11 ފެބުރުއަރީ 2021
ރައްކާތެރިގޮތުގައި އިންޓަނެޓު ބޭނުންކުރުމުގެ ހޭލުންތެރިކަން ކުޑަކަމުން ރާއްޖޭގައި ވެސް ކުޑަކުދިން ބޮޑެތި ނުރައްކާތަކަށް ހުށަހެޅެމުންދާކަން ފަހަކަށް އައިސް ދަނީ ފާހަގަކުރެވެމުންނެވެ. އިންޓަނެޓުގެ ރައްކާތެރިކަމުގެ ދުވަސް އަންގާރަދުވަހު ފާހަގަކުރި އިރު ޖެންޑާ މިނިސްޓްރީން ބުނިގޮތުގައި ގޭމު ކުޅުމުގެ ތެރެއިން ކުޑަކުދިން އަމިއްލަ އަށް މަރުވާން ވިސްނާ ހާދިސާތައް ވެސް ރާއްޖޭގައި ހިނގާފައި އެބަ ހުއްޓެވެ.
ރައްކާތެރިގޮތުގައި އިންޓަނެޓު ބޭނުންކުރުމުގެ ހޭލުންތެރިކަން ކުޑަކަމުން ރާއްޖޭގައި ވެސް ކުޑަކުދިން ބޮޑެތި ނުރައްކާތަކަށް ހުށަހެޅެމުންދާކަން ފަހަކަށް އައިސް ދަނީ ފާހަގަކުރެވެމުންނެވެ. އިންޓަނެޓުގެ ރައްކާތެރިކަމުގެ ދުވަސް އަންގާރަދުވަހު ފާހަގަކުރި އިރު ޖެންޑާ މިނިސްޓްރީން ބުނިގޮތުގައި ގޭމު ކުޅުމުގެ ތެރެއިން ކުޑަކުދިން އަމިއްލަ އަށް މަރުވާން ވިސްނާ ހާދިސާތައް ވެސް ރާއްޖޭގައި ހިނގާފައި އެބަ ހުއްޓެވެ.
ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ބޭއްވި ޕެނަލް ޑިސްކަޝަންއެއްގައި ޖެންޑާ މިނިސްޓްރީގެ ޑިރެކްޓަރު އަބްދުﷲ އަޝްރަފް ވިދާޅުވިގޮތުގައި އިންޓަނެޓަކީ ރަނގަޅު އަދި ބޭނުންތެރި ވަސީލަތަކަށް ވިޔަސް ކުދިންނަށް ކުރިމަތިވާ ނުރައްކާތަކުގެ ގެއްލުން ބޮޑެވެ. އޭނާ ވިދާޅުވީ އެފަދަ މައްސަލަތައް އަންނަނީ ސޯޝަލް މީޑިއާ ސައިޓުތައް މެދުވެރިކޮށް އެކަނި ނޫން ކަމަށާއި އޮންލައިން ގޭމް ކުޅުމުގެ ތެރެއިން ވެސް ކުދިން ހާދިސާތަކަށް ހުށަހެޅެމުންދާ ކަމަށެވެ.
"ބައެއް ގޭމްތަކުގައި ވަކި ސްޓޭޖަކަށް މި ދެވެނީ މިސާލަކަށް ކުއްޖާގެ ހަށިގަނޑުން ތަނެއް ކަޓަރަކުން ކަފާލާފައި އަޕްލޯޑްކުރީމަ. ދެން އަނެއްކާ އެ ސްޓޭޖުން އެހެން ސްޓޭޖަކަށް މި ދެވެނީ އެހެން ގޮތެއް ހަދައިގެން. އެހެންވީމާ އެ ހިސާބުން ގޮސް ރާއްޖޭގައި ހަމަ ވަރަށް ހިތާމަވެރި ހާދިސާތައް ހަމަ ކިރިޔާ ނުހިނގާ [އެބަހުރި]. މި ދެންނެވީ އަމިއްލަ އަށް މަރުވުމަށް މަސައްކަތްކޮށްފައި، އެ ވިސްނުން ހުރި ހާދިސާތައް ވެސް އެބަހުރި،" އަޝްރަފް ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑުމެންގެ ހަމަ ވަރަށް ބޮޑު އިލްތިމާސެއް, ބެލެނިވެރިން, މައިންބަފައިން މިހާރަށް ވުރެ ބޮޑަށް, ކުދިން އިންޓަނެޓު ބޭނުންކުރާ އިރު ސަމާލުވުމަކީ."
ޕެނަލް ޑިސްކަޝަންގައި އަޝްރަފް ވާހަކަދައްކަވަނީ. ވީޑިއޯ ސްކްރީންޝޮޓް
އިންޓަނެޓު މެދުވެރިކޮށް ކުޑަކުދިންގެ ނާޖާއިޒު ފައިދާ ނެގުން އިތުރުވަމުންދާ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ދެމުން ގެންދެ އެވެ. އޮންލައިންކޮށް އަންހެންކުދިން ގްރޫމްކޮށްގެން ޖިންސީ އަނިޔާކުރި މައްސަލަތަކެއް މިދިޔަ އަހަރު ވަނީ ފެންމަތިވެފަ އެވެ. އަދި ކޮވިޑްގެ ބޮޑު ބަންދާ އެކު ކުދިން އަބަދު ގޭގައި ތިބުމާއި ކިޔެވުމަށާއި މުނިފޫހިފިލުވުމަށް އިންޓަނެޓުގައި ހޭދަކުރާ ވަގުތު އިތުރުވުމާ ގުޅިގެން ނުރައްކާ އިތުރަށް ބޮޑުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
"މުހިއްމު ކަމަކީ ހަގީގަތުގައި އެންމެ ފުރަތަމަ މަރުހަލާ އިން ފެށިގެން ވެސް ވީހާ ވެސް ބޮޑަކަށް ސްކްރީންޓައިމް، ނޫނިއްޔާމު އިންޓަނެޓުގެ ވަސީލަތްތައް ކުއްޖާ ބޭނުންކުރާ މިންވަރު މަދުކުރެވޭނެ ގޮތެއް ވުން."
ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތައް ކިޔައިދެއްވަމުން އަޝްރަފް ވިދާޅުވިގޮތުގައި އޮންލައިންކޮށް ކުޑަކުދިންގެ ނާޖާއިޒު ފައިދާ ނެގުމުގެ 18 މައްސަލައެއް 2018ގައި ރެކޯޑްކުރެވިފައިވާ އިރު 2019ގައި 29 މައްސަލައެއް ފާހަގަކުރެވުނެވެ. އެކަމަކު 2020ގެ އަދަދަކީ 19 މައްސަލަ އެވެ. އަޝްރަފް ވިދާޅުވީ މި އަދަދުތަކަކީ މި މައްސަލައިގެ ހަގީގީ މަންޒަރު ކަމަށް ނުބެލެވޭ ކަމަށެވެ.
"އަޅުގަނޑުމެންނަށް ހުށަހެޅޭ މައްސަލަތަކުގައި ޖިންސީ ހާނިއްކަ ނުވަތަ ބްލެކްމެއިލް މި ކަހަލަ މައްސަލަތައް މުޅިން އެހެން ކޯޑުތަކަކަށް ދާނީ. އެހެންވީމާ އަސްލު ޕިކްޗާ ނުފެނުނަސް ... ކުދިންނަށް ޖިންސީގޮތުން ނުވަތަ އެހެން ގޮތަކުން ވެސް ހެރެސްކުރުމުގައި އިންޓަނެޓު ވަރަށް ބޮޑަށް ބޭނުންކުރަމުންދާކަން އަދި އޭގެ ޝިކާރައަކަށް, އޭގެ ދަލުގައި އަސްލުގައި ކުދިން ޖެހެމުން އަންނަކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ،" އޭނާ ވިދާޅުވި އެވެ.
އިންޓަނެޓުގެ ރައްކާތެރިކަމުގެ ދުވަހު ޓެކްނޮލޮޖީ މިނިސްޓްރީން ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގެ ބައިވެރިން. ވީޑިއޯ ސްކްރީންޝޮޓް
އަޝްރަފު ވިދާޅުވިގޮތުގައި އިންޓަނެޓު މެދުވެރިކޮށް ކުޑަކުދިންނާ ގުޅުން އުފައްދައިގެން އަނިޔާ ދޭ މީހުންގެ ޝިކާރައަކަށް 10-12 އަހަރުހާ ހަގު ކުދިން ވެސް ވަމުން އެބަ ދެ އެވެ.
ރާއްޖޭގައި ވަރަށް ތުއްތުއިރުން ފެށިގެން ކުދިންގެ އަތްމައްޗަށް ފޯނާއި ޓެބްލެޓް ދޫކޮށްލާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ "ބެލެނިވެރިންނަށް ނޭނގި ނަމަވެސް ހަގީގަތުގައި މި ކޮށައިދެވެނީ ވަރަށް ގޯސް މަގެއް" ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި އެހާ ކުޑަ އިރު ސްކްރީން ޓައިމް ގިނަވުމާއި ގިނައިން ގޭމު ކުޅުމުގެ ސަބަބުން ކުދިންގެ ސިކުނޑީގައި ޑޮޕެމައިންއޭ ކިޔާ މާއްދާއެއް އިތުރުވެ، ކުއްޖާ އަށް ލިބޭ ހިތްހަމަޖެހުން ބޮޑުވެ އެވެ. އަދި ނަތީޖާއަކީ ސްކްރީނުން ބޭރު ކަންތައްތަކުން ލިބޭ ހިތްހަމަޖެހުން ކުޑަވުމެވެ.
"މިއީ މިކަން ފެށޭ ހިސާބު. އެހެންވީމާ މުހިއްމު ކަމަކީ ހަގީގަތުގައި އެންމެ ފުރަތަމަ މަރުހަލާ އިން ފެށިގެން ވެސް ވީހާ ވެސް ބޮޑަކަށް ސްކްރީންޓައިމް، ނޫނިއްޔާމު އިންޓަނެޓުގެ ވަސީލަތްތައް ކުއްޖާ ބޭނުންކުރާ މިންވަރު މަދުކުރެވޭނެ ގޮތެއް ވުން،" އަޝްރަފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި އިންޓަނެޓާ މެދު ހޭލުންތެރިކަން ކުޑަވުމަކީ ކުދިންގެ ރައްކާތެރިކަމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެންމެ ބޮޑަށް، އެންމެ ރަނގަޅަށް މިކަން ކުރެވޭނީ ހިފެހެއްޓެނިވި ގަވާއިދުތަކާއި ގާނޫނުތަކެއްގެ އިތުރުން އަޅުގަނޑުމެންގެ ދަރިވަރުންނަކީ ޒިންމާދާރު ބަޔަކަށް ހެދިގެން. އެ ކުދިން އެމްޕަވާކޮށްދީގެން." މަލީހު
ކުޑަ ގޮތަކަށް 2004ގައި ފަށައިގެން މިހާރު ދުނިޔޭގެ 170 ވަރަކަށް ގައުމުން ފާހަގަކުރަމުން އަންނަ "ސޭފާ އިންޓަނެޓް ޑޭ" ރާއްޖޭގައި އަލަށް ފާހަގަކުރި އިރު ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ވަނީ އިންޓަނެޓުގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއް ފަށައިފަ އެވެ.
އޭގެ ތެރޭގައި "ސައިޓެކް ރީލް"ގެ ނަމުގައި ޓީވީ ޕްރޮގްރާމެއްގެ 18 އެޕިސޯޑު ދެއްކުން ހިމެނެ އެވެ. އަދި ސްކޫލުގައި އިންޓަނެޓުގެ ރައްކާތެރިކަމަށް އެހެން ކުދިން ހޭލުންތެރިކުރާ އެމްބެސެޑަރުންގެ ގޮތުގައި ދަރިވަރުން ތަމްރީންކުރުމުގެ ޕްރޮގްރާމެއް މި މަހު ވަނީ ފަށައިފަ އެވެ. މިހާތަނަށް މާލެ ސަރަހައްދުގެ 12 ދަރިވަރަކު ތަމްރީންކޮށްފައިވާ ޕްރޮގްރާމް އަމާޒަކީ، ޓެކްނޮލޮޖީ މިނިސްޓްރީން ބުނިގޮތުގައި، އިންޓަނެޓުގައި ރައްކާތެރިވުމާ ބެހޭގޮތުން ވާހަކަ ދައްކަން ރާއްޖޭގެ ކޮންމެ ސްކޫލެއްގައި ވެސް ދަރިވަރަކު ހުރުމެވެ. ރައްކާތެރިގޮތުގައި އިންޓަނެޓު ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ދޭ ކުރު ވީޑިއޯތަކެއް އާއްމުކުރަން ވެސް އެ މިނިސްޓްރީން ވަނީ ފަށައިފަ އެވެ.
ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އަންގާރަ ދުވަހުގެ ރަސްމިއްޔާތެއްގައި ވިދާޅުވިގޮތުގައި އިންޓަނެޓުގެ ރައްކާތެރިކަމުގެ ކެމްޕެއިން ހިންގަނީ ރަނގަޅު ގޮތުގައި އިންޓަނެޓު ބޭނުންކުރުމުގެ މުހިއްމުކަން ދަރިވަރުންނަށް ވިސްނައިދިނުމުގެ އިތުރުން ބެލެނިވެރިން ހޭލުންތެރިކުރުމާއި އިންޓަނެޓު ފޯރުކޮށްދޭ ފަރާތްތަކުގެ ޒިންމާ އާއި ސަރުކާރުގެ މަސައްކަތް ވެސް ހިމެނޭ ގޮތަށެވެ.
މަލީހު ވިދާޅުވިގޮތުގައި އިންޓަނެޓުގެ ހިދުމަތް ދޭ ކުންފުނިތަކާ ގުޅިގެން ޕޭރެންޓަލް ކޮންޓްރޯލް އިތުރުކުރެވޭނެ ގޮތްތައް ހޯދަން އަންނަނީ މަސައްކަތްކުރަމުންނެވެ.
އޭނާ ވިދާޅުވީ ކުދިން އިންޓަނެޓުގައި އުޅޭނޫޅޭ ގޮތް ބެލެނިވެރިން ބެލުން މުހިއްމު ކަމަށާއި އެކަމަކު ހުރިހާ ފަހަރަކު އެކަން ނުކުރެވިދާނެތީ ކުދިން ހޭލުންތެރިކޮށް ބާރުވެރިކުރަން ޖެހޭ ކަމަށެވެ. އަދި ވަރުގަދަ ގަވާއިދުތަކެއް ތަންފީޒުކުރަން އުޅެގެން އެކަންޏެއް އިންޓަނެޓުގެ ރައްކާތެރިކަން ކަށަވަރު ނުވާނެކަން، ކުރިއަރާފައިވާ ގައުމުތަކުގައި ސާބިތުވެފައިވާ ކަމަށް މަލީހު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެންމެ ބޮޑަށް، އެންމެ ރަނގަޅަށް މިކަން ކުރެވޭނީ ހިފެހެއްޓެނިވި ގަވާއިދުތަކާއި ގާނޫނުތަކެއްގެ އިތުރުން އަޅުގަނޑުމެންގެ ދަރިވަރުންނަކީ ޒިންމާދާރު ބަޔަކަށް ހެދިގެން. އެ ކުދިން އެމްޕަވާކޮށްދީގެން،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މިނިސްޓްރީގެ ވަރަށް ބޮޑު އަމާޒެއް، ދިވެހިރާއްޖޭގެ ތުއްތުކުދިންނަށް ހަމަ ގޮތުގައި، ރަނގަޅު ގޮތުގައި އިންޓަނެޓު ބޭނުންކުރުމުގެ މި އެވެއާނެސް ފޯރުކޮށްދިނުމަކީ. ކޮންމެ ގޭބިސީއަކަށް، ކޮންމެ މަޔަކަށް، ކޮންމެ ބަފަޔަކަށް، ކޮންމެ ބެލެނިވެރިޔަކަށް މި މައުލޫމާތު ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އަމާޒެއް."
އިންޓަނެޓުގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު
އަމިއްލައަށް މަރުވާ މައްސަލަތައް ރިޕޯޓް ނުކުރަން އެދެފި
މަލީހު، ފޯނަކީ ކުޅޭ އެއްޗަކަށް ހެދިޔަ ނުދީ
ހައްދެއް ނެތް އިންޓަނެޓާ އެކު ބެލެނިވެރިންގެ ޒިންމާ
މަޅި އެއްލަނީ އިންޓަނެޓުގައި، ދެން ޖިންސީ އަނިޔާ
އިންޓަނެޓު ލިބޭ ވަސީލަތް ދޭއިރު ސަމާލުވާން އެދިއްޖެ
ސައިބާ ސޭފްޓީއާ ބެހޭ ފޮތެއް ނެރެފި
މޯމޯ ޗެލެންޖަށް ސަމާލުވާތި، ނުރައްކަލެއް
އާއިލީ މައްސަލަތަކެއްގައި ތާށިވި ކުއްޖެއްގެ ހިތްވަރު
އަހަރުނުވާ 4 ކުއްޖަކާ އެކު ދައުލަތަށް 167 ކުއްޖެއް
ދައުލަތުން ބަލަހައްޓާ ކުދިން ވޭމަންޑޫން ބަދަލުކޮށްފި