07 ފެބުރުއަރީ 2021
އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ ސްޓެންޑަޑައިޒޭޝަން (އައިއެސްއޯ) ގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް، 9001:2015 ސެޓިފިކޭޝަން ސްޓެލްކޯ އިން ހާސިލްކޮށްފި އެވެ.
އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ ސްޓެންޑަޑައިޒޭޝަން (އައިއެސްއޯ) ގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް، 9001:2015 ސެޓިފިކޭޝަން ސްޓެލްކޯ އިން ހާސިލްކޮށްފި އެވެ.
މިއާއެކު، ސްޓެލްކޯ އަށް ވަނީ މި ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ތެރެއިން މުޅި ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓުތަކާއި ޕްރޮސެސްތައް އަދި ހިދުމަތްތައް ސެޓިފައިވި ފުރަތަމަ ދިވެހި ކުންފުނީގެ ޝަރަފު ލިބިފަ އެވެ.
އައިއެސްއޯ މިންގަނޑުތަކަކީ ކުންފުނިތަކުން ފޯރުކޮށްދޭ ހިދުމަތް ވަކި ފެންވަރެއްގައި ހުރިތޯ ބެލުމަށް ފަހު، ކަނޑައަޅާ ބައިނަލްއަގުވާމީ ވަކި މިންގަނޑެކެވެ. އައިއެސްއޯގެ ފެންވަރަށް ސެޓިފައި ކޮށްދެނީ އެއީ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމްގައި ފުރިހަމަވާން ޖެހޭ ހުރިހާ މިންގަނޑަކަށް ތަބާވެ، އެ މިންގަނޑުތަކަށް އަމަލު ކުރަމުންދާކަން ޔަގީންކޮށްދެވޭ ކުންފުންޏަކަށް ވުމުންނެވެ.
ސްޓެލްކޯއިިން ދޭ ހިދުމަތްތައް ކަމަށްވާ ކަރަންޓު އުފެއްދުމާއި ކަރަންޓު ފޯރުކޮށްދިނުމާއި ކަރަންޓުގެ ހިދުމަތް ދިނުމަށް ހިންގާ ޕްރޮޖެކްޓްތަކާއި ފެން އުފެއްދުމާއި ފުޅީގައި ފެން ބަންދުކުރުމާއި ނަރުދަމާ އާއި ސްޓެލްކޯ ސޭލްސް ސެންޓަރުން ފޯރުކޮށްދޭ ހިދުމަތްތަކާއި ސޯލާ ޕެނަލް ހަރުކުރުމާއި ވިއްކުން ވަނީ އައިއެސްއޯގެ 9001:2015 މިންގަނޑަށް މިހާރު ސެޓިފައި ކޮށްދީފަ އެވެ.
މި ސިސްޓަމަށް ސްޓެލްކޯ ސެޓިފައި ކޮށްދީފައި ވަނީ އިނގިރޭސި ވިލާތުގެ އައިއެސްއޯ ކޮލިޓީ ސާވިސަސް ލިމިޓެޑުންނެވެ. މި ސްޓޭންޑަޑަކީ ދުނިޔޭގެ އެންމެ މަޝްހޫރު ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް ސްޓޭންޑެޑް އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ، އެ ކުންފުނީގެ ހިންގުމުގެ ފެންވަރު އައިއެސްއޯ ސްޓޭންޑެޑަށް ގެނެވުމަކީ ހާސިލް ކުރެވުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
އެ ކުންފުނި އައިއެސްއޯ ސްޓެންޑެޑަށް ސެޓިފައި ކޮށްފައިވާއިރު، ކުންފުނިން ވަނީ މިދިޔަ ދެ އަހަރުގެ ތެރޭގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފަ އެވެ. އެގޮތުން 2019 ވަނަ އަހަރު ސީޖީ އެފޯޓްސް އެވޯޑާއި ޕަބްލިކް އެންޓަޕްރައިޒް އޮފް ދި އިޔާގެ އެވޯޑް ލިބިފައިވެ އެވެ. އަދި 2020 ގައި ބައިނަލްއަގްވާމީ ދެ އެވޯޑެއް ކަމަށްވާ އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑްސްގެ ޑުރީމް ކޮމްޕެނީސް ޓު ވޯކްފޯ ފަދަ އެވޯޑުތައް ލިިބިފައިވެ އެވެ.
ސްޓެލްކޯ، އަންހެނުންނަށް ހިތްވަރުދޭ ނަމޫނާ ކުންފުންޏެއް
ބޮޑު ބަދަލެއް، ކަރަންޓު ބިލް މިހާރު އެއްވަރުކުރެވޭނެ
ހިޔާ ފްލެޓްތަކުގައި ހަރުކުރާނީ ސްމާޓް މީޓަރު: މުގުނީ
ކަރަންޓު ކެނޑުނީ ޖަނަރޭޓަރުތައް ނިވިގެން: މުޣުނީ
ތިނަދޫގެ އާ އިންޖީނުގޭގެ މަސައްކަތް ފަށައިފި
ގްރިޑް ޕްރޮޖެކްޓާއެކު މައްސަލައަށް ދާއިމީ ހައްލެއް
ހަތަރު މަހުގެ ކަރަންޓު ބިލް ބަހާލައިގެން ދެއްކޭނެ
ޖޫންގެ ކަރަންޓްބިލުން 40 ޕަސެންޓް ޑިސްކައުންޓް
ސްޓެލްކޯއިން ކަރަންޓީން ފެސިލިޓީތަކަށް ބޮޑު ހޭދައެއް
"ކަރަންޓު ފޯރުކޮށްދިނުމުގައި އިތުބާރު ގާއިމް ކުރާނަން"