11 ފެބުރުއަރީ 2021
ސެވިލް (ފެބްރުއަރީ 11) - ސްޕެނިޝް ކަޕްގެ ސެމީ ފައިނަލް ފުރަަތަމަ ލެގުގައި ރޭ އިވާން ރަކިޓިޗް ޖެހި ގޯލާ އެކު ސެވިއްޔާ އިން 2-0 އިން ބާސެލޯނާ ބަލިކޮށްފި އެވެ.
ސެވިލް (ފެބްރުއަރީ 11) - ސްޕެނިޝް ކަޕްގެ ސެމީ ފައިނަލް ފުރަަތަމަ ލެގުގައި ރޭ އިވާން ރަކިޓިޗް ޖެހި ގޯލާ އެކު ސެވިއްޔާ އިން 2-0 އިން ބާސެލޯނާ ބަލިކޮށްފި އެވެ.
ބާސެލޯނާއާ އެކު 11 ތަށި އުފުލާލި ރަކިޓިޗް އެ ޓީމު ދޫކޮށް ސެވިއްޔާ އަށް ބަދަލުވީ މި ސީޒަނުގަ އެވެ. ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު ރަކިޓިޗް އުފާފާޅުނުކުރެ އެވެ. އެއީ ކުރީގެ ޓީމަށް އިހުތިރާމް އަދާކުރުމުގެ ގޮތުންނެވެ.
ސެވިއްޔާ ދަނޑުގައި ރޭ ކުޅުނު މެޗުގެ 25 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ ފަހަތަށް ކުޅޭ ޖޫލްސް ކޫންޑޭ އެވެ. އަމިއްލަ ހާފްގެ ތެރެއިން ކޫންޑޭ ހިފައިގެންދިޔަ ބޯޅަ އެ ޓީމުގެ އެހެން ކުޅުންތެރިންނަށް ޕާސް ކުރުމަށް ފަހު އަލުން ހޯދައިގެން ބާސެލޯނާގެ އޭރިއާތެރެއަށް ވަދެ ވަނީ ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފަ އެވެ.
މެޗުގެ ކުރީކޮޅުގައި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ފޮނުވާލި ބޯޅައެއް ސެވިއްޔާގެ ކީޕަރު ބޯނޯ ވަނީ މަތަކޮށްފަ އެވެ. މެޗު ނިމެން ފަސް މިނިޓަށް ވެފައިވަނިކޮށް ރަކިޓިޗް ސެވިއްޔާގެ ލީޑުފުޅާކޮށްދިނީ އޮލިވާ ޓޮރޭޒް ދިން ބޯޅައަކުންނެވެ.
މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދަން ބާސެލޯނާ އިން އަމިއްލަ ދަނޑުގައި އަންނަ މަހު ހަތަރެއްގައި ސެވިއްޔާއާ ދެކޮޅަށް ކުޅޭ މެޗުން ބޮޑު މޮޅެއް ހޯދުން މިހާރު ވަނީ މަޖުބޫރުވެފަ އެވެ. ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނީ ރޭގެ މެޗުގެ ނަތީޖާ އެންމެ އިންސާފުވެރިކަމަށް ގަބޫލުނުކުރާ ކަމަށެވެ.
"މާ ބޮޑު އެޑްވާންޓޭޖެއް އެ މީހުންނަށް (ސެވިއްޔާ އަށް) ނެގޭ ގޮތަށް ދިޔަ މެޗެއް ނޫން. އެކަމަކު 2-0 އެއީ އެ މީހުންނަށް ބޮޑު ލީޑެއް. އެކަމަކު އަހަރެމެން ދުލެއް ނުދޭނަން. އަމިއްލަ ދަނޑުގައި އެ ވަރުގެ ނަތީޖާއެއް އަނބުރާލުމަކީ ބާސެލޯނާ ކަހަލަ ޓީމަކަށް ވާނެ ކަމެއް،" ކޫމަން ބުންޏެވެ.
ސެވިއްޔާގެ ކޯޗު ހުލެން ލޮޕެޓެގީ ބުނީ ފުރަތަމަ ލެގުން މޮޅުވި ކަމަށް ވިޔަސް ފައިނަލުގެ ޖާގަ ޔަގީންވީ ކަމަށް ނުނިންމާނެ ކަމަށެވެ.
ސެވިއްޔާ ކަޓުވާލައި ބާސެލޯނާ ފައިނަލަށް
ފުރަތަމަ ލެގުގައި ސެވިއްޔާ އިން ބާސެލޯނާ ބަލިކޮށްފި
ސްޕެނިޝް ކަޕް ކާމިޔާބުކޮށް ބާސެލޯނާ އަށް ރެކޯޑެއް
ބާސެލޯނާ އަށް ކޮންމެ ތަށްޓެއް ވެސް މުުހިއްމު: ވަލްވޭޑޭ
ދެވަނަ މެސީ ނަން ދިން ފާޓީއަށް ބާސާގައި ޖާގައެއް ނެތް
ވިލިއަމްސްގެ ދެބެއިން ބާސެލޯނާ ކަޓުވާލައިފި
ހަތަރުވަނަ ޑިވިޝަންގެ ޓީމެއް އަތުން ބާސާއަށް ހަނިމޮޅެއް
ރެއާލް ބަލިކުރެވުނަސް ކުޅުމާމެދު ޒަވީ ހިތްހަމަނުޖެހޭ
ބާސާއަށް ބޮޑު ލީޑެއް، ޕެނަލްޓީ ނުޖެހި ރެއާލް ވީ ބަލި
ސްޕެނިޝް ކަޕުން ބާސެލޯނާ ސަލާމަތްވީ ކިރިޔާ