަޖުރިބާކޮށްލަން ފުރުސަތު ހުޅުވާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސެމްސަންގުން މިދިޔަ އަހަރު ނެރުނު ފަތްޖެހި ފޯނު ދުވަސްކޮޅަކަށް ތަޖުރިބާކޮށްފައި ބޭނުން ނުވާ ނަމަ ރައްދުކުރެވޭ ގޮތަށް ފަށާފައިވާ ސްކީމްގެ މުއްދަތު ތިން މަހަށް އިތުރުކޮށް ފޯނުގެ ދެ މޮޑެލްއެއް ތަޖުރިބާކޮށްލަން ފުރުސަތު ހުޅުވާލައިފި އެވެ.

"ބައި އެންޑް ޓްރައި" ގެ ނަމުގައި ފަށާފައިވާ ޕްރޮގްރާމްގައި ކުރިން ދެނީ 15 ދުވަހުގެ މުއްދަތު ކަމަށް ވިޔަސް އެ މުއްދަތު މިހާރު 100 ދުވަހަށް ހަމަޖައްސާފައި ކަމަށް އަންގާރަ ދުވަހު ސެމްސަންގުން ބުންޏެވެ. މިއާ އެކު އެ މުއްދަތަށް އެ ކުންފުނީގެ ގެލެކްސީ ޒީ ފޯލްޑް2 5ޖީ އާއި ޒީ ފްލިޕް 5ޖީ ވެސް ތަޖުރިބާކޮށްލެވޭނެ އެވެ.

އަންނަ އެޕްރީލް 1 އިން ފެށިގެން ސެމްސަންގްގެ ވެބްސައިޓުން ހާއްސަ އަގުތަކެއްގައި ދެ މޮޑެލް ވެސް ގަންނަން ލިބޭނެ އެވެ. މިހާރު ގެލެކްސީ ޒީ ފޯލްޑް2 5ޖީ ގެ އަގަކީ 1،999.99 ޑޮލަރު ކަމަށް ވިޔަސް ޑިސްކައުންޓަކާ އެކު 1،499.99 ޑޮލަރަށް ލިބޭނެ އެވެ. އަދި ސެމްސަންގް ޒީ ފްލިޕް 5ޖީ 1،199.99 ޑޮލަރުގެ ބަދަލުގައި 649.99 ޑޮލަރަށް ލިބޭނެ އެވެ.

ސެމްސަންގް ޒީ ފްލިޕް 5ޖީ ފޯނެއް.

ސެމްސަންގް ޒީ ފްލިޕް 5ޖީ ފޯނެއް.

އެ ދެ މޮޑެލް ގަނެގެން 100 ދުވަހަށް ބޭނުންކޮށްފައި، ހިތްހަމަޖެހޭ އެއްޗަކަށް ނުވާ ނަމަ އެ މުއްދަތު ހަމަވުމުން ފޯނު ގަތް އަގު އެއްކޮށް ލިބޭ ގޮތަށް ރައްދުކުރެވޭނެ އެވެ.