09 ނޮވެމްބަރ 2016
ގައުމަށް ހިދުމަތް ކުރެއްވުމުގެ ބޭނުމުގައި، ދަރިކަލުން ޣައްސާން މައުމޫން، ރައީސް އޮފީހުގައި ހުންނަވާތީ، އެކަމުގެ "ސިޔާސީ ފައިދާ" ރައީސް އަބްދުﷲ ޔާމީން ނަންގަވާ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ގައުމަށް ހިދުމަތް ކުރެއްވުމުގެ ބޭނުމުގައި، ދަރިކަލުން ޣައްސާން މައުމޫން، ރައީސް އޮފީހުގައި ހުންނަވާތީ، އެކަމުގެ "ސިޔާސީ ފައިދާ" ރައީސް އަބްދުﷲ ޔާމީން ނަންގަވާ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ވެރިކަން ކުރާ ޕީޕީއެމް ދެ ފަޅިވެ ރައީސް ޔާމީނާއި ރައީސް މައުމޫންގެ ފެކްޝަނެއް ހިންގާއިރު، ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ޣައްސާން އިސްކަން ދެއްވަނީ ބޮޑުބޭބޭފުޅު، ރައީސް ޔާމީން ބާއްވަވާ ކައުންސިލް ބައްދަލުވުން ތަކަށެވެ. ރައީސް ޔާމީނާއި މައުމޫން އެއް ވަގުތެއްގައި ކައުންސިލް ބޭއްވިއިރު ވެސް ޣައްސާން އިންނެވީ ރައީސް ޔާމީނާ އެކުގަ އެވެ. ކުރިން ދެ ކައުންސިލް ބައްދަލުވުމަށް ވަޑައިގަތަސް، އެ ބައްދަލުވުމުން ޣައްސާން ތާއީދުކުރައްވާ ފެކްޝަން ސާފުވެފައިވާ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
ޕީޕީއެމްގެ އެތެރޭގައި އުފެދިފައިވާ މައްސަލައާ ގުޅޭގޮތުން މިދިޔަ ހޯމަދުވަހުގެ ރޭ "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މައުމޫން ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ތިން އަހަރު ބާކީ އޮއްވައި، ޣައްސާން މަޖިލީހަށް އެތެރެ ކުރައްވާނެ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވާހަކަފުޅު ދައްކަވަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ޣައްސާނާ ގުޅޭ ގޮތުން ރައީސް ޔާމީން އެ މޭރުމުން ވާހަކަފުޅު ދެއްކެވީ "ސިޔާސީ މަންފާ" ހޯއްދެވުމަށް ކަމަށް ބެލެވޭ ކަމަށް މައުމޫން ވިދާޅުވި އެވެ.
ޣައްސާން އަކީ ވަރަށް ރަނގަޅު ކުއްޖެއް، ވިސްނުން ވެސް ވަރަށް ރަނގަޅު، ގައުމަށް ވަފާތެރިވާނެ، އިހްލާސްތެރިވާނެ. އޭނަ ގޯހެއް ނުހަދާނެ. އެ ޔަގީންކަން އަޅުގަނޑަށް އެބައޮތް. --މައުމޫން
އަސްލު ޕީޕީއެމަކީ ރައީސް ޔާމީން ފެކްޝަން ކަމަށް ޕްރޮމޯޓްކުރަން ބޭއްވި ޖަލްސާގައި އެމަނިކުފާނުގެ ފަހަތްޕުޅުގައި ޣައްސާން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: މުހަންމަދު ޝަރުހާން
ދަރުބާރުގޭގައި ބޭއްވި ހަފުލާއެއްގައި، ޣައްސާނަކީ ސިޔާސީ މުސްތަގުބަލެއް އޮތް ބޭފުޅެއް ކަމަށް ވިދާޅުވެ އޭނާ އަށް ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފަ އެވެ. ދެން އެންމެ އަވަހަށް އޮންނަ މަޖިލިސް އިންތިހާބުގައި "ކޮންމެވެސް ރަނގަޅު ދާއިރާއަކުން ޣައްސާން މަޖިލީހަށް އެތެރެ ކުރާނަން" ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު އެގޮތަށް ވިދާޅުވުމާ އެކު، ތުލުސްދޫ ދާއިރާ އަށް ޣައްސާން ހޮވުމުގެ ކެމްޕޭން، ރައީސް ޔާމީންގެ ފެކްޝަނުން ވަނީ ފަށައިފަ އެވެ. ސޯޝަލް މީޑިއާގައި މިހާރު ވެސް އެ ކެމްޕޭން ކުރިއަށް ގެންދެ އެވެ.
"ކީއްކުރަންތޯ [ރައީސް ޔާމީން] އެހެން ވިދާޅުވާންވީ މިހާރު؟ އަދި މި ދައްކަނީ 2019 ގެ ވާހަކަ. ތިން އަހަރު އޮއްވައި އެ ވާހަކަ ވިދާޅުވާންވީ ކީއްވެތޯ؟ ކޮންމެ މީހަކަށް ވެސް އެނގޭނެ ކޮން ސަބަބަކަށްޓައި ކަން،" ޣައްސާންގެ ސިޔާސީ ފައިދާ ރައީސް ޔާމީން ނަންގަވާ ކަމަށް ވާހަކަ ދެއްކެވޭ ނޫންތޯ ދެންނެވުމުން މައުމޫން ވިދާޅުވި އެވެ.
ރައްޔިތުންނަށް ނުރަނގަޅު ހިޔާލެއް ދެއްވަން ޣައްސާންގެ ބޭނުން ކުރެއްވުމަކީ "ވަރަށް ނޭދެވޭ، ދެރަ ކަމެއް" ކަމަށް މައުމޫން ވިދާޅުވި އެވެ. ރައީސް ޔާމީން އެގޮތަށް އަމަލުކުރެއްވިޔަސް މައުމޫން ވިދާޅުވީ "އަޅުގަނޑުމެންގެ އާއިލާ އެއަށް ވުރެ މާ ހަރުދަނާ ވާނެ" ކަމަށާއި "އެކަކު އަނެކަކަށް އިތުބާރު ކުރާ" ކަމަށެވެ.
ތިން އަހަރު އޮއްވައި އެ ވާހަކަ [ރައީސް ޔާމީން] ވިދާޅުވާންވީ ކީއްވެތޯ. ކޮންމެ މީހަކަށް ވެސް އެނގޭނެ ކޮން ސަބަބަކަށްޓައި ކަން. --މައުމޫން
އެމަނިކުފާނު ވިދާޅުވި ގޮތުގައި މަޖިލީހުގެ އިންތިހާބަށް ކުރިމަތިލެއްވުމުގެ ވާހަކައެއް މިހާތަނަށް ޣައްސާން ވިދާޅެއް ނުވެ އެވެ. ޣައްސާން ނެރޭނީ ތުލުސްދޫ ދާއިރާ އަށް ކަމަށް ބުނެ ރައީސް ޔާމީންގެ ފެކްޝަނުން ކެމްޕޭން ކުރާއިރު، އެ ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އަކީ އިސްލާހީ މަސައްކަތުގައި އެމަނިކުފާނާއެކު ހުންނެވި ބޭފުޅެއް ކަން މައުމޫން ފާހަގަކުރެއްވި އެވެ.
އެހެންވެ އެ ކެމްޕޭނަކީ ވެސް "އަޅުގަނޑުމެންނަށް ދަތިކުރަން ކުރާ ކަމެއް" ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަހު ކޭކު ފެޅުމުގެ ރަސްމިއްޔާތުގައި މައުމޫނާއެކު ޔުމްނާ އާއި ދުންޔާ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
މައުމޫން ވިދާޅުވީ "އެއްވެސް ކުއްޖެއްގެ ގާތު ވަކި ގޮތަކަށް އަމަލުކުރާކަށް" އެމަނިކުފާނު ވިދާޅު ނުވާ ކަމަށެވެ. ހުރިހާ ބޭފުޅުންނަށް ވެސް އަމިއްލަ އަށް ކަންކަން ނިންމެވުމުގެ ފުރިހަމަ އިހްތިޔާރު އޮންނާނެ ކަމަށާއި އެއްވެސް ކަމެއްގައި ވަކި ގޮތަކަށް ހެއްދެވުމަށް ވިދާޅުވެފައި ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
"ކޮންމެ ކުއްޖަކު ވެސް އެ ކުއްޖަކު ބޭނުންވާ ގޮތެއް ނިންމާނީ އަމިއްލައަށޭ. އެހެން މިދަންނަވަނީ، ޔުމްނާ ޑިސިޝަން ނެގީ އަމިއްލަ އަށް. ދުންޔާ އިސްތިއުފާ ދެއްވުމަކީ އަމިއްލަ ނިންމެވުމެއް. ދެން ފާރިސް ސަރުކާރުން ވަކިވެ ރައްޔިތުންގެ މަޖިލީހަށް ހޮވުނީ، އެއީ އޭނަގެ އަމިއްލަ ޑިސިޝަން. އަޅުގަނޑު އެއްވެސް ކުއްޖަކު ކައިރީ ނުބުނަން މިހެން ހަދާށޭ،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ޣައްސާން ވެސް އަމަލުކުރައްވަނީ އޭނަ އަށް ފެނިވަޑައިގަންނަވާ އެންމެ ރަނގަޅު ގޮތަކަށެވެ. ވަކި ގޮތަކަށް އަމަލުކުރަން ޣައްސާނަށް ވެސް އިރުޝާދު ނުދެއްވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
"ޣައްސާނަކީ ވަރަށް ރަނގަޅު ކުއްޖެއް، ވިސްނުން ވެސް ވަރަށް ރަނގަޅު. ގައުމަށް ވަފާތެރިވާނެ. އިހްލާސްތެރިވާނެ. އޭނަ ގޯހެއް ނުހަދާނެ. އެ ޔަގީންކަން އަޅުގަނޑަށް އެބައޮތް،" އެންމެ ހަގު ދަރިކަލުންނާ ގުޅޭގޮތުން މައުމޫން ވިދާޅުވި އެވެ.
ރައީސް އޮފީހުގައި އަދާކުރައްވާ މަސައްކަތްތަކަކީ، މައުމޫން ވިދާޅުވި ގޮތުގައި، ގައުމަށް ފައިދާކުރާނެ މަސައްކަތްތަކެއް ކަމަށް، ޣައްސާން ދެކެވަޑައިގަންނަވަ އެވެ. އޭނާގެ ނިންމެވުމުގައި ސިޔާސީ އެއްވެސް ސަބަބެއް ނެތް ކަމަށް މައުމޫން ވިދާޅުވި އެވެ.
ޣައްސާން ވަރަށް ގިނަ ކަންކަމާ ހަވާލުވެވަޑައިގެން ރައްޔިތުންގެ ފައިދާ އަށް ހިދުމަތްކުރައްވާ ކަމަށާއި އޭނާ ކުރައްވާ މަސައްކަތުގެ ތަފްސީލު ހޯއްދަވައި ސުވާލު ކުރައްވަން ބޭނުންފުޅު ނުވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
"ސިޔާސީ ކަންކަމުގައި [ޣައްސާން] ނުކުމެ ވާހަކަ ދައްކަވައި އެހެނެއް ނޫޅުއްވައެއް ނޫންތޯ؟" މައުމޫން ވިދާޅުވި އެވެ.
ޕީޕީއެމް ކޯޅުންގަނޑުގައި، ޣައްސާނަށް އަށް ފާޑުކިޔުންތައް އަމާޒުކުރިޔަސް ޣައްސާން މިހާތަނަށް މީޑިއާ އަށް އެއްވެސް ވާހަކައެއް ނުދައްކަވައި ހުންނަވަނީ "ހިމޭނުން"ނެވެ. އޭނާ ވިސްނުން ގެންގުޅޭ ގޮތުގެ މައްޗަށް "މިހާރު" ގައި ޝާއިއުކުރި ރިޕޯޓަކަށް ކޮމެންޓް ހޯދަން އެދުމުން ވެސް ޖަވާބެއް ނުދެއްވި އެވެ.
ހުކުމާ އެއްގޮތަށް މައުމޫންގެ ބޭފުޅުން ދަރަނި ދައްކައިފި
ދެ މިލިއަން ދޭން އެންގި މައްސަލަ ހައިކޯޓުން ބޭރުކޮށްފި
ދެ މިލިއަން ދައްކަން މައުމޫންގެ ބޭފުޅުންނަށް ޖެހިއްޖެ
ކުރީގެ ފަސްޓް ލޭޑީ ނަސްރީނާގެ ކޮއްކޯފުޅު އަވަހާރަވެއްޖެ
މައުމޫންގެ އާއިލާ އަށް އަލީ ވަހީދު ފާޑުވިދާޅުވެއްޖެ
ދައުވާއަށް އިންކާރުކުރަން، އިމާރާތުގެ ފެންވަރު ދަށް
ދެ މިލިއަން ހޯދަން މައުމޫންގެ ބޭފުޅުންނަށް ދައުވާކޮށްފި
މޫސަގެ ކޮލަމް: ދުންޔާގެ އުނބަށް ޖެހުން
ދުންޔާ، ޔުމްނާ، ނަދީމް، އާތިފާއަށް ފިޔަވަޅު އަޅައިފި
ޕީޕީއެމް ވަރުގަދަކުރަން ނައިބު ރައީސަކަށް ޣައްސާން