15 ފެބުރުއަރީ 2021
ގްރީން ފަންޑުން މިދިޔަ އަހަރު 350 މިލިއަން ރުފިޔާ ތިމާވެށީގެ ޕްރޮޖެކްޓްތަކަށް ހޭދަކޮށްފި އެވެ.
ގްރީން ފަންޑުން މިދިޔަ އަހަރު 350 މިލިއަން ރުފިޔާ ތިމާވެށީގެ ޕްރޮޖެކްޓްތަކަށް ހޭދަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި ގްރީން ފަންޑުން މިދިޔަ އަހަރު 36 ޕްރޮޖެކްޓަކަށް ހޭދަކޮށްފައިވެ އެވެ. އޭގެ ތެރޭގައި އެންމެ ބޮޑު ހަރަދެއް ކުރީ އއ. ރަސްދޫގެ ކޯސްޓަލް ޕްރޮޓެކްޝަންއަށެވެ. އެގޮތުން އެ ރަށުގެ އެ މަސައްކަތަށް ހަ މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
މީގެ އިތުރުން 23 ރަށެއްގެ ސްވަރޭޖް ސިސްޓަމް ވެސް ގާއިމްކޮށްފައިވެ އެވެ. އަދި އައްޑޫގައި ވޭސްޓް މެނޭޖްމެންޓް ފެސިލިޓީއެއް ގާއިމް ކުރަން ފަސް މިލިއަން ރުފިޔާ ގްރީން ފަންޑުން ހޭދަކޮށްފައިވެ އެވެ. މާލެ ސަރަހައްދުގެ ކުނި މެނޭޖް ކުރުމަށްޓަކައި 2.3 މިލިއަން ރުފިޔާ ވެސް ހޭދަކޮށްފައިވެ އެވެ.
މިދިޔަ އަހަރު ގްރީން ފަންޑަށް ޖުމްލަ 809 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ގްރީން ޓެކްސް ނަގަން އެންމެ ފުރަތަމަ ފެށީ 2015 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ ނަގަން ފެށީ ރިސޯޓުތަކާއި ހޮޓާތަކުގެ އިތުރުން ސަފާރީތަކުގައި ތިބޭ ބޭރުގެ ޓޫރިސްޓުންގެ އަތުންނެވެ. ދިވެހިންނާއި ރެސިޑެންޓް ވިސާގައި ރާއްޖޭގައި ތިބޭ ބޭރު މީހުން ފިޔަވައި އެހެން ބިދޭސީންގެ އަތުން ދުވާލަކަށް ހަ ޑޮލަރުގެ މަގުން ނަގާ މި ޓެކްސް ގެސްޓު ހައުސްތަކުން ނަގަން ފެށީ އޮކްޓޫބަރު 2016 ން ފެށިގެންނެވެ.
ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއް
ފުރަތަމަ ކުއާޓާގައި ގްރީން ޓެކްސްއަށް 214 މިލިއަން
ގްރީން ޓެކްސްގެ އާމްދަނީ ހަަތަރު މިލިޔަނަށް ވުރެ ދަށަށް
ގްރީން ޓެކްސްއަށް އޭޕްރީލްގައި ލިބުނީ 35.7 މިލިއަން
އަންނަ އަހަރު ރިޒާވް 705 މިލިއަން ޑޮލަރަށް އަރާނެ
ތެލުވެލިގާ ރިސޯޓު ވިއްކާލަން އަނެއްކާވެސް ހުއްދަ ދީފި
ލޯނު ނުދެއްކުމުން ހެވީލޯޑްގެ 3 ރަށެއް ވިއްކާލަނީ
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
ޓެކްސްތައް ބޮޑުކޮށްގެން 2.7 ބިލިއަންގެ އާމްދަނީއެއް
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ