22 އެޕްރީލް 2018
މެޑްރިޑް (އޭޕްރީލް 22) - ސްޕެނިޝް ކޮޕަ ޑެލް ރޭ ފައިނަލުގައި ރޭ ސެވިއްޔާ އަތުން 5-0 އިން މޮޅުވެ ބާސެލޯނާ އިން ރެކޯޑަކާ ހަމަކޮށްފި އެވެ. މިއީ އެ ޓީމުން މި މުބާރާތް ކާމިޔާބުކުރި 30 ވަނަ ފަހަރެވެ.
މެޑްރިޑް (އޭޕްރީލް 22) - ސްޕެނިޝް ކޮޕަ ޑެލް ރޭ ފައިނަލުގައި ރޭ ސެވިއްޔާ އަތުން 5-0 އިން މޮޅުވެ ބާސެލޯނާ އިން ރެކޯޑަކާ ހަމަކޮށްފި އެވެ. މިއީ އެ ޓީމުން މި މުބާރާތް ކާމިޔާބުކުރި 30 ވަނަ ފަހަރެވެ.
މިއީ ބާސެލޯނާ އިން ޖެހިޖެހިގެން ކޮޕަ ޑެލް ރޭ ކާމިޔާބުކުރި ހަތަރު ވަނަ ފަހަރެވެ. އެންމެ ފަހުން ޖެހިޖެހިގެން ހަތަރު ފަހަރު ކޮޕަ ޑެލް ރޭ ހޯދީ 1930 ގެ އަހަރުތަކުގައި އެތުލެޓިކް ބިލްބާއޯ އެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން ވަނީ ތިން ގޯލު ޖަހައިފަ އެވެ. އޭގެ ތެރެއިން ދެ ލަނޑު ކާމިޔާބުކުރީ ލުއިސް ސުއަރޭޒް އެވެ. ޖޯޑީ އަލްބާ ދިން ހިތްގައިމު ބޯޅައަކުން ބާސެލޯނާގެ އަނެއް ލަނޑު ޖެހީ ލިއޮނަލް މެސީ އެވެ.
ދެ ވަނަ ހާފުގައި އަނެއް ދެ ގޯލު ޖެހީ އަންދްރެސް އިނިއެސްޓާ އާއި ފިލިއްޕޭ ކުޓީނިއޯ އެވެ. ކުޓީނިއޯ ލަނޑު ޖެހީ ލިބުނު ޕެނަލްޓީ އަކުންނެވެ.
ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔަކީ ބާސެލޯނާގެ ކެޕްޓަން އުމުރުން 33 އަހަރުގެ އިނިއެސްޓާ އެވެ. މި ސީޒަނަކީ އިނިއެސްޓާ ބާސެލޯނާ އަށް ކުޅޭ ފަހު އަހަރު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އިނިއެސްޓާ ވެސް ވަނީ މިއީ އޭނާ ބާސެލޯނާ އަށް ކުޅޭ ފަހު ފައިނަލަށް ވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެފަ އެވެ.
"މި ހަފްތާ ތެރޭގައި އަހަރެން ނިންމާ ގޮތެއް އިއުލާން ކުރާނަން. މިއީ އަހަރެން ކުޅޭ ފަހު ފައިނަލަށް ވުމުގެ ފުރުސަތު އެބައޮތް،" އިނިއެސްޓާ ބުންޏެވެ.
ކޮޕަ ޑެލް ރޭގެ ކާމިޔާބީ އަކީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ކެޓުމުން ލިބުނު މާޔޫސްކަމުން އަރައިގަންނަށް ލިބޭނެ ފަސޭހައެއް ކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ވަނީ ރޭގެ ފައިނަލުގެ ކުރިން ބުނެފަ އެވެ. އެހެން ނަމަވެސް ރޭގެ މެޗަށް ފަހު ސުއަރޭޒް ބުނީ ޗެމްޕިއަންސް ލީގުގެ ހަނދާންތައް ހިތުގައި އެބަހުރި ކަމަށެވެ.
"ކޮޕަ ޑެލް ރޭ ހޯދުމަކީ ކާމިޔާބެއް. އެކަމަކު ރޯމްގައި ހިނގައިދިޔަ ކަންތައް (ޗެމްޕިއަންސް ލީގުން ކެޓުން) އެ ހަނދާންތައް ހިތުގައި އެބަހުރި. އެކަމަކު މި ވަގުތު ބޭނުމީ އުފާފާޅުކުރަން،" ސުއަރޭޒް ބުންޏެވެ.
ސެވިއްޔާގެ ކޯޗު ވިންޗެންޒޯ މޮންޓޭލާ ބުނީ ބާސެލޯނާ ފެނުނީ ހުރިހާ ގޮތަކުން ވެސް ތަފާތުކޮށް ކަމަށާއި މިއީ އެ ޓީމަށް ހައްގު ކާމިޔާބެއް ކަމަށެވެ.
ސެވިއްޔާ ކަޓުވާލައި ބާސެލޯނާ ފައިނަލަށް
ރަކިޓިޗްގެ ގޯލާ އެކު ސެވިއްޔާ އިން ބާސެލޯނާ ބަލިކޮށްފި
ފުރަތަމަ ލެގުގައި ސެވިއްޔާ އިން ބާސެލޯނާ ބަލިކޮށްފި
ބާސެލޯނާ އަށް ކޮންމެ ތަށްޓެއް ވެސް މުުހިއްމު: ވަލްވޭޑޭ
ދެވަނަ މެސީ ނަން ދިން ފާޓީއަށް ބާސާގައި ޖާގައެއް ނެތް
ވިލިއަމްސްގެ ދެބެއިން ބާސެލޯނާ ކަޓުވާލައިފި
ހަތަރުވަނަ ޑިވިޝަންގެ ޓީމެއް އަތުން ބާސާއަށް ހަނިމޮޅެއް
ރެއާލް ބަލިކުރެވުނަސް ކުޅުމާމެދު ޒަވީ ހިތްހަމަނުޖެހޭ
ބާސާއަށް ބޮޑު ލީޑެއް، ޕެނަލްޓީ ނުޖެހި ރެއާލް ވީ ބަލި
ސްޕެނިޝް ކަޕުން ބާސެލޯނާ ސަލާމަތްވީ ކިރިޔާ