16 ފެބުރުއަރީ 2021
ކަސްޓަމަރުންނަށް މަހުން މަހަށް ފިކްސްޑް ބިލެއް ދެއްކޭނެ ގޮތަށް "އީކުއަލް ޕޭމެންޓް ސިސްޓަމް"ގެ ނަމުގައި ޕޭމެންޓް ޕްލޭނެއް ސްޓެލްކޯ އިން މިއަދު ތައާރަފުކޮށްފި އެވެ.
ކަސްޓަމަރުންނަށް މަހުން މަހަށް ފިކްސްޑް ބިލެއް ދެއްކޭނެ ގޮތަށް "އީކުއަލް ޕޭމެންޓް ސިސްޓަމް"ގެ ނަމުގައި ޕޭމެންޓް ޕްލޭނެއް ސްޓެލްކޯ އިން މިއަދު ތައާރަފުކޮށްފި އެވެ.
އެ ކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ ވިދާޅުވީ، މި ޕްލޭނާ އެކު ކަސްޓަމަރުންނަށް ކޮންމެ މަހެއްގައި ކަރަންޓަށް ހޭދަކުރަން ބޭނުންވާ ވަރު ބަޖެޓު ކުރެވޭނެ ކަމަށެވެ. މިސާލަކަށް މިދިޔަ އަހަރު ކަރަންޓަށް ކުރި ޖުމުލަ ހޭދައިން ކޮންމެ މަހަކަށް ޖެހޭ އަދަދު، މި އަހަރުގެ ކޮންމެ މަހެއްގައި ދެއްކިދާނެ އެވެ.
މުގުނީ ވިދާޅުވީ، މިފަދަ ޕްލޭނެއް ތައާރަފުކުރީ މިދިޔަ ދެ އަހަރުގެ ކަސްޓަމަރުންގެ ރިވިއުއަށް ބެލުމަށް ފަހު ކަމަށެވެ.
"ފީޑްބެކްގެ އަލީގައި މިފަދަ ޕްލޭނެއް ތައާރަފު ކުރަން ނިންމީ. މި ކަހަލަ ޕްލޭނަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ގެންގުޅޭ ޕްލޭނެއް. އަޅުގަނޑުމެންގެ އުންމީދަކީ މި ޕްލޭންގެ ފައިދާ އިހުސާސްވެ، މީގެ ބޭނުން ގިނަ ކަސްޓަމަރުން ބޭނުންކުރުން،" އޭނާ ވިދާޅުވި އެވެ.
ސްޓެލްކޯގެ އީކުއަލް ޕޭމެންޓް ސިސްޓަމްގައި ބައިވެރިވާ ކަސްޓަމަރުންނަށް ބިލް ބަޖެޓްކޮށް، ކޮންމެ މަހެއްގައި ވެސް ބިލަށް ބޭނުންވާ އަދަދު ކަނޑައެޅޭނެ އެވެ. އެ މަހެއްގައި ބިލަށް ދައްކަން ކަނޑައަޅާ އަދަދު ފިޔަވައި އިތުރަށް ފައިސާ ދައްކާކަށް ނުޖެހޭނެ އެވެ.
އީކުއަލް ޕޭމަންޓް ޕްލޭނަކީ ގޭގެއިން ކަރަންޓު ބޭނުންކުރާ ނިސްބަތުގެ އެވްރެޖަށް ބަލައި ކޮންމެ މަހަކު ވެސް އެއް އަދަދަކުން ފައިސާ ދެއްކޭނެ ގޮތަށް ތައްޔާރު ކޮށްފައިވާ ޕްލޭނެކެވެ. މި ޕްލޭންގައި ބައިވެރިވެވޭނީ ކޮންމެ ގެއެއްގެ ވެސް ވެރި ފަރާތަށެވެ. ގޭގައި ކުއްޔަށް އުޅޭ މީހުންނަށް ޕްލޭންގައި ބައިވެރިވުމަށް ގޭގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތް ކަން އެނގޭ ލިޔުމެއް ބޭނުންވާނެ އެވެ.
ސްޓެލްކޯއިން ބުނިގޮތުގައި، މި ޕްލޭންގައި ބައިވެރިވުމަށްޓަކައި ހުރިހާ ކަރަންޓު ބިލްތަކަށް ފައިސާ ދައްކާފައި ހުންނަން ޖެހޭނެ އެވެ. މި ގޮތަށް މަހުން މަހަށް ދައްކަން ޖެހޭ އަދަދު ކަނޑައަޅާނީ ފާއިތުވެދިޔަ 12 މަސް ދުވަހުގެ ކަރަންޓް ބޭނުންކޮށްފައިވާ ވަރު ބެލުމަށް ފަހު އެވްރެޖު ޔޫސޭޖެއް ކަނޑައަޅައިގެންނެވެ. އެއީ އަލަށް ކަރަންޓު ބޭނުން ކުރާ ގެއެއް ނަމަ އެ ތަނެއްގެ ކުޑަ ބޮޑުމިނާއި ބޭނުން ކުރަ ތަކެތީގެ ލޯޑަށް ބެލުމަށް ފަހު އަދަދެއް ކަނޑައަޅާނެ އެވެ.
މި ޕްލޭނާ އެކު ކަރަންޓު ބިލަށް ގިނައިން އަރާ މަސް މަހު މަދު އަދަދަކުން ފައިސާ ދެއްކޭނެ ގޮތް ވާނެ އެވެ. މުޅި އަހަރަށް ކަރަންޓު ބިލް ދެއްކުމުގެ ބަޖެޓިން ޕްލޭނެއް އެކުލަވައިލެވޭނެ އެވެ. މި ޕްލޭންގެ ދަށުން ކޮންމެ ހަ މަހަކުން އެވްރެޖް ޔޫސޭޖްގެ އަދަދު ރިވިއުކުރާނެ އެވެ. މިގޮތަށް ރިވިއު ކުރާ އިރު ބިލަށް އިތުރަށް ފައިސާ ދެއްކިއްޖެ ނަމަ އެބައި ދެން އަންނަ ބިލުތަކުން ކަނޑާނެ އެވެ. ބިލަށް މަދުން ދެއްކިއްޖެ ނަމަ ދައްކަން ޖެހޭ ބައި ބަހާލައިގެން ދެއްކުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ އެވެ.
ސްޓެލްކޯ، އަންހެނުންނަށް ހިތްވަރުދޭ ނަމޫނާ ކުންފުންޏެއް
ސްޓެލްކޯ:ހުރިހާ ހިދުމަތެއް ސެޓިފައިކުރި ފުރަތަމަކުންފުނި
ހިޔާ ފްލެޓްތަކުގައި ހަރުކުރާނީ ސްމާޓް މީޓަރު: މުގުނީ
ކަރަންޓު ކެނޑުނީ ޖަނަރޭޓަރުތައް ނިވިގެން: މުޣުނީ
ތިނަދޫގެ އާ އިންޖީނުގޭގެ މަސައްކަތް ފަށައިފި
ގްރިޑް ޕްރޮޖެކްޓާއެކު މައްސަލައަށް ދާއިމީ ހައްލެއް
ހަތަރު މަހުގެ ކަރަންޓު ބިލް ބަހާލައިގެން ދެއްކޭނެ
ޖޫންގެ ކަރަންޓްބިލުން 40 ޕަސެންޓް ޑިސްކައުންޓް
ސްޓެލްކޯއިން ކަރަންޓީން ފެސިލިޓީތަކަށް ބޮޑު ހޭދައެއް
"ކަރަންޓު ފޯރުކޮށްދިނުމުގައި އިތުބާރު ގާއިމް ކުރާނަން"